ސާފު ހިތަކާއިގެން ރަމަޟާން މަހާއި ބައްދަލުކުރާށެވެ.

ލިޔުއްވީ: |2023-03-21T14:58:48+05:00March 21st, 2023|އަޚްލާޤު, ދީން|

ސާފު ހިތަކާއިގެން ރަމަޟާން މަހާއި ބައްދަލުކުރާށެވެ.   މާތް ﷲ ގެ ފަޟުލަވަންތަކަމާއި ދީލަތިވަންތަކަމުން އެއިލާހުގެ އަޅުތަކުންނަށް ދަރުމައާއި ޘަވާބުން ފުރިގެންވާ މައްސަރެއް ކަމުގައި ރަމަޟާން މަސް ލެއްވިއެވެ. އިމާންކަން ތަޒާކޮށްލާ ނަފްސުގައި ތަޤުވާވެރިކަން އަށަގަންނުވާ މަދަރުސާއެއް ކަމުގައި ރަމަޟާން މަސް ލެއްވިއެވެ. އެކަމަށްޓަކައި ރޯދަ ފަރުޟު ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ‎﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى ...

ޢަރަފާތް ދުވަހުގެ މާތްކަން

ލިޔުއްވީ: |2022-07-07T18:11:29+05:00July 7th, 2022|އަޅުކަން, ދީން|

الحمد لله رب العالمين والعاقبة للمتقين والصلاة والسلام على رسول الله محمد وعلى آله و أصحابه أجمعين أما بعد، ރޭދުވާ ތަކުރާރުވަމުންދަނީ ހަލުވިކަމާއެކެވެ. ދުވަސްތަކާއި މަސްތައް ފާއިތުވެގެންދަނީ ނުހަނު ހަލުވިކަމާއެކުއެވެ. ދައުރުވާ ކޮންމެ ދުވަހަކީ އިންސާނާގެ ހަޔާތުން ފާއިތުވާ ދުވަހެކެވެ. އެއީ ޢަމަލުތައް ކުރުމަށް ލިބިގެންވާ ދުވަސްތަކެވެ. އެހެންކަމުން ﷲ تعالى އެއިލާހުގެ ދީލަތިވަންތަކަމުން، ހެޔޮކަމާއި ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކާއި މޫސުންތައް ...

  • A woman holds a Palestinian flag during a protest calling for lifting the Israeli blockade, Gaza, Oct. 19, 2018. (REUTERS Photo)

ފަލަސްތީނުގެ ޤަޟިއްޔާއަށް އަހަރުމެންނަށް ކޮށްދެވޭނީ ކޮންކަމެއް؟

ލިޔުއްވީ: |2021-05-23T14:42:56+05:00May 23rd, 2021|ދީން|

ފަލަސްތީނުގެ ޤަޟިއްޔާއަކީ އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައެވެ. އަދި މިއަދު، އެ މައްސަލައަށް މިވަނީ އިތުރު ސަމާލުކަމެއް ލިބިފައެވެ. އެއީ އިޒްރޭލުން، ފަލަސްތީނުގެ ބިންތައް ފޭރުމަށް ކުރަމުންދާ މަސައްކަތާއި ހެދިއެވެ. އަދި އަޤްޞާ މިސްކިތަށް އަރާ އެ މުޤައްދަސް މިސްކިތުގައި ނަމާދުކުރަމުންދިޔަ މީހުންނަށް އަނިޔާކޮށް ގޯނާކޮށްފައިވާތީއެވެ. ފަލަސްތީނުގެ އުޑުމަތި އިޒްރޭލުގެ ބޮންތަކުން ގުގުމަމުން ދާތީއެވެ. އަދި އެބޮމުގެ ހަމަލާތަކުން އެތައް ...

ރޯދައަށް ނިޔަތްގަތުން އަދި ރޯދަހިފުން ވާޖިބުވެގެންވާ މީހުން

ލިޔުއްވީ: |2021-04-12T15:09:46+05:00April 12th, 2021|އަޅުކަން, ފިޤުހު, ދީން|

ރޯދައަށް ނިޔަތްގަތުން ނިޔަތަކީ ކޮންމެ ޢަމަލެއްވެސް ޞައްޚަވުމުގެ ޝަރުތެކެވެ. ރަމަޟާން މަހުގެ ރޯދަ އަށް ރޭގަނޑު ނިޔަތްގަތުން ލާޒިމުވެގެންވެއެވެ. ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ: مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الفَجْرِ فَلَا صِيَامَ لَهُ[1] މާނައީ: ފަޖުރުގެ ކުރިން ރޯދައަށް ނިޔަތް ނުގަނެފި މީހާއަށް ރޯދައެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވެފައިވެއެވެ: މާދަމާ އަކީ ރަމަޟާން މަސް ކަން އެނގި އަދި ...

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން

ލިޔުއްވީ: |2021-04-11T15:59:47+05:00April 11th, 2021|އަޅުކަން, ފިޤުހު, ދީން|

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން   ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުންވަނީ ދެގޮތަކަށެވެ: ރަމަޟާންމަހުގެ ހުޅެވި ހަނދު ފެނުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا رأيتُم الهلالَ فصوموا ، و إذا رأيتُموه فأفطروا ، فإن غُمَّ عليكم فاقدروا له[1] މާނައީ: ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށްލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ ...

ރަމަޟާން މަހުގެ މާތްކަން

ލިޔުއްވީ: |2021-04-09T23:25:22+05:00April 9th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު, ދީން|

ރަމަޟާން މަހުގެ މާތްކަން މި މާތް މައްސަރަށް ގިނަގުނަވެގެންވާ މަތިވެރިކަމާއި އަދި އެހެން މަސްތަކާއި ތަފާތު މާތްކަން ލިބިގެންވެއެވެ. އޭގެ ތެރޭގައި: މި މަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ.... ﴿١٨٥﴾ رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އެއީ މި މަހުގައި ހެޔޮ ޢަމަލުތައް އިތުރުވުމުގެ ސަބަބުންނެވެ. ...

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން

ލިޔުއްވީ: |2021-04-07T13:22:39+05:00April 7th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު|

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން ރޯދައިގެ މާނަ: ރޯދައަކީ، މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ފަޖުރުއްޞޯދިގުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިޖައުމަށް ދާނދެން ރޯދަ ގެއްލޭ އެންމެހާއި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.   ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަން: ރޯދައަކީ އިސްލާމްކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި އޭގެ ވަގުތާއި ކައިފިއްޔަތުގައި ތަފާތު ތަކެއް ހުރިނަމަވެސް ރޯދަ އަކީ އެންމެހާ އުއްމަތްތަކެއްގެ މައްޗަށް ...

  • Photo by T Foz on Unsplash

އިސްލާމީ ޤާނޫނީ ނިޒާމު ނުވަތަ ޝަރީޢަތުގެ ޞަލާޙިއްޔަތު

ލިޔުއްވީ: |2020-12-23T19:58:26+05:00December 23rd, 2020|ދީން|

އިސްލާމީ ޝަރީޢަތަކީ ހުރިހާ ތަނަކަށާއި ޒަމާނަކަށް ޞާލިޙު ޝަރީޢަތެކެވެ. ޝަރީޢަތް ބާވައިލެއްވުމަށްފަހު ހިނގަމުން މިދާ ޒަމާނާއި އަންނާން އޮތް ޒަމާނަށްވެސް ފުރިހަމައަށް ތަޠުބީޤުކުރެވޭނެ ޝަރީޢަތެކެވެ. އެފްރިކާގެ ސަހަރާގެ ބާދިޔާގައި އާއި ބުރާޒިލުގެ އެމޭޒަން ޖަންގަލި ތަކުގެ އެތެރޭގައި ދިރިއުޅޭ އެންމެހައި އިންސާނުންނާއި ތަރައްޤީއާއި ތަމައްދުނުވެފައިވާ ޢުމްރާނީ ވަސީލަތްތަކުގެ ދަށުން އާ އުސްމިންތަކުގައި ދުނިޔޭގެ އެންމެ އުސް ޢިމާރާތުގައި ދިރިއުޅޭ އެންމެހައި ފަރުދުންގެ މައްޗަށްވެސް ތަޠުބީޤުކުރެވޭ ފުރިހަމަ ޝަރީޢަތެކެވެ. އިރާއި ތަރިން ...

ހިތާމަނުކުރާށެވެ (35) : ހެވާއި ނުބައި ގެނެސްދެމުން ދުވަސްތައް ދައުރުވަމުން ދެއެވެ.

ލިޔުއްވީ: |2020-11-07T20:34:55+05:00November 7th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ބަޤީ އިބްނު މުޚާލިދު އާލާސްކަންފުޅާ އުޅުއްވަނިކޮށް އިމާމު އަޙްމަދުގެފާނު އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މިފަދައިން ދެންނެވިއެވެ. "އޭ ބަޤީ އެވެ. މާތް ﷲ ގެ ޖަޒާ އާމެދު އުފާކުރާ ށެވެ. ދުޅަހެޔޮ ކަންމަތީ ތިބޭ ދުވަސްތަކުގައި ބަލިމަޑުކަމެއް ނުވެއެވެ. އަދި ބަލިމަޑު ކަމާއި ކުރިމަތިލާން ޖެހޭ ދުވަސްތަކުގައި ދުޅަހެޔޮ ކަމެއް ނުވެއެވެ." މީގެ މާނައަކީ،  ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ދުވަސްތަކުގައި، ބަލިމަޑުކަމާމެދު އެއްވެސް މީހަކު ފިކުރެއް ނުކުރެއެވެ. ...

ހިތާމަނުކުރާށެވެ (34) : ހަތަރު ކަމަކުން ދުރުހެލިވާށެވެ.

ލިޔުއްވީ: |2020-11-04T20:56:08+05:00November 4th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

  އަންނަނިވި ކަންކަމަކީ އެކަންކަމުގެ ސަބަބުން އުފާވެރިކަމާއި ހަމަޖެހުން ގެއްލިގެންދާ ކަންކަމެވެ. ވީމާ، އެކަންކަމުން ދުރުހެލިވެ، އެއްކިބާ ވާށެވެ. ޝަކުވާ ކުރުމާއި މާތް ﷲ ގެ މިންވަރުފުޅާމެދު ހިތްހަމަނުޖެހި ރުޅިއައުން. ފާފަކުރުން، އަދި ފާފަކުރުމަށްފަހު ތަޢުބާ ނުވުން. أَوَلَمَّا أَصَابَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٦٥﴾ ...

Load More Posts