ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމުގެ މާތްކަން

ލިޔުއްވީ: |2020-08-14T15:49:42+05:00August 14th, 2020|އަޅުކަން, ދީން|

ހުކުރު ދުވަހަކީ ފަހްތާގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ދުވަހެކެވެ. އެގޮތުން އެހެން ދުވަސްތަކަށް ދެވިފައި ނުވާ އެތައް ޚާއްޞިއްޔަތު ތަކެއް ހުކުރު ދުވަހަށް ދެވިގެން ވެއެވެ. ހުކުރުދުވަހަށް ޚާއްޞަ ކުރައްވާފައި ކަންކަމުގެ ތެރެއިން އެއްކަމަކީ އެދުވަހުގައި ކަހްފު ސޫރަތް ކިޔެވުން އެއީ ޚާއްޞަ އަޅުކަމެއް ކަމުގައި ލައްވާފައިވާކަމެވެ. އެގޮތުން ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔެމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބިނެވި އަޅުކަމެކެވެ. އެކަމާއި ގުޅެގޮތުން ...

ބިސްމިންކިޔުން (6): ކަތިލާއިރު ބިސްމި ކިޔުން

ލިޔުއްވީ: |2020-08-12T18:33:18+05:00August 11th, 2020|އަޅުކަން, ފިޤުހު, ދީން|

ކަތިލާއިރު ގައި ބިސްމި ކިޔުމުގެ މައްސަލާގައި ޢިލްމުވެރިން ތިންރައުޔަށް ބެހިގެންވެއެވެ. ފުރަތަމައީ: ކަތިލާއިރު ބިސްމިން ކިޔުމީ އެދެވިގެންވާ ކަމެކެވެ. މިއީ އިމާމް ޝާފިޢީرَحِمَهُ الله ގެ ރައުޔެވެ. ދެވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ކަތިލެވޭ އެތި ޙަލާލު ވުމުގެ ޝަރްޠެކެވެ. ހަނދާންނެތިގެން ބިސްމި ނުކިޔާ ދޫކޮށްލެވުނު ނަމަވެސް ޞައްޙަވާނެއެވެ. މިއީ ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. ތިންވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ޝަރްޠެކެވެ. އެއްވެސް ...

ހެޔޮކަމުގެ ކަންޒު-1: ރެއަކާއި ދުވާލު ފަސް ޙައްޖުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-10T13:37:09+05:00August 10th, 2020|އަޅުކަން, ދީން|

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އެނގޭ ހެއްޔެވެ!  ފަރުޟު ނަމާދު ޖަމާޢަތުގައި އަދާކުރާ ކޮންމެ ފަހަރަކު ޙައްޖެއް އަދާކުރުމުން ލިބޭ ސަވާބާއި ދަރުމަ ހޯދިދާނެއެވެ. އެހެނީ ރަސޫލާ ﷺގެ ތެދުވެރި ދޫފުޅުންވަނީ އެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. ޙަދީޘްގައި އައިސްފައިވެއެވެ. عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ ...

ނަބިއްޔާ ﷺ ގެ ވަދާޢީ ޚުޠުބާ

ލިޔުއްވީ: |2020-07-30T20:15:13+05:00July 30th, 2020|އަޅުކަން, ދީން|

ވަދާޢީ ޚުޠްބާ އާއްމުގޮތެއްގައި ނިސްބަތް ކުރެވެނީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޛުލްޙިއްޖާ މަހުގެ 9ވަނަ ދުވަހުގައި ޢަރަފާތުގައި މުސްލިމުންނާއި މުޚާޠަބުކޮށްދެއްވި ޚުޠްބާއަށެވެ. ނަމަވެސް، ޙަދީޘް ފޮތްތަކުގެ އެކި ރިވާޔަތްތަކުން އެނގިގެންދާގޮތުން، މިމުޅި ވަދާޢީ ޙައްޖުގެ ތެރޭގައިވަނީ އެކަލޭގެފާނު އެކިތަންތާގައި އެކި ދުވަސްތަކުގައި ތަފާތުން ޚުޠްބާތަށް ދެއްވާފައެވެ. އެގޮތުން، ޢީދު ދުވަހު އަދި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ ތެރެއިން އެއްދުވަހުގައި މިނާގައި އެކަލޭގެފާނު ޚުޠްބާދެއްވިކަމަށް ޙަދީޘްފޮތްގަކުގައި ވާ ޞައްޙަ ރިވާޔަތްތަކުން ...

ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުޙިއްމު މައްސަލަތައް (6)

ލިޔުއްވީ: |2020-07-02T21:13:47+05:00July 3rd, 2020|އަޅުކަން, ފިޤުހު, ދީން|

ހަވަނަ މައްސަލަ ކީރިތި ޤުރުއާނުގެ މާނާ ދެނެގަތުމުގެ އަހައްމިއްޔަތުކަން   ފަޟީލަތުއް ޝައިޙް އިބްނު ޢުޘައިމީން رَحِمَهُ الله ވިދާޅުވެފައިވެއެވެ: ކީރިތި ޤުރުއާންގެ ތަފްސީރު އުގެނުމަކީ ވާޖިބެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴾ ص:29 މާނައީ: (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާ މެދު ވިސްނައި ފިކުރުކުރުމަށެވެ. ...

ހުކުރުދުވަހުގެ ފައިދާތައް (5)

ލިޔުއްވީ: |2020-07-02T20:42:50+05:00July 2nd, 2020|އަޅުކަން, ފިޤުހު, ދީން|

ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ ﷺ ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ. ހުކުރު ދުވަހުގެ ފަތިސްނަމާދުގައި އެކަލޭގެފާނު سورة السجدة އަދި سورة الإنسان ކިޔަވާވިދާޅުވައެވެ. އަދި ހަމައެހެންމެ ހުކުރު ނަމާދަށް ޚާއްޞަކޮށް ހިނައިގަތުމާއި، މީރުވަސްދުވާ ...

ހިތާމަނުކުރާށެވެ! (9) : ނަކަލު ކުރާ މީހަކަށް ނުވާށެވެ.

ލިޔުއްވީ: |2020-07-01T21:45:48+05:00July 1st, 2020|އަޅުކަން, ޢަޤީދާ, ދީން|

ނަކަލު ކުރާ މީހަކަށް ނުވާށެވެ. ތިބާ ގެ ނެތް ކަމެއް ދައްކައިގެން ތިބާގެ ނަފްސު ބަދަލުކުރަން ނޫޅޭށެވެ. އަދި އެހެން މީހުން ނަކަލު ނުކުރާށެވެ.  ވަރަށް ގިނަ މީހުންނަކީ އެހެން މީހުން ނަކަލު ކުރުމަށްޓަކައި، އަމިއްލަ އަޑު ވެސް ހަނދާން ނެތޭ ކަމަށް ހަދާ މީހުންނެވެ. އެމީހުންގެ ހަރަކާތްތައް ވެސް މެއެވެ. އެމީހުންގެ ޢަމަލުތަކާ ވިސްނުން ވެސް މެއެވެ. އަދި އާދަތައްވެސް މެއެވެ. މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ތަކުގެ ...

ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުހިއްމު މައްސަލަތައް (2)

ލިޔުއްވީ: |2020-06-12T21:14:46+05:00June 12th, 2020|އަޅުކަން, ފިޤުހު, ދީން|

ދެވަނަ މައްސަލަ ހަދަސްވެރިޔާ މުސްޙަފުގައި ބީހުމުގެ ޙުކުމް  ހަދަސްވެރިޔާ މުސްޙަފުގައި ބީހުން ހުއްދަވެގެންނުވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: ((لا يَمَسُّ القُرآنَ إلَّا طاهِرٌ ))[1] މާނައީ: ޠާހިރު މީހަކު މެނުވީ ޤުރުއާނުގައި ނުބީހޭހުއްޓެވެ.   ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ الله ވިދާޅުވެފަވެއެވެ:[2] ހަތަރު މަޒުހަބުގެ އިމާމުންގެ އަރިހުގައި ޠަހާރަތުގެ ޙާލަތުގައި މެނުވީ މުސްޙަފުގައި ބީހުން ހުއްދަވެގެން ނުވެއެވެ. އެއީ ރަސޫލުﷲ ﷺ  ޢަމްރު ބުން ...

ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުޙިއްމު މައްސަލަތައް (1)

ލިޔުއްވީ: |2020-06-05T20:33:17+05:00June 5th, 2020|އަޅުކަން, ފިޤުހު, ދީން|

  މުޤައްދިމާ   الْحَمْدُ لله رَبِ الْعَالَمِيْن وَالصَّلَاةُ وَالسَّلَامُ عَلَى أَشّْرَفِ الْمُرْسَلِيْن سَيِدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ.  ކީރިތި ޤުރުއާނަކީ ކާއިނާތުގެ ވެރި އިލާހުގެ ކަލާމްފުޅެވެ. އެންމެ ފަހުގެ ނަބިއްޔާ ﷺ އަށް ދެއްވުނު މަތިވެރިވެގެންވާ މުޢުޖިޒާތެކެވެ. މިއުންމަތުގެ މަތިވެރި ފޮތެވެ. އެފޮތަށް ތަބާވާ އެއްވެސް މީހަކު މަގުފުރެދިގެން ނުދާނޭ މަތިވެރި މަންހަޖެވެ. ބާއްވާލެއްވުނު އެހެން ...

Load More Posts