މަޙަލްދީބް ފައުންޑޭޝަންގެ ތަފްސީރު ލެވެލް 1 ކޯހަށް ރެޖިސްޓާރކުރުމަށް ހުޅުވައިލައިފިއެވެ. މިއީ ޤުރުޢާނުގެ އެކި ސޫރަތްތަކުގެ ތަފްސީރާއި ގުޅޭ މަޢުލޫމާތާއި ޢިލްމު ފޯރުކޮށްދިނުމަށްޓަކާ މަޙަލްދީބް ފައުންޑޭޝަންގެ ފަރާތުން ޢުޙްތުންނަށް ޚާއްޞަކޮށް ކުރިޔަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ޤުރުޢާނުގެ 30 ވަނަ ފޮތުގައިވާ ސޫރަތްތަކުގެ ތެރެއިން ސޫރަތުއް ޟުހާއިން ފެށިގެން ސޫރަތުއް ނާސިގެ ތަފްސީރަށް ބަލާލެވިގެންދާނެއެވެ. އަދި ތަފްސީރު ޢިލްމަކީ ކޮބައިކަން ފަދަ ބައެއް އަސާސީ މަޢުލޫމާތުތަކަށް އަލިއަޅުވާލެވިގެންދާނެއެވެ. މިކޯސް ނިންމާ ފަރާތްތަކަށް ކޯހުގައި ބައިވެރިވި ކަމުގެ މަޙަލްދީބް ފައުންޑޭޝަންގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. ކޯސް ނަގައިދެއްވަވާނީ ކޯހުގެ ލެވެލް 1 ގެ އިތުރު ބެޗެއްވެސް ކުރިޔަށްގެންދަވާފައިވާ  ޝެއިޙް ޢަބްދުﷲ އާމިރުއެވެ.

6 މަހުގެ މުއްދަތަކަށް ކުރިޔަށްދާ މިކޯސްގެ ކްލާސް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހުގެ ރޭ 21:00 އިން 22:30 އަށެވެ. އަދި ކޯހުގެ ފީއަކީ ކޮންމެ މަހަކު 150 ރުފިޔާއެވެ. ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ކޯހުގެ ޖާގަ ޔަޤީންކޮށްލުމަށްޓަކައި އޮކްޓޯބަރ މަހުގެ ފީ ދައްކާލަންޖެހިލައްވާނެއެވެ.

 

ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަދި ކޯހަށް ރެޖިސްޓާރ ކޮށްލުމަށް ތިރީގައިވާ ލިންކްއަށް ފިއްތާލައްވާ!

https://forms.gle/TQnnkAoapT13w7ULA

 

ފޯމު ފުރުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވާނަމަ އަދި ކޯހާއިގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާނަމަ 9850133 އަށް ގުޅުއްވުން އެދެމެވެ.