ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ވެބިނާގައި، ދަރިން އިންޓަރނެޓް ބޭނުންކުރަނީ ރައްކާތެރިގޮތުގައި ކަން ކަށަވަރުކުރުމުގެ މުހިންމު ކަމާއި، އިންޓަރނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކަށާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން މުޖްރިމުން ހިންގާ ބައެއް ނޭދެވޭ ކަންކަމުގެ މަޢުލޫމާތާއި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް ޓޫލްތަކާ ގުޅޭ މަޢުލޫމާތަށް އަލި އަޅުވައިލެވޭނެއެވެ. ސެޕްޓެމބަރ 25 ވާ ހުކުރު ދުވަހުގެ ރޭ 20:45 އިން 23:00 އޮންލައިން ކޮށް ގެންދާ މި ވެބިނާ ކުރިއަށް ދާނީ އާންމުކޮށް ހުޅުވައިލެވިގެން، އޮންލައިން ކޮންފަރަންސިނގް ޕްލެޓްފޯމް ޒޫމް މެދުވެރިކޮށެވެ.
މިވެބައިނާގައި މަޢުލޫމާތު ދެއްވާނީ ހިރާ ސްކޫލްގެ ބޯޑް މެމްބަރ އަލްއުސްތާޛް މުހައްމަދް އަނީލް އާއި އެމް.އާރް.އީ.އައި.ސީ ގެ ޖެނެރަލް މެނޭޖަރ އަހްމަދް ނަސީމް އެވެ. އުސްތާޛް އަނީލްއަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ ބޭފުޅެކެވެ. އދި އަޙްމަދު ނަސީމް އަކީ ނެޓްވަރކިންގ ގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިވެބައިނާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ތިރީގައި ލިންކް ކުރެވިފައިވާ ފޯމް ފުރުއްވުމުން ރެޖިސްޓްރީ ވެލެއްވޭނެއެވެ. މިއީ ހިލޭ ކުރިއަށް ގެންދާ ވެބިނާއެކެވެ.
ރެޖިސްޓްރޭޝަން ފޯމް