މަހަލްދީބް ފައުންޑޭޝަން
މަހަލްދީބް ފައުންޑޭޝަން އަކީ ލޯތްބާއި ކުލުނާއިއެކު މުޖުތަމަޢު ބިނާ ކުރުމަށާއި، ހަވާސާވެފައިވާ ފަރާތްތަކުގެ އަޑު އުފުލައިދީ، އަފުރާދުން ބާރުވެރި ކުރުމަަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.
އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި އެއްބައިވަންތަ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭ، ޢިލްމުވެރި އަދި ސުލްޙައާއި އިންސާފަށް ލޯބިކުރާ އަފްރާދުންނާއި، ޢާއިލާތަކުގެ މައްޗަށް އެކުލެވިގެންވާ މުޖުތަމަޢެއް ދުށުމެވެ.
މަހަލްދީބް ފައުންޑޭޝަން އުފެދިފައިވަނީ 2012 ވަނަ އަހަރުގައެވެ.
މަސައްކަތުގެ އަސާސްތައް
އިޚްލާޞްތެރިވުން
އިޚްލާޞްތެރިކަމާއިއެކު އިންސާނިއްޔަތައް ހެޔޮގޮތް ހޯދައިދިނުމަށް މަސައްކަތްކުރުން
އަޅައިލުން
ކާރިސާތަކާއި، ފަގީރުކަމާއި، ހަމަނުޖެހުމުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ އަފްރާދުންނާއި ޖަމާޢަތްތަކަށް އަޅައިލުމާއި، އެއްވެސް ފަރާތެއް ބާކީ ކުރުމެއްނެތި ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމާއި ހެޔޮ ހާލު ދެމެހެއްޓުން
އަމާނާތްތެރިވުން
އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ގޮތުގައި މުޖުތަމަޢުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، އަމާނާތްތެރިވެ، ނަޒާހަތްތެރި ދެފުއް ފެންނަ އިންތިޒާމްތަކެއްގެ ތެރެއިން ޖަމްޢިއްޔާގެ އެންމެހައި ހަރަކާތްތައް ހިންގުން
އިޙްސާން
އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއް، ހިންގާ ކޮންމެ ހަރަކާތެއް އެކަން ކުރެވެން އޮތް އެންމެ ފުރިހަމަ އަދި އެންމެ ހެޔޮގޮތުގައި ކުރުމަށް ގަދައަޅާ މަސައްކަތްކުރުން
އަދުލުވެރިވުން
މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ އަދި ސަމާލުކަން ނުލިބިތިބި ފަރާތްތައް ބާރުވެރިކުރުވާ އެ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، ވަސީލަތްތައް ބިނާ ކުރުމަށާއި، އެފަދަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކޮށްދިނުމަށް އެހީތެރިވެދީ، އެކަމަށް އަޑު އުފުލުން
އަޅުގަނޑުމެންގެ ހަރަކާތްތައް
މަދަދު ޓްރަސްޓް ފަންޑް
މަދަދު ޓްރަސްޓް ފަންޑަކީ، ޔަތީމުންނާއި، މާލީ ދަތިކަން ތަޙައްމަލުކުރާ އާއިލާތަކިށާއި، ނުކުޅެދުންތެރިކަން ހުރި އަފްރާދުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ގަވާއިދުން ފޯރުކޮށްދިނުމަށް އަމާޒު ކުރާ ފަންޑެކެވެ. މި ފަންޑުން ކާނާއާއި، ހެޔޮ ބޭސްފަރުވާ އަދި އެކަށީގެންވާ ޒަމާނީ ތައުލީމް ލިބިދިނުން ފަދަ އަސާސީ ބޭނުންތައް ފުއްދުމަށް އެފަދަ އާއިލާތަކަށް އެހީތެރިވެދޭނެއެވެ. މި ފަންޑު ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ 2021 ގައެވެ.
ޕްރީ ސްކޫލް
މަހަލްދީބް ފައުންޑޭޝަން އިން ދެކޭ ގޮތުގައި ތައުލީމީ ނިޒާމު ބިނާ ވާންވާނީ އިސްލާމްދީނާއި، ސައިންސާއި، އަދި ޒަމާނީ ދިރިއުޅުމަށް ބޭނުންވާ ޕްރެކްޓިކަލް ހުނަރުތަކުގެ މައްޗަށެވެ. ތައުލީމު އުނގެނުމުގެ އެންމެހާ މަރުހާލާއެއްގައިވެސް މި އުސްލޫބުތައް ހިފަހަށްޓަންޖެހޭނެކަމަށް އަޅުގަނޑުމެން ގަބޫލް ކުރަމެވެ. އެގޮތުން، މި ތަސައްވުރު އަސްލަކަށް ހެދުމަށްޓަކައި، އަލުގަނޑުމެންވަނީ ‘މަހަލް ލަރނަރސް ޕްރީ ސްކޫލް’ ގެ ނަމުގައި، މާޅޮސްމަޑުލު އުތުރުބުރި ދުވާފަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުންފެށިގެން، ޕްރީ ސްކޫލެއް ހިންގަން ފަށާފައެވެ. މި ސްކޫލަކީ 2004 ވަނަ އަހަރުގެ ސުނާމީގެ ކާރިޘާއަށް ފަހު ސޭފް އައިލެންޑެއްގެ ގޮތުގައި ބިނާކުރެވުނު ދުވާފަރުގައި ބައިނަލްއަޤްވާމީ ރެޑްކްރޮސް އަދި ރެޑްކްރެސެންޓް ޖަމާޢަތުން ބިނާކުރި 500 ކުދިންގެ ޖާގައިގެ ޕްރީސްކޫލެކެވެ.
ގިފްޓް އަ ސްމައިލް
އަހަރު ތެރޭގައި އަންނަ އެކި މޫސުމުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެން ހިންގާ ހަރަކާތްތަށް ހިންގާނީ މި ބްރޭންޑުގެ ދަށުންނެވެ. އެގޮތުން ފުޑްބާސްކެޓް، ބެކް ޓު ސްކޫލް އަދި އީދް ހަދިޔާއާއި އުޟްޙިޔާ ފަދަ ހަރަކާތްތައް މި ޕްރޮޖެކްޓްގެތެރެއިން ކުރިއަށް ގެންދެވޭނެއެވެ.
ރެއިޒް
ރެއިޒް އަކީ ދަރިން ތަރުބިއްޔަތުކުރުމުގައި ގެންގުޅެވިދާނެ ޒަމާނީ އަދި އިސްލާމީ ވިސްނުމާއި، އުސޫލުތަކާއި އުކުޅުތަކާމެދު ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ތައްޔާރުކޮށްފައިވާ ލެކްޗަރ ސީރީޒްއާއި ވަރކްޝޮޕްގެ 100 އަށްވުރެ ގިނަ ސެޝަން މިހާތަނަށް ކުރިއަށް ގެންދެވިފައިވެއެވެ. އަދި ކުރިއަށް އޮތްތާނގައި މިކަމާ ގުޅުންހުރި އޮންލައިން ކޯހަކާއި، މި މަޢުޟޫގައި ފޮތް ޝާޢިޢު ކުރުމަށް އަޅުގަނޑުމެން ގަސްތުކުރަމެވެ.
ފުޑް ބާސްކެޓް
މި ޕްރޮޖެކްގެ އަމާޒަކީ އެއް މަސްދުވަހަށް ފުދޭވަރަށް، އާމުކޮށް ކެއިންބުއިމަށް ބޭނުންވާ ތަކެތި، އަތްމަތި ދަތި ނުވަތަ ނުކުޅެދުންތެރިކަން ހުރި އަފްރާދުންގެ ނުވަތަ އެކަނިވެރި މައިންގެ ނުވަތަ ޔަތީމް ކުދިން ބަލަހައްޓާ އާއިލާތަކަށް ފޯރުކޮށްދިނުމެވެ. މި އަމާޒު ހާސިލްކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށް އާންމުކޮށް ހުޅުވާލެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މަހުންމަހަށް މި ފަންޑަށް ސަދަޤާތް ކުރެވޭނެއެވެ.
ޕައި
ޕްލެޓްފޯމް ފޯ އިންޖެނުއިޓީ އެންޑް އެންލައިޓެންމެންޓް (ޕައި) އަކީ މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ޒުވާނުންގެ ހުނަރުތަކާއި މޮޅު ހިޔާލުތަކާއި ތަފާތު ތަޖުރިބާތައް މުޖުތަމައަށް ހުށަހަޅައިދިނުމަށް ތައާރަފްކޮށްފައިވާ ޕްލެޓްފޯމެކެވެ. ޕައި އިން އަމާޒުކުރަނީ ދިވެހި ޒުވާނުންގެ ހުނަރުތައް، މުޖުތަމައުގެ ބިނާކުރަނިވި ފާޑުކިޔުމުގެ ޒަރިއްޔާއިން އިތުރަށް ފުރިހަމަ ވެގެންދިޔުމަށާއި، އަދި ޒުވާޏުންގެ އުފެއްދުންތެރި ހިޔާލުތަކަށް މުޖުތަމައުގެ މަޤުބޫލުކަން ހޯދައިދިނުމުން ޒުވާނުންގެ މެދުގައި ތަފާތު މޮޅެތި ހިޔާލުތައް އުފެއްދުމަށް ހިތްވަރު އާލާކުރުމަށެވެ. މިހާތަނަށް ޕައި އިން ވަނީ ޑިސެމްބަރު 2017 އިން ފެށިގެން ސިލްސިލާކޮށް ތަފާތު އެކި ފަންނުގެ ޒުވާނުންނަށް ހިޔާލުތަކާއި ތަޖުރިބާތައް މުޖުތަމައަށް ހުށައަޅައިދިނުމަށް މަގުފަހިކޮށްދީފައެވެ.
ބެކް ޓު ސްކޫލް
ގިފްޓް އަ ސްމައިލްގެ ތެރޭގައި ހިމެނިގެން ހިންގަމުންދާ، މި ޕްރޮޖެކްގެ އަމާޒަކީ ބޭނުންޖެހިފައިވާ އާއިލާތަކަށް ނިސްބަތްވާ ކިވާކުދީންނަށް، ސުކޫލް ދުވަސްވަރާއި ދިމާކޮށް ބޭނުންވާ ސުކޫލް ދަބަސް، ބޫޓު އަދި ޔުނިފޯރމް ފަދަ އެނމެހާވަސީލަތްތަކެއް ފޯރުކޮށްދިނުމެވެ.
ލިޓްލް މުސްލިމްސް
ކޮންމެ މުޖްތަމަޢެއްގެވެސް ކުރިމަަގަކީ އެ މުޖްތަމަޢުގެ ތުއްތު ކުދިންނެވެ. ދުޅަހެޔޮ، ހިތްހެޔޮ، އޯގާތެރި، އަމާނާތްތެރި، ތަޤްވާވެރި މުޖްތަމަޢެއް ބިނާކުރުމަށް ބޭނުންވާނަމަ އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އެމުޖްތަމަޢެއްގެ ތުއްތު ކުދިން ހެޔޮގޮތުގައި ތަރުބިއްޔަރު ކުރުމަށެވެ. އެގޮތުން މި ޕްރޮޖެކްޓް ޚާއްސަ ކުރެވިފައިވަނީ އެކުދިންނަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ތުއްތުކުދިންނަށް ތަޢުލީމް ދިނުމުގައި ބޭނުންކުރެވޭނެ ފޮތާއި އެކި ޓީޗިންގ އެއިޑް ތައްޔާރުކުރެވޭނެއެވެ. އަދި ވަކި އުމުރުފުރައެއްގެ ކުދިންނަށް ޚާއްސަ ވަރކްޝޮޕާއި ސެޝަން ހިންގޭނެއެވެ.
އެންލައިޓްން
އަކީ އިޖްތިމާޢީ މައްސަލަތަކުގެ މައްޗަށް ކޮންމެ އަހަރަކުވެސް ބޭއްވޭ ކޮންފަރެންސްއެކެވެ. މި ސީރީޒް 2016 ވަނަ އަހަރު ފެށިގެންދިޔައީ ބޭރު އަދި ދިވެހި ލެކްޗަރާއިންނާއިއެކުއެވެ. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އަހަރަކުވެސް އެއްފަހަރު މި ކޮންފަރެންސް ބޭއްވުމެވެ.
މުސްލިމާ ސީރީޒް
މި ސީރީޒް އަކީ އަންހެނުން ބާރުވެރިކުރުމަށް ޚާއްޞަ، ދީނީ، އިޖްތިމާޢީ އަދި އިޤްތިސާދީ މަޢުލޫތަކަށް، ޢަމަލީ ތަމްރީނު ހިމެނޭގޮތުން ތައްޔާރުކުރެވިފަިއވާ ސީރީޒެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޢުހްތުންނަށް އެމީހުންގެ އަމިއްލަ ނަފްސާއި ފަންނީ ދާއިރާތަކުން ކުރިއަށްދިޔުމާއި އުނގެނުމުގެ ވެއްޓެއް މި ސީރީޒްގެ ތެރެއިން ޤާއިމް ކުރުމެވެ.