މަހަލްދީބް ފައުންޑޭޝަންނުން އިސްލާމްދީނުގެ ޢިލްމު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޙަދީޘް ޢިލްމުގެ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން، ޙަދީޘް ކޯހުގެ ލެވެލް 1 ގެ އިތުރުން ޙަދީޘް ކޯހުގެ ލެވެލް 2 ކަށް ރަޖިސްޓާރވުމުގެ ފުރުޞަތު ވަނީ މިހާރު ހުޅުވައިލެވިފައެވެ. މި ކޯސްތަކަކީ އިސްލާމްދީނުގެ އެންމެ މުހިންމު މަސްދަރުތަކުގެ ތެރެއިން އެއް މަސްދަރު ކަމުގައިވާ ކީރިތި ރަސޫލާގެ ޙަދީޘްތަކުގެ މާނަ ޝަރަހަކޮށްދީ ޙަދީޘް ޢިލްމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ކޯސްތަކެކެވެ. މިގޮތުން، މި ކޯހުގެ ލެވެލް 1 ގައި މި ޙަދީޘް ޢިލްމުގެ އަސާސީ ބައިތަކަށް އަލިއަޅުވައިލެވިގެންދާނެއެވެ. އަދި ކޮންމެ ކޯހެއްގައިވެސް ނަބިއްޔާގެ 21 ޙަދީޘްއެއް ޝަރަހަކުރެވިގެންދާނެއެވެ.

މި ދެ ކޯހަކީވެސް 6 މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ ދެ ކޯހެވެ. އަދި ދެ ކޯހުގެ ފީއަކީ ކޮންމެ މަހަކު 150 ރުފިޔާއެވެ. އަދި ދެ ކޯހުގެ ކްލާސްތައްވެސް ކުރިޔަށްދާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރޭ 20:30 – 21:30 އަށެވެ. ކޯހުގެ ލެވެލް 1 ނަގައިދެއްވަވާނީ ކޯހުގެ ލެވެލް 1 ގެ ފުރަތަމަ ބެޗް ކުރިޔަށްގެންދަވާފައިވާ ޝެއިޙް މުހަންމަދު ޝާހިދެވެ. އަދި ކޯހުގެ ލެވެލް 2 ނަންގަވައިދެއްވާނީ ޝެއިހް މުހަންމަދު އާދިލްއެވެ. މި ދެ ކޯސްވެސް ނިންމާ ފަރާތްތަކަށް ކޯހުގައި ބައިވެރިވި ކަމުގެ މަހަލްދީބް ފައުންޑޭޝަންގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

މި ކޯހުގެ އޮރިއެންޓޭޝަނެއް އަދި ކްލާސްތައް ޖެނުއަރީ މަހުގެ ކުރީކޮޅު ފެށުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ހުރިހާ ފަރާތްތައްވެސް ރަޖިސްޓްރޭޝަންގެ ކަންކަން ވީއެންމެ އަވަހަކަށް ނިންމެވުން އެދެމެވެ.

ރެޖިސްޓާރ ކުރުމަށް ތިރީގައިވާ ލިންކްގައިވާ ފޯމު ފުރުއްވުން އެދެމެވެ.

https://forms.gle/rqewn51SiQrF7kRNA

ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ކޯހުގެ ޖާގަ ޔަޤީންކޮށްލުމަށްޓަކައި ޖެނުއަރީ މަހުގެ ފީ ދައްކާލަންޖެހިލައްވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ 9850133 އަށް ގުޅުއްވުން އެދެމެވެ.