މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 30 ވަނަ ލިޔުމެވެ.

 

  1. ހެޔޮ ޢަމަލު

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ

مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. (سورةالنحل 97 )

 

  1. ޞާލިޙު އަތްބެއް

وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ

އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! (سورةالفرقان 74 )

 

  1. ތަނަވަސް ގެއެއް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުޢާފުޅު ކުރެއްވިއެވެ.

اللَّهمَّ اغفرْ لي ذَنْبي ، ووسعْ لي في دارِي…[1]

ޔާ ﷲ ، މި އަޅާގެ ފާފަ ފުއްސަވާދޭނވެ އަދި މިއަޅާގެ ގެ މި އަޅާއަށް ތަނަވަސް ކޮށްދެއްވާދޭވެ…

 

  1. ހަލާލު ގޮތުގައި ހޯދާ އާއްމުދަނީ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ.

إنَّ الله تعالى طيب لا يقبل إلا طيبًا،[2]

ހަމަކަށަވަރުން މާތް ﷲ އީ ޠާހިރުވަންތަ އިލާހެވެ. ރަނގަޅު ޠާހިރު އެއްޗެއް މެނުވީ އެއިލާހުގެ ޙަޟްރަތުގައި ގަބޫލުވެވިގެންނުވެއެވެ.

 

  1. ރިވެތި އަޚްލާޤު

وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا

އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركاتލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاةދިނުމަށް، އެކަލާނގެ މިއަޅާޔަށް وصيةކުރެއްވިއެވެ. (سورةمريم 31 )

 

  1. ދަރަނިވެރިވުމުން ސަލާމަތްވެ ހުރުން އަދި ބޭކާރު ގޮތުގައި ހޭދަކުރާ މީހަކަށް ނުވުން.

وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا

އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسرافނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ (سورةالفرقان 67 )

وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا

ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ. ( سورةالإسراء 29 )

..

 

[1] أخرجه النسائي في ((السنن الكبرى)) (9908)

[2] رواه مسلم .