ޢަރަފާތް ދުވަހުގެ މާތްކަން

ލިޔުއްވީ: |2022-07-07T18:11:29+05:00July 7th, 2022|އަޅުކަން, ދީން|

الحمد لله رب العالمين والعاقبة للمتقين والصلاة والسلام على رسول الله محمد وعلى آله و أصحابه أجمعين أما بعد، ރޭދުވާ ތަކުރާރުވަމުންދަނީ ހަލުވިކަމާއެކެވެ. ދުވަސްތަކާއި މަސްތައް ފާއިތުވެގެންދަނީ ނުހަނު ހަލުވިކަމާއެކުއެވެ. ދައުރުވާ ކޮންމެ ދުވަހަކީ އިންސާނާގެ ހަޔާތުން ފާއިތުވާ ދުވަހެކެވެ. އެއީ ޢަމަލުތައް ކުރުމަށް ލިބިގެންވާ ދުވަސްތަކެވެ. އެހެންކަމުން ﷲ تعالى އެއިލާހުގެ ދީލަތިވަންތަކަމުން، ހެޔޮކަމާއި ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކާއި މޫސުންތައް ...

ރޯދައަށް ނިޔަތްގަތުން އަދި ރޯދަހިފުން ވާޖިބުވެގެންވާ މީހުން

ލިޔުއްވީ: |2021-04-12T15:09:46+05:00April 12th, 2021|އަޅުކަން, ފިޤުހު, ދީން|

ރޯދައަށް ނިޔަތްގަތުން ނިޔަތަކީ ކޮންމެ ޢަމަލެއްވެސް ޞައްޚަވުމުގެ ޝަރުތެކެވެ. ރަމަޟާން މަހުގެ ރޯދަ އަށް ރޭގަނޑު ނިޔަތްގަތުން ލާޒިމުވެގެންވެއެވެ. ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ: مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الفَجْرِ فَلَا صِيَامَ لَهُ[1] މާނައީ: ފަޖުރުގެ ކުރިން ރޯދައަށް ނިޔަތް ނުގަނެފި މީހާއަށް ރޯދައެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވެފައިވެއެވެ: މާދަމާ އަކީ ރަމަޟާން މަސް ކަން އެނގި އަދި ...

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން

ލިޔުއްވީ: |2021-04-11T15:59:47+05:00April 11th, 2021|އަޅުކަން, ފިޤުހު, ދީން|

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން   ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުންވަނީ ދެގޮތަކަށެވެ: ރަމަޟާންމަހުގެ ހުޅެވި ހަނދު ފެނުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا رأيتُم الهلالَ فصوموا ، و إذا رأيتُموه فأفطروا ، فإن غُمَّ عليكم فاقدروا له[1] މާނައީ: ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށްލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ ...

ރަމަޟާން މަހުގެ މާތްކަން

ލިޔުއްވީ: |2021-04-09T23:25:22+05:00April 9th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު, ދީން|

ރަމަޟާން މަހުގެ މާތްކަން މި މާތް މައްސަރަށް ގިނަގުނަވެގެންވާ މަތިވެރިކަމާއި އަދި އެހެން މަސްތަކާއި ތަފާތު މާތްކަން ލިބިގެންވެއެވެ. އޭގެ ތެރޭގައި: މި މަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ.... ﴿١٨٥﴾ رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އެއީ މި މަހުގައި ހެޔޮ ޢަމަލުތައް އިތުރުވުމުގެ ސަބަބުންނެވެ. ...

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން

ލިޔުއްވީ: |2021-04-07T13:22:39+05:00April 7th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު|

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން ރޯދައިގެ މާނަ: ރޯދައަކީ، މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ފަޖުރުއްޞޯދިގުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިޖައުމަށް ދާނދެން ރޯދަ ގެއްލޭ އެންމެހާއި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.   ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަން: ރޯދައަކީ އިސްލާމްކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި އޭގެ ވަގުތާއި ކައިފިއްޔަތުގައި ތަފާތު ތަކެއް ހުރިނަމަވެސް ރޯދަ އަކީ އެންމެހާ އުއްމަތްތަކެއްގެ މައްޗަށް ...

ހިތާމަނުކުރާށެވެ (27) : މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.

ލިޔުއްވީ: |2020-09-19T18:15:09+05:00September 19th, 2020|އަޚްލާޤު, އަޅުކަން, ދީން|

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا[1] އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. ތިބާގެ ދީނާއި ޟަމީރު އިރުޝާދު ދެނީ ، އިންތައް ފަހަނައަޅައި ނުގޮސް، ތިބާއަކީ، މެދުމިން މީހެއްކަމުގައި ވުމަށެވެ. އުފާވެރިކަމަށް އެދޭ މީހާ އަކީ، ރުޅި އަންނަ އައުމުގައިވެސް، ދެރަވާ ދެރަވުމުގައިވެސް، އަދި އުފަލުގައިވެސް މެދުމިނެއްގައި ހުންނަ މީހާއެވެ. އެހެންމީހުންނާއި ކުރާ މުޢާމަލާތްތަކުގައި، އަހަރެމެން ހައްދުފަހަނަ އަޅައި ...

އާޝޫރާ ދުވަސް ހޮނިހިރު ދުވަހާއި ދިމާވުމުން ރޯދަ ހިފޭނެތަ؟

ލިޔުއްވީ: |2020-08-28T17:28:18+05:00August 28th, 2020|އަޅުކަން, ފިޤުހު, ދީން|

ހޮނިހިރު ދުވަހު ޚާއްޞަކޮށް ހަމައެކަނި އެދުވަހުގައި ސަބަބެއް ނުވާ ރޯދަހިފުން އެއީ ނަހީކުރެއްވިގެން ވާކަމެއް ކަމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްގައިވެއެވެ. މިފަދަ ނަހީއެއް ވާރިދުފައި ވާއިރު ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވާ ހިނދު ހޮނިހިރު ދުވަހުގައި އެ ރޯދަ ހިފުން ހުއްދަވާނެ ތޯ ކުރެވޭ ބަހުސްގެ ޚުލާޞާ ތިރީގައި މިވަނީއެވެ.   ހޮނިހިރު ދުވަހުގެ ރޯދަ ހިފުން ނަހީކުރެއްވި ޙަދީޘް: ...

ޢާޝޫރާ ދުވަސް

ލިޔުއްވީ: |2020-08-27T21:07:22+05:00August 27th, 2020|އަޅުކަން, ފިޤުހު, ދީން|

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބައެއް ވަގުތުތައް އަނެއްބައި ވަގުތުތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އަދި އެއްބައި ޢަމަލުތައް އަނެއްބައި ޢަމަލުތަކެއްގެ މައްޗަށް މާތް ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ޒިކުރާ އަޅުގަނޑުމެންނަށް އާކޮށްދެމުން އަޅުގަނޑުމެންނާއި ބައްދަލު ކޮށްފައި މިވަނީ ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހެވެ. މުޙައްރަމް މަހަކީ ހުރުމަތްތެރި ކުރެވިގެންވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެމަހުގައި  ސުންނަތް ...

މަޙަލްދީބް ފައުންޑޭޝަން އިން ޤުރްއާން ތިލާވަތު ކޯހެއް ފައްޓަނީ

ލިޔުއްވީ: |2020-08-19T22:56:03+05:00August 19th, 2020|ޚަބަރު, އަޅުކަން, ދީން|

މަޙަލްދީބް ފައުންޑޭޝަން އިން ވަރަށް ހާއްސަ ޤުރުއާން ތިލާވަތު ކޯހެއް އުމުރުން 14 އަހަރުން މަތީގެ ބޭފުޅުންނަށް ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައިއެވެ. ހަފްތާއަކު ތިންދުވަހައް ބަހާލައިގެން އޮންލައިންކޮށް، ރޭނގަޑު 9:00 އިން 10:15 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިތިލާވަތު ކޯސްތައް ނަންގަވައިދެއްވާނީ އުސްތާޒް އަޙްމަދު ރިޔާޒު (ފުރްޤާން ރިޔާޒު) އެވެ.   މަހަކު އެންމެ -/500 ރުފިޔާ ދައްކައިގެން މިކިލާހުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ. މިކޯހުގައި ބައިވެރިވުމުގެ ...

ހެޔޮކަމުގެ ކަންޒު-2: ދުވާލު ޙައްޖަކާއި އުމުރާއެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-18T20:46:25+05:00August 18th, 2020|އަޅުކަން, ދީން|

އިސްލާމްދީނުގެ މަތިވެރި ކަމާއި ދަރުމައިގެ ތެރޭއިން މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފަސޭހައިން ކުރެވޭ މީޒާނުގައި ބަރުދަން ބޮޑު ހެޔޮ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށް އިރުއަރަންދެން ޒިކުރު ކުރުން މަތީ ދެމިހުރެ އެއަށްފަހު ދެ ރަކުއަތް ނަމާދެއް ކުރުމުން ޙައްޖަކާއި ޢުމްރާއެއްގެ ދަރުމަ އާއި ސަވާބު ލިބިގެން ދިޔުމެވެ. މިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅެއްގައި ވެއެވެ. أَنَسُ بْنُ مَالِك رَضِيَ اللهُ عَنْهُ ކިބައިން ރިވާވެގެންވެއެވެ. ...

Load More Posts