މަހަލްދީބް ފައުންޑޭޝަނުން އަރަބި ކޯސް ލެވެލް 1 އަދި ލެވެލް 2 ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލައިފިއެވެ. މިއީ ޢަރަބި ބަހުގެ ތަޢުލީމު ފޯރުކޮށްދީ ޢަރަބި ބަހުގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމްކުރުމަށް މަގުފަހިކުރުމަށްޓަކައި މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ކުރިޔަށް ގެންދާ ކޯސްތަކެކެވެ. 6 މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ދެކޯހުގައި އަރަބި ބަސް ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާނީ މަދީނާ ޔުނިވާރސިޓީގައި ޢަރަބި ބަސް ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާ ފޮތް ކަމުގައިވާ دروس اللغة العربية އެވެ. މިގޮތުން، މިފަހަރު މި ހުޅުވާލެވިފައިވާ ދެ ކޯހުގެ ތެރެއިން ޢަރަބި ލެވެލް 1 ގައި ބޭނުންކުރާނީ މި ފޮތުގެ ފުރަތަމަ ބަޔެވެ. އަދި މި ކޯހުގެ 2 ވަނަ ލެވެލްގައި ބޭނުންކުރާނީ މި ފޮތުގެ 2 ވަނަ ބަޔެވެ. މިހެންކަމުން، މިކޯސްތަކުގެ ތެރެއިން އަރަބި ކޯހުގެ ލެވެލް 2 ގައި ބައިވެރިވާނަމަ، އަރަބި ބަހުގެ ކޯހެއްގެ ލެވެލް 1 ނިންމާފައިވުން އެއީ ޝަރުތެކެވެ. ސަބަބަކީ ލެވެލް 2 ގައި ކުރިޔަށްދެވޭނީ އަރަބި ބަހުގެ އަސާސީ ބައިތައް އެނގި އަރަބި ބަހުން ކޮންމެވެސް ވަރަކަށް ވާހަކަދައްކަން އިނގޭ އަދި އަރަބި ބަސް ކޮންމެވެސް ވަރަކަށް ފަހުމުވާ ފަރާތްތަކަށް ކަމުގައިވާތީއެވެ.

މި ދެ ކޯސްވެސް ނިންމާ ފަރާތްތަކަށް ކޯހުގައި ބައިވެރިވި ކަމުގެ މަހަލްދީބް ފައުންޑޭޝަންގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. ކޯސް ނަގައިދެއްވަވާނީ ކޯހުގެ ލެވެލް 1 ގެ އިތުރު ބެޗެއްވެސް ކުރިޔަށްގެންދަވާފައިވާ ޝެއިޙް ޢަބްދުﷲ މިފްޒާލްއެވެ.

މި ދެ ކޯހުގެ ތެރެއިން ލެވެލް 1 ގެ ކާލްސް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުދަ ދުވަހުގެ ރެއެވެ. އަދި މި ކޯހުގެ ލެވެލް 2 ގެ ކްލާސް ތައް ކުރިޔަށްދާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި އަންގާރައިގެ ރެއެވެ. 2 ކޯސްވެސް ކުރިޔަށްދާނީ ކްލާސް އޮންނަ ރޭގެ 21:00 – 22:15 އަށެވެ.  އަދި ކޯހުގެ ފީއަކީ ކޮންމެ މަހަކު 200 ރުފިޔާއެވެ. ކޯހުގައި ބައިވެރިވުމަށްޓަކައި ތިރީގައިވާ ލިންކ މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމް ފުރާލެވޭނެއެވެ. އެއަށްފަހު ކޯހުގެ ޖާގަ ޔަޤީންކޮށްލުމަށްޓަކައި ޑިސެންބަރ މަހުގެ ފީ ދައްކާލަންޖެހިލައްވާނެއެވެ.

ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަދި ކޯހަށް ރެޖިސްޓާރ ކޮށްލުމަށް ތިރީގައިވާ ލިންކްއަށް ފިއްތާލައްވާ!

https://forms.gle/fZZV24qQW54rjh9r8

ފޯމު ފުރުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވާނަމަ އަދި ކޯހާއިގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާނަމަ 9850133 އަށް ގުޅުއްވުން އެދެމެވެ.