About ޝައިޚް ޢަބްދުﷲ ރަޝީދު

ޝައިޚް ޢަބްދުﷲ ރަޝީދު ކިޔަވާ ވިދާޅުވީ ސުޢޫދި ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީންނެވެ. އެގޮތުން އެ ޔުނިވަރސިޓީގެ ފެކަލްޓީ އެޮފް ޝަރީޢާ އިން ފުރަތަމަ ޑިގްރީ އަދި ފެކަލްޓީ އޮފް ދަޢުވާ އެންޑް ތިއޮލޮޖީ އިން މާސްޓަރސް އިން އެޑިއުކޭޝަން މެނޭޖްމަންޓް ހައްދަވާފައިވެއެވެ. ޝައިޚް ޢަބްދުﷲ ރަޝީދަކީ މަހަލްދީބް ފައުންޑޭޝަންގެ ބައިނަލް އަޤްވާމީ ގުޅުންތަކުގެ މުޝީރެވެ.

އާޝޫރާ ދުވަސް ހޮނިހިރު ދުވަހާއި ދިމާވުމުން ރޯދަ ހިފޭނެތަ؟

ލިޔުއްވީ: |2020-08-28T17:28:18+05:00August 28th, 2020|އަޅުކަން, ފިޤުހު, ދީން|

ހޮނިހިރު ދުވަހު ޚާއްޞަކޮށް ހަމައެކަނި އެދުވަހުގައި ސަބަބެއް ނުވާ ރޯދަހިފުން އެއީ ނަހީކުރެއްވިގެން ވާކަމެއް ކަމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްގައިވެއެވެ. މިފަދަ ނަހީއެއް ވާރިދުފައި ވާއިރު ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވާ ހިނދު ހޮނިހިރު ދުވަހުގައި އެ ރޯދަ ހިފުން ހުއްދަވާނެ ތޯ ކުރެވޭ ބަހުސްގެ ޚުލާޞާ ތިރީގައި މިވަނީއެވެ.   ހޮނިހިރު ދުވަހުގެ ރޯދަ ހިފުން ނަހީކުރެއްވި ޙަދީޘް: ...

މުޙައްރަމު މަހުގެ މާތްކަން

ލިޔުއްވީ: |2020-08-23T12:53:44+05:00August 23rd, 2020|ދީން|

މުޙައްރަމު މަހަކީ ﷲގެ މަހެވެ. އެއީ ހިޖުރީ ސަނަތުގެ ފުރަތަމަ މަހެވެ. އެއީ ޙުރުމަތްތެރިވެގެންވާ ހަތަރުމަހުގެ ތެރެއިން އެއް މަހެވެ. އަދި މިނޫންވެސް މި މަހަށް ދެވިފައިވާ ޚާއްޞިއްޔަތުތައް އިސްލާމްދީނުގައި ބަޔާން ކުރައްވާފައި ވެއެވެ. އެގޮތުން ތިރީގައި މިވަނީ އޭގެތެރެއިން ބައެއް ކަންކަމެވެ.   މުޙައްރަމް މަހުގައި ރޯދަ ހިފުން މާއްވެގެންވުން. އެގޮތުން އަންނަނިވި ޙަދީޘުން މުޙައްރަމް މަހުގެ ރޯދައަކީ ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ މާތް ރޯދަ ...

ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމުގެ މާތްކަން

ލިޔުއްވީ: |2020-08-14T15:49:42+05:00August 14th, 2020|އަޅުކަން, ދީން|

ހުކުރު ދުވަހަކީ ފަހްތާގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ދުވަހެކެވެ. އެގޮތުން އެހެން ދުވަސްތަކަށް ދެވިފައި ނުވާ އެތައް ޚާއްޞިއްޔަތު ތަކެއް ހުކުރު ދުވަހަށް ދެވިގެން ވެއެވެ. ހުކުރުދުވަހަށް ޚާއްޞަ ކުރައްވާފައި ކަންކަމުގެ ތެރެއިން އެއްކަމަކީ އެދުވަހުގައި ކަހްފު ސޫރަތް ކިޔެވުން އެއީ ޚާއްޞަ އަޅުކަމެއް ކަމުގައި ލައްވާފައިވާކަމެވެ. އެގޮތުން ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔެމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބިނެވި އަޅުކަމެކެވެ. އެކަމާއި ގުޅެގޮތުން ...

ޞަދަޤާތްކުރުމުގެ މޭވާ (2)

ލިޔުއްވީ: |2020-06-03T04:47:19+05:00June 2nd, 2020|އަޚްލާޤު, ދީން|

9.  ޞަދަޤާތް ކުރުމަކީ ހިތް ނޭދޭ ކަންކަމުން މީހާ ސަލާމަތްކޮށްދޭ ކަމެއްގެ އިތުރުން ރައްބުވަންތަ އިލާހުގެ ކޯފާއިން ރައްކާތެރިކޮށްދޭ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ((صَنَائِعُ الْمَعْرُوْفِ تَقِيُّ مَصَارِعِ السُّوْءِ وَصَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِ)) رواه الطبراني حسنه الشيخ الألباني في صحيح الجامع މާނައީ: ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން ނުރުހޭ ބޮޑެތި ކަންކަމުން އޭނާ ރައްކާތެރި ކޮށްދެއެވެ. އަދި ސިއްރުގައި ކުރެވޭ ޞަދަޤާތުގެ ...

ޞަދަޤާތްކުރުމުގެ މޭވާ

ލިޔުއްވީ: |2020-06-06T23:10:44+05:00May 31st, 2020|އަޚްލާޤު, ދީން|

އިސްލާމްދީނުގައި ޙުކުމްތައް ޝަރުޢު ކުރެވިފައިވާ މައިގަނޑު މަޤުޞަތުތަކުގެ ތެރެއިން އެއް މަޤުޞަދަކީ މީސްތަކުންގެ މުދާ ރައްކާތެރި ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ މުދާ މުޖުތަމަޢު ތެރޭގައި ބޭނުން ކުރެވުމާއި،  އޭގެފައިދާ މުޅި މުޖުތަމަށް ފެތުރިގެންދާނެ ނިޒާމެއް އެކުލަވާލަދިނުމެވެ. ނަތީޖާއަކަށް ވަނީ މުޖުތަމުގެ ހަމަޖެހުމާއި ލޯއްބާއި އަދި މުޖްތަމަޢުގެ އާންމު ފުދުންތެރިކަން އިތުރުވެގެން ދިއުމެވެ. އެގޮތުގެމަތިން ޙިކުމަތްވަންތަ މާތް ﷲ ކަނޑައަޅުންވާދެއްވާފައިވާ އެއް ނިޒާމަކީ ފުދުންތެރިންގެ ފަރާތުން، ޙާޖަތްޖެހިފައިވާ ފަރާތްތަތަކަށް އެ ...

ހެޔޮ މަގުގައި ސާބިތު ކޮށްދެއްވުން އެދި ދުޢާކުރުން

ލިޔުއްވީ: |2020-05-27T18:02:48+05:00May 26th, 2020|ޢަޤީދާ, ދީން|

ދުޢާކުރުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަމެވެ. އެއީ ހުރިހާ އަޅުކަމެއްގެ މައިގަނޑުވެސްމެއެވެ. ކުރަން ފަސޭހަ ދޫ މައްޗަށް ލުއި މާތްﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ މި އަޅުކަމަކީ މުސްލިމުންގެ ހަތިޔާރެވެ. ކޮންމެ ކަމެއްގައިވެސް ދުޢާއަކީ އޭގެ އެންމެ ފުރިހަ ބޭނުން ހިފުމަށްޓަކައި މާތްﷲ ލައްވާފައިވާ ވަރަށް ބޮޑު ނިޢުމަތެވެ. އެއިލާހާއި ކުއްތަން ކޮއްދޭ އަޅުކަމެކެވެ. އަޅުކަމާއި ހެޔޮކަމުގެ އެންމެ މައިގަނޑު މޫސުން، ރަމަޟާން މަސް ...

ހެޔޮކަމުގެ މޫސުމަށް ފަހުގައިވެސް ހެޔޮކަމުގައި ދެމިހުރުން

ލިޔުއްވީ: |2020-05-25T22:38:39+05:00May 25th, 2020|ޢަޤީދާ, ދީން|

އެމަހަކަށްޓަކައި އެންމެހާ މުސްލިމުން، ޚާއްޞަކޮށް ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިޔުމަށް އެދިއެދި ތިބި މީހުން ބައްދަލު ކުރުމަށް އިންތިޒާރު ކުރި މައްސަރު، އަދި އެމަހެއްގެ ތެރޭގައި އެތަކެއް ބަރަކާތެއް ލިބިގަތުމަށް ފަހިވެފައިވާ މައްސަރުގެ ނިމުން އައިސް މާޒީވެ ދިޔައީއެވެ. ދަންނާށެވެ. އެ މަހުގައި މާތް ﷲގެ ޙަޟުރަތުން ސަވާބައި ދަރުމައަށް އެދިގެން ރޯދަ ހިފި މީހާއަށް އުފާވެރިކަން ހުއްޓެވެ. އަދި އެ މަހުގައި މާތް ﷲގެ ޙަޟުރަތުން ސަވާބައި ދަރުމައަށް އެދިގެން ...

ޝައްވާލު މަހުގެ 6 ރޯދައާ ގުޅޭ މުހިއްމު 6 ސުވާލު

ލިޔުއްވީ: |2020-05-24T23:34:49+05:00May 24th, 2020|ފިޤުހު, ދީން|

ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާ؟ ޝައްވާލު މަހުގެ ހަ ރޯދައަކީ ސުންނަތްވެގެންވާ ހަ ރޯދައެވެ. އަދި އެ ރޯދަ ހިފުމަށް ނަބިއްޔާ ﷺ ވަނީ ބާރު އަޅުއްވާފައެވެ.   ޝައްވާލު މަހުގެ ހަ ރޯދައިގެ ޚާއްޞަ މާތްކަމެއް ވޭތަ؟ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ މުޅި އަހަރުގެ ރޯދަ ހިފުމުގެ ސަވާބާއި ދަރުމަ އެކަމުގައި އެކުލެވިގެންވާ މަތިވެރި ރޯދައެކެވެ. އެކަމަށް އިޝާރާތްކުރައްވާ ނަބިއްޔާﷺ ޙަދީޘްކުރެއްވިއެވެ. « ...