About ޢަބްދުﷲ ޔާފިސް

This author has not yet filled in any details.
So far ޢަބްދުﷲ ޔާފިސް has created 9 blog entries.

މަހަލްދީބް ފައުންޑޭޝަންގެ ޙަދީޘް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!

ލިޔުއްވީ: |2022-01-04T08:54:26+05:00January 4th, 2022|ޚަބަރު|

މަހަލްދީބް ފައުންޑޭޝަންނުން އިސްލާމްދީނުގެ ޢިލްމު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޙަދީޘް ޢިލްމުގެ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން، ޙަދީޘް ކޯހުގެ ލެވެލް 1 ގެ އިތުރުން ޙަދީޘް ކޯހުގެ ލެވެލް 2 ކަށް ރަޖިސްޓާރވުމުގެ ފުރުޞަތު ވަނީ މިހާރު ހުޅުވައިލެވިފައެވެ. މި ކޯސްތަކަކީ އިސްލާމްދީނުގެ އެންމެ މުހިންމު މަސްދަރުތަކުގެ ތެރެއިން އެއް މަސްދަރު ކަމުގައިވާ ކީރިތި ރަސޫލާގެ ޙަދީޘްތަކުގެ މާނަ ޝަރަހަކޮށްދީ ޙަދީޘް ޢިލްމަށް މީހުން ...

އަރަބި ކޯސް ލެވެލް 1 އަދި ލެވެލް 2 ކަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވައިލައިފި

ލިޔުއްވީ: |2021-11-29T13:05:15+05:00November 29th, 2021|ޚަބަރު|

މަހަލްދީބް ފައުންޑޭޝަނުން އަރަބި ކޯސް ލެވެލް 1 އަދި ލެވެލް 2 ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލައިފިއެވެ. މިއީ ޢަރަބި ބަހުގެ ތަޢުލީމު ފޯރުކޮށްދީ ޢަރަބި ބަހުގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމްކުރުމަށް މަގުފަހިކުރުމަށްޓަކައި މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ކުރިޔަށް ގެންދާ ކޯސްތަކެކެވެ. 6 މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ދެކޯހުގައި އަރަބި ބަސް ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާނީ މަދީނާ ޔުނިވާރސިޓީގައި ޢަރަބި ބަސް ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާ ފޮތް ކަމުގައިވާ دروس ...

ތަފްސީރު ލެވެލް 1 ކޯސް ފަށަނީ

ލިޔުއްވީ: |2021-09-14T10:28:34+05:00September 14th, 2021|ޚަބަރު|

މަޙަލްދީބް ފައުންޑޭޝަންގެ ތަފްސީރު ލެވެލް 1 ކޯހަށް ރެޖިސްޓާރކުރުމަށް ހުޅުވައިލައިފިއެވެ. މިއީ ޤުރުޢާނުގެ އެކި ސޫރަތްތަކުގެ ތަފްސީރާއި ގުޅޭ މަޢުލޫމާތާއި ޢިލްމު ފޯރުކޮށްދިނުމަށްޓަކާ މަޙަލްދީބް ފައުންޑޭޝަންގެ ފަރާތުން ޢުޙްތުންނަށް ޚާއްޞަކޮށް ކުރިޔަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ޤުރުޢާނުގެ 30 ވަނަ ފޮތުގައިވާ ސޫރަތްތަކުގެ ތެރެއިން ސޫރަތުއް ޟުހާއިން ފެށިގެން ސޫރަތުއް ނާސިގެ ތަފްސީރަށް ބަލާލެވިގެންދާނެއެވެ. އަދި ތަފްސީރު ޢިލްމަކީ ކޮބައިކަން ފަދަ ބައެއް އަސާސީ މަޢުލޫމާތުތަކަށް އަލިއަޅުވާލެވިގެންދާނެއެވެ. މިކޯސް ...

  • A woman holds a Palestinian flag during a protest calling for lifting the Israeli blockade, Gaza, Oct. 19, 2018. (REUTERS Photo)

ފަލަސްތީނުގެ ޤަޟިއްޔާއަށް އަހަރުމެންނަށް ކޮށްދެވޭނީ ކޮންކަމެއް؟

ލިޔުއްވީ: |2021-05-23T14:42:56+05:00May 23rd, 2021|ދީން|

ފަލަސްތީނުގެ ޤަޟިއްޔާއަކީ އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައެވެ. އަދި މިއަދު، އެ މައްސަލައަށް މިވަނީ އިތުރު ސަމާލުކަމެއް ލިބިފައެވެ. އެއީ އިޒްރޭލުން، ފަލަސްތީނުގެ ބިންތައް ފޭރުމަށް ކުރަމުންދާ މަސައްކަތާއި ހެދިއެވެ. އަދި އަޤްޞާ މިސްކިތަށް އަރާ އެ މުޤައްދަސް މިސްކިތުގައި ނަމާދުކުރަމުންދިޔަ މީހުންނަށް އަނިޔާކޮށް ގޯނާކޮށްފައިވާތީއެވެ. ފަލަސްތީނުގެ އުޑުމަތި އިޒްރޭލުގެ ބޮންތަކުން ގުގުމަމުން ދާތީއެވެ. އަދި އެބޮމުގެ ހަމަލާތަކުން އެތައް ...

ރާއްޖޭގެ އެކި ކަންކޮޅުތަކުން 20 ޖަމިއްޔާގެ ބައިވެރިވުމާއެކު ޖަމިއްޔާތަކަށް އިންޓަނެޓު ސޭފްޓީއަށް ޓްރެއިންނިންގ އެއް!

ލިޔުއްވީ: |2020-10-05T18:01:18+05:00October 5th, 2020|ޚަބަރު|

ރައްކާތެރިގޮތުގައި އިންޓަނެޓުގެ ބޭނުން ހިފުމަށް އަހުލުވެރިކުރުމަށްޓަކައި މަހަލްދީބް ފައުންޑޭޝަންއިން ދަނީ ތަފާތު އެކި ހަރަކާތްތައް ރާވާ ހިންގަމުންނެވެ. މިގޮތުން 10 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުގެ ރޭ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްޞަ ޓްރެއިނިންގް ސެޝަނެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޓްރެއިނިންގައި މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 20 ޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިންނިންގްގެ ބައިވެރިންނަށް އިންޓަނެޓު ރައްކާތެރިކޮށް ބޭނުންކުރުމާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމާއި، އިންޓަނެޓު ސޭފްޓީ ...

ރެއިޒް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ލިޔުއްވީ: |2020-10-05T12:02:39+05:00October 4th, 2020|ޚަބަރު|

ރެއިޒް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި! ތަރުބިއްޔަތަށް ޙާއްޞަ ރެއިޒް ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. 2016 ވަނަ އަހަރުން ފެށިގެން މަހަލްދީބް ފައުންޑޭޝަންއިން، ދަރިން ތަރުބިއްޔަތު ކުރުމުގެ އުސްލޫބުތަކަށް ހާއްޞަކޮށްގެން ކުރިޔަށް ގެންދާ ކޯސް މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މި ކޯސް ކުރިޔަށް ގެންދަވާނީ ވޭތުވެދިޔަ އަހަރުތަކުގައި ރެއިޒް ވޯކްޝޮޕް ކުރިޔަށް ގެންގޮސްދެއްވާފައިވާ، އަލްއުސްތާޛް މުހައްމަދު އަނީލެވެ. އުސްތާޛް އަނީލަކީ ދަރިން ތަރުބިއްޔަތު ...

މަހަލްދީބް ފައުންޑޭޝަންގެ ރެއިޒް ވޯކްޝޯޕް އޮންލައިން ކޯހެއްގެ ގޮތުގައި ވަރަށް އަވަހަށް އަންނަނީ

ލިޔުއްވީ: |2020-09-28T15:41:16+05:00September 26th, 2020|ޚަބަރު|

މަހަލްދީބް ފައުންޑޭޝަނުން މިހާތަނަށް ވޯކްޝޮޕެއްގެ ގޮތުގައި ކުރިޔަށްގެންދިޔަ ތަރުބިޔާ ވޯކްޝޮޕް، 'ރެއިޒް' ވަރަށް އަވަހަށް އޮންލައިން ކޯހެއްގެ ގޮތުގައި ފެށުމަށް ދަނީ މަހަލްދީބްގެ ޓީމުން މަސައްކަތްކުރަމުންނެވެ. މިގޮތުން، މި އޮކްޓޯބަރ މަހު މި ކޯހުގެ ރެޖިސްޓްރޭޝަން ހުޅުވާލުމަށްޓަކައިދަނީ މަސައްކަތްކުރެވެމުންނެވެ. 'ރެއިޒް' ވޯކްޝަޕަކީ ދަރިން ތަރިބިއްޔަތު ކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު ޢުސޫލުތަކާއި އުކުޅުތައް ބެލެނިވެރިންނަށް ދަސްކޮށްދިނުމަށްޓަކައި 2016 އިން ފެށިގެން މަހަލްދިބް ފައުންޑޭޝަނުން ކުރިޔަށްގެންދާ ވޯކްޝޮޕެކެވެ. އަދި ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ...

ބެލެނިވެރިންނަށް ޙާއްސަކޮށްގެން އިންޓަނެޓް ސޭފްޓީޢާބެހޭ ވެބިނާރ ބާއްވައިފި

ލިޔުއްވީ: |2020-09-28T15:41:20+05:00September 26th, 2020|ޚަބަރު|

ބެލެނިވެރިންނަށް ޙާއްސަކޮށްގެން މަހަލްދީބް ފައުންޑޭޝަންނުން 25 ސެޕްޓެންބަރވާ ހުކުރުދުވަހުގެ ރޭ އިންޓަނެޓް ސޭފްޓީއާގުޅުންހުރި ވެބިނާރ އެއް ބާއްވައިފިއެވެ. ރޭގަނޑު 9:00 އަކުން 11:30އަށް ކުރިޔަށްދިޔަ މިވެބިނާރ ދުރާގާތުން 500 ވުރެ ގިނަ ބެލުންތެރިން ބަލާފައިވެއެވެ. މި ވެބިނާގައި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރިގޮތުގައި ކަން ކަށަވަރުކުރުމުގެ މުހިންމު ކަމާއި، އިންޓަނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޓަނެޓް މެދުވެރިކޮށް މުޖްރިމުން ހިންގާ ބައެއް ނޭދެވޭ ކަންކަމުގެ މަޢުލޫމާތާއި، ...

މަހަލްދީބް ފައުންޑޭޝަންގެ ބޯޑުގެ ފަރާތުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުއާ ބައްދަލު ކުރައްވައިފި

ލިޔުއްވީ: |2020-07-22T15:01:28+05:00July 22nd, 2020|ޚަބަރު|

މަހަލްދީބް ފައުންޑޭޝަނުގެ ބޯޑުގެ ފަރާތުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އާ ބައްދަލު ކުރައްވައިފިއެވެ. ބުދަ ދުވަހު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި، މިހާރު ޑްރާފްޓް ކުރެވެމުންދާ ޒަކާތުގެ ޤާނޫނާއި ވަޤްފުގެ ޤާނޫނާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މިގޮތުން، މިފަދަ ޤާނޫނެއް، ވީ އެންމެ އަވަހަކަށް ވުޖޫދުވުމުގެ މުހިންމުކަމާއި، ޤާނޫނުގައި ހުންނަން ފެންނަ ކަމަށް މަހަލްދީބް ފައުންޑޭޝަން އިން ހުށައަޅާ ބައެއް ކަންކަމުގެ ޚިޔާލު މިނިސްޓަރ ...