ހިތާމަނުކުރާށެވެ!

ލިޔުއްވީ: |2020-06-03T04:49:30+05:00May 31st, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މުޤައްދިމާ الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وصحبه وسلم، وبعد މި ފޮތަކީ ސަޢުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢާއިޟް އަލްޤަރްނީ ލިޔުއްވާފައިވާ "لا تحزن" މި ފޮތުގެ އިނގިރޭސި ތަރުޖަމާ "DON’T BE SAD" މި ފޮތް އަސްލަކަށް ބަލައިގެން ދިވެހި ބަހަށް ތަރުޖަމާކޮށް އެކުލަވާލަމުންދާ ފޮތެކެވެ. މާތް ﷲ ގެ ވާގިފުޅާއި އެކު ...

ހިތާމަނުކުރާށެވެ! (2)

ލިޔުއްވީ: |2020-06-03T17:40:36+05:00June 3rd, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިބާއަށް  ލިބިފައިވާ ދުވަހަކީ ހަމަ އެކަނި މިއަދެވެ. ތިބާ ހެނދުނު ކޮށްފިނަމަ ހަވީރު ލިބިދާނެކަމަށް އުއްމީދު ނުކުރާށެވެ. ތިބާގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމުގައި ދެކިގެން ދިރިއުޅޭށެވެ. އޭގައިވާ ނުބައިކަމަކާއި އަދި ހެޔޮކަމަކާއެކު  އިއްޔެ އަހަރުމެންނަށް އަލްވަދާއު ކިޔައިފިއެވެ. އަދި މާދަމާ އަހަރެމެންނާ ބައްދަލެއް ނުކުރެއެވެ. ތިބާގެ އުމުރަކީ އެއް ދުވަހެވެ. ތިބާ އެދުވަހު ދުނިޔެއަށް ނޭވާ ލައިފިނަމަ، ހަމަ އެދުވަސް ނިމުމާއެކު ތިބާ ގެ ނިމުންވެސް އަތުވެދާނެ ...

ހިތާމަނުކުރާށެވެ! (3)

ލިޔުއްވީ: |2020-06-06T22:50:54+05:00June 6th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

އާޑަ ފުރައްސާރައާއި ކުރިމަތިލާނީ ކިހިނެއް؟ ތަންދޮރު ނުދަންނަ ޖާހިލުން، އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ، ޚަލްޤުކުރައްވައި އަދި ރިޒްޤުދެއްވާ މާތް ﷲ އަށް ހަޑި ހުތުރު ބަސްތަކުން ނަފްރަތާއި މަލާމާތް ރައްދު ކުރިއެވެ. ވުމާއެކު، ކުށް ފާފައިން މަޢުސޫމްވެގެން ނުވާ އަހަރެމެން އިންސާނުން، މީސްތަކުންގެ ކިބައިން އުއްމީދު ކުރާނީ  ފަހެ ކޮންކަމަކަށް ހެއްޔެވެ؟ ތިބާއަށް އަބަދުވެސް މީހުންގެ އާޑަ ކިޔުމާއި ފުރައްސާރަ އާއި ކުރިމަތިލާންޖެހޭނެއެވެ. އެއީ ...

ހިތާމަނުކުރާށެވެ! (4)

ލިޔުއްވީ: |2020-06-10T21:29:19+05:00June 10th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ކިސްރާ ރަސްގެފާނާއި މުސްކުޅި އަންހެން މީހާ. ބުޒްރު ޖަމްހަރު ނަމަކަށް ކިޔާ ފާރިސްކަރައިގެ ޙިކުމަތްތެރިއަކު، ކިސްރާ ރަސްގެފާނާއި މުސްކުޅި އަންހެން މީހާގެ ވާހަކަ ކިޔައިދިނެވެ. ކިސްރާ ރަސްގެފާނުގެ ގަނޑުވަރު ހުންނަ ސަރަހައްދުގައިވާ، ކުޑަ ބިމެއްގައި އެ އަންހެން މީހާ ގެ ކުޑަ ޖިފުޓި އެއް ހުރެއެވެ. އަދި އެތަނުގައި އޭނާ ކުކުޅެއް ގެންގުޅުނެވެ. އެއްދުވަހަކު އެ އަންހެން މީހާ އެހެން އަވަށަކަށް ދަތުރަކު ދާން ޖެހުނެވެ. އަދި އޭނާ ފުރުމުގެ ...

ހިތާމަނުކުރާށެވެ (5): ނިޢުމަތްތަކާ މެދު ވިސްނާ ފިކުރުކޮށް ޝުކުރު ވެރިވާށެވެ.

ލިޔުއްވީ: |2020-06-13T22:35:04+05:00June 13th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ނިޢުމަތްތަކާ މެދު ވިސްނާ ފިކުރުކޮށް ޝުކުރުވެރިވާށެވެ. ތިބާ އަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދުމަ ކުރާށެވެ. އަދި އެ ނިޢުމަތްތައް ތިބާގެ ވަށައިލެވިފައިވާ ގޮތާއިމެދު ވިސްނާ ފިކުރު ކުރާށެވެ. ވަށައިގެންވާ ހުރިހާ ފަރާތަކުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ  ﴾(سورة ابراهيم 34) މާނައީ: اللَّه ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ...

ހިތާމަނުކުރާށެވެ! (6): މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ.

ލިޔުއްވީ: |2020-06-17T20:30:25+05:00June 17th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ. މާޒީ އާއި މާޒީގައި ހިނގާފައިވާ ކާރިސާ ތަކާއި މެދު ވިސްނައި ހިތާމަކުރުން މަތީ ދެމިހުރެއްޖެ މީހަކީ މޮޔަ އެއް ފަދަ މީހެކެވެ. އެއީ އެމީހާގެ، މިހާރުގެ ދިރިއުޅުމުގެ އަމާޒު ހަލާކު ކޮށްލާ ބައްޔެކެވެ. ވަރުގަދަ އަޒުމެއްގެ ވެރިން އެމީހުންގެ މަޤުޞަދުގައި ސާބިތުވެ، މާޒީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ނައްތާލައެވެ. އެކަންކަމުން ދެން ދުވަހަކުވެސް އަލިކަމެއް ނުފެންނާނެއެވެ. އެހެނީ ސިކުނޑީގައި އެފަދަ ކަންކަން ވަނީ ...

ހިތާމަނުކުރާށެވެ! (7) : އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ލިޔުއްވީ: |2020-06-21T15:15:07+05:00June 20th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ޞަދަޤާތަކުން އެންމެ ފުރަތަމަ ފައިދާ އެއް ކުރާނީ އެ ޞަދަޤާތް ދިން މީހާއަށެވެ. އެއީ އޭނާ ގެ އަމިއްލަ ނަފްސަށާއި އޭނާގެ ޢަމަލުތަކަށް އަންނަ ބަދަލުތައް ފެނި އޭނާ އަށް ލިބޭ ހަމަޖެހުމުގެ ސަބަބުންނެވެ. އަދި އަނެކާގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުން ފެނި، ލިބޭ ހިތް ހަމަޖެހުމުގެ ސަބަބުންނެވެ. ތިބާ އަށް އުނދަގުލެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެހެން ...

ހިތާމަނުކުރާށެވެ! (8) : ފޫހިވުމުން ދުރުހެލިވުމަށްޓަކައި މަސައްކަތުގައި މަޝްޣޫލުވާށެވެ.

ލިޔުއްވީ: |2020-07-01T21:48:58+05:00June 27th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ފޫހިވުމުން ދުރުހެލިވުމަށްޓަކައި މަސައްކަތުގައި މަޝްޣޫލުވާށެވެ. ދިރިއުޅުމުގައި ކުރާނެ ކަމެއްނެތި  އުޅޭ މީހުންނަކީ ގިނަފަހަރަށް، ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގައި އެމީހުންގެ ވަގުތުތައް ބޭކާރު ކުރާމީހުންނެވެ. ﴿ رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾   (سورة التوبة 87  ) މާނައީ: (ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަ ...

ހިތާމަނުކުރާށެވެ! (9) : ނަކަލު ކުރާ މީހަކަށް ނުވާށެވެ.

ލިޔުއްވީ: |2020-07-01T21:45:48+05:00July 1st, 2020|އަޅުކަން, ޢަޤީދާ, ދީން|

ނަކަލު ކުރާ މީހަކަށް ނުވާށެވެ. ތިބާ ގެ ނެތް ކަމެއް ދައްކައިގެން ތިބާގެ ނަފްސު ބަދަލުކުރަން ނޫޅޭށެވެ. އަދި އެހެން މީހުން ނަކަލު ނުކުރާށެވެ.  ވަރަށް ގިނަ މީހުންނަކީ އެހެން މީހުން ނަކަލު ކުރުމަށްޓަކައި، އަމިއްލަ އަޑު ވެސް ހަނދާން ނެތޭ ކަމަށް ހަދާ މީހުންނެވެ. އެމީހުންގެ ހަރަކާތްތައް ވެސް މެއެވެ. އެމީހުންގެ ޢަމަލުތަކާ ވިސްނުން ވެސް މެއެވެ. އަދި އާދަތައްވެސް މެއެވެ. މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ތަކުގެ ...

ހިތާމަނުކުރާށެވެ! (10): ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.

ލިޔުއްވީ: |2020-07-04T20:25:39+05:00July 4th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ﴿إِنَّ مَعَ الْعُسْرِ يُسْرًا ﴾[1] މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ބަނޑުހައި ހޫނުކަމަށްފަހު ވަނީ ކެއުމެވެ. ކަރުހިއްކުމަށްފަހު ވަނީ ބުއިމެވެ. ވަރުބަލިކަމަށްފަހު ވަނީ ނިދުމެވެ އަދި ބަލިވުމަށްފަހު ދުޅަހެޔޮކަން ލިބެއެވެ. މަގު ގެއްލިފައިވާ މީހުންނަށް އެމީހުންގެ މަގު ފެންނާނެއެވެ. އުދަނގޫކަމުގައިވާ މީހުންނަށް ފަސޭހަކަން ލިބޭނެއެވެ. އަދި ރޭގަނޑު ވުމަށްފަހު ދުވާލު އަންނާނެއެވެ. ﴿فَعَسَى اللَّـهُ أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ﴾[2] ...

Load More Posts