ހެޔޮކަމުގެ ކަންޒު-1: ރެއަކާއި ދުވާލު ފަސް ޙައްޖުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-10T13:37:09+05:00August 10th, 2020|އަޅުކަން, ދީން|

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އެނގޭ ހެއްޔެވެ!  ފަރުޟު ނަމާދު ޖަމާޢަތުގައި އަދާކުރާ ކޮންމެ ފަހަރަކު ޙައްޖެއް އަދާކުރުމުން ލިބޭ ސަވާބާއި ދަރުމަ ހޯދިދާނެއެވެ. އެހެނީ ރަސޫލާ ﷺގެ ތެދުވެރި ދޫފުޅުންވަނީ އެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. ޙަދީޘްގައި އައިސްފައިވެއެވެ. عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ ...

ހެޔޮކަމުގެ ކަންޒު-2: ދުވާލު ޙައްޖަކާއި އުމުރާއެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-18T20:46:25+05:00August 18th, 2020|އަޅުކަން, ދީން|

އިސްލާމްދީނުގެ މަތިވެރި ކަމާއި ދަރުމައިގެ ތެރޭއިން މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފަސޭހައިން ކުރެވޭ މީޒާނުގައި ބަރުދަން ބޮޑު ހެޔޮ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށް އިރުއަރަންދެން ޒިކުރު ކުރުން މަތީ ދެމިހުރެ އެއަށްފަހު ދެ ރަކުއަތް ނަމާދެއް ކުރުމުން ޙައްޖަކާއި ޢުމްރާއެއްގެ ދަރުމަ އާއި ސަވާބު ލިބިގެން ދިޔުމެވެ. މިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅެއްގައި ވެއެވެ. أَنَسُ بْنُ مَالِك رَضِيَ اللهُ عَنْهُ ކިބައިން ރިވާވެގެންވެއެވެ. ...

ހެޔޮކަމުގެ ކަންޒު 3 – މިސްކިތުގައި ޢިލްމު އުގެނުމުން ޙައްޖެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-25T21:19:26+05:00August 25th, 2020|އަޚްލާޤު, ދީން|

ދީނީ އިލްމު އުގެނުމުގެ ނިޔަތުގައި މިސްކިތަށް ގޮސް ޢިލްމު އުގެނުމާއި އުގަންނައި ދިނުމުން ޙައްޖެއެއްގެ ދަރުމަ އާއި ސަވާބު ލިބިގެންދާނެކަން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمْ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ ކީރިތި ޤުރުއާނުގެ ޙަލަޤާއެއް ނުވަތަ ކުލާހެއް ވިޔަސް ނުވަތަ މިސްކިތުގައި ބޭއްވޭ ދަރުހެއް ވިޔަސް މިޙުކުމުގެ ތެރެއަށް ވަދެގެން ދާނެތެވެ. އެހެންކަމުން މިސްކިތުގައި ބޭއްވޭ ޢިލްމީ ދަރުސްތަކާއި ކްލާސްތަކުގައި ބައިވެރިވެ މި މަތިވެރިކަން ލިބިގަތުމަށް މަސައްކަތް ކުރައްވަމާތޯއެވެ. ...