އިންސާނުންނަށް އޮންނަ ޝައިޠާނާގެ ޢަދާވަތްތެރިކަން

ލިޔުއްވީ: |2020-06-09T22:07:54+05:00June 9th, 2020|ޢަޤީދާ, ދީން|

ދުނިޔެ މަތީގައި އިންސާނުންނަށް އެކިއެކި މުސީބާތްތަކާއި ކުރިމަތިވުމަކީ، މިދުނިޔޭގައި ﷲ ލައްވާފައިވާ ދުނިޔެވީ ސުންނަތެކެވެ. އެއީ އެމީހުންގެ އީމާންތެރިކަން އިމްތިޙާން ކުރެއްވުމަށެވެ. މީސްތަކުން އީމާންވި އީމާން ވުމަކީ ތެދުވެރި އީމާންތެރިކަމެއްކަން ނުވަތަ އެއީ ނޫންކަން އިމްތިހާންކުރެއްވުމުގެ ގޮތުންނެވެ. މި އިމްތިހާންތައް އިންސާނުންނަށް ކުރިމަތިވަނީ ތަފާތު ސިފަސިފައިގައެވެ. މިގޮތުން ޝައިޠޯނާގެ ކެހިވެރިކަމުގެ މަޅިތައް ހިމެނެއެވެ. ކޮންމެ އިންސާނެއްގެ ގާތުގައިވެސް ޝައިޠޯނެއް ﷲ ލައްވާފައިވެއެވެ. އޭނާގެ މަސައްކަތަކީ އޭނާއަށް ވީވަރަކުން މީސްތަކުން ﷲ ...