ކީރިތި ޤުރުއާން ކިޔަވާމީހާ ދެނެގަތުން މުޙިއްމު މައްސަލަތައް (1)
މުޤައްދިމާ الْحَمْدُ لله رَبِ الْعَالَمِيْن وَالصَّلَاةُ وَالسَّلَامُ عَلَى أَشّْرَفِ الْمُرْسَلِيْن سَيِدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. ކީރިތި ޤުރުއާނަކީ ކާއިނާތުގެ ވެރި އިލާހުގެ ކަލާމްފުޅެވެ. އެންމެ ފަހުގެ ނަބިއްޔާ ﷺ އަށް ދެއްވުނު މަތިވެރިވެގެންވާ މުޢުޖިޒާތެކެވެ. މިއުންމަތުގެ މަތިވެރި ފޮތެވެ. އެފޮތަށް ތަބާވާ އެއްވެސް މީހަކު މަގުފުރެދިގެން ނުދާނޭ މަތިވެރި މަންހަޖެވެ. ބާއްވާލެއްވުނު އެހެން ...