ރަމަޟާން މަހުގެ މާތްކަން

ލިޔުއްވީ: |2021-04-09T23:25:22+05:00April 9th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު, ދީން|

ރަމަޟާން މަހުގެ މާތްކަން މި މާތް މައްސަރަށް ގިނަގުނަވެގެންވާ މަތިވެރިކަމާއި އަދި އެހެން މަސްތަކާއި ތަފާތު މާތްކަން ލިބިގެންވެއެވެ. އޭގެ ތެރޭގައި: މި މަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ.... ﴿١٨٥﴾ رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އެއީ މި މަހުގައި ހެޔޮ ޢަމަލުތައް އިތުރުވުމުގެ ސަބަބުންނެވެ. ...

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން

ލިޔުއްވީ: |2021-04-07T13:22:39+05:00April 7th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު|

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން ރޯދައިގެ މާނަ: ރޯދައަކީ، މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ފަޖުރުއްޞޯދިގުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިޖައުމަށް ދާނދެން ރޯދަ ގެއްލޭ އެންމެހާއި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.   ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަން: ރޯދައަކީ އިސްލާމްކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި އޭގެ ވަގުތާއި ކައިފިއްޔަތުގައި ތަފާތު ތަކެއް ހުރިނަމަވެސް ރޯދަ އަކީ އެންމެހާ އުއްމަތްތަކެއްގެ މައްޗަށް ...

ހިތާމަނުކުރާށެވެ (32): ފާފަކުރުމުގެ ނުބައި ނަތީޖާ

ލިޔުއްވީ: |2020-10-31T20:59:04+05:00October 28th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

  ފާފަކުރާ މީހާ އާއި މާތް ﷲ އާ ދެމެދު ފަރުދާ އެއް މެދުވެރިވުން. كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. (سورة المطففين)   ފާފަކުރުމުގައި ދެމިހުރެއްޖެނަމަ، ނާއުއްމީދުވުން.   ފާފަކުރާ މީހާ ފިކުރުބޮޑުވުމާއި، ކަންބޮޑުވާއި ހާސްކަމެއްގެ ތެރޭގައި އުޅެން ޖެހުން. لَا يَزَالُ بُنْيَانُهُمُ الَّذِي ...

ހިތާމަނުކުރާށެވެ (29) : ޢިލްމުގެ ނިޢުމަތް

ލިޔުއްވީ: |2020-09-26T21:36:05+05:00September 26th, 2020|އެހެނިިހެން|

  މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ اللَّـهِ عَلَيْكَ عَظِيمًا އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ. (سورة النساء 113 ) ޖާލިކަމުގެ ސަބަބުން، މީހާ އޭނާގެ އަމިއްލަ ނަފްސާއި ޟަމީރު ޤަތުލު ކުރެއެވެ. ...

ޢީދު ދުވަސް ހުކުރު ދުވަހަކާއި ބައްދަލުވުން

ލިޔުއްވީ: |2020-07-31T11:41:06+05:00July 31st, 2020|އެހެނިިހެން|

ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެނަމަ ކަންތައް ކުރާނެ ގޮތާއި ބެހޭ ގޮތުން ފިޤުހު ޢިލްމުވެރިން ބަހުސް ކުރައްވާ ތަފްސީލު ބަޔާން ކުރައްވާފައި ވެއެވެ. އެގޮތުން ޢީދު ދުވަސް ހުކުރު ދުވަހަކާއި ދިމާވެ ޢީދު ނަމާދު ޖަމާޢަތުގައި ކޮށްފި މީހާގެމައްޗަށް ހުކުރު ނަމާދު ވާޖިބުވާނެތޯ ކުރެވޭ ބަހުސްގައި ޢިލްމުވެރިންގެ މެދުގައި ރައުޔުތަފާތުވެފައި ވެއެވެ. އެގޮތުން މައިގަނޑު ދެ ރައުޔަކަށް ޢިލްމުވެރިން ވާހަކަފުޅު ދައްކަވާފައި ވެއެވެ. ފުރަތަމަ ރައުޔު: ޢީދު ނަމާދު ...

ބިސްމިންކިޔުން(4): ދަޢުވަތު ކާޑާއި ސިޓީތަކުގައި ބިސްމި ލިޔުން

ލިޔުއްވީ: |2020-07-17T16:19:11+05:00July 17th, 2020|އެހެނިިހެން, ފިޤުހު, ދީން|

ދަޢުވަތު ކާޑާއި ސިޓީތަކުގައި ބިސްމި ލިޔުމުގެ ޙުކުމް ދަޢްވަތު ކާޑުތަކުގައްޔާއި ސިޓީތައް ފެށުމުގައި ބިސްމި ލިޔުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ، ރަސޫލު الله ﷺ މީސްތަކުންނަށް ފޮނުއްވާ ސިޓީތައް ފައްޓަވާފައިވަނީ ބިސްމިނުންނެވެ. އެހެންކަމުން، ކާޑުތަކާއި ސިޓީތައް ފަށަންވާނީ ބިސްމީގެ ބަރަކާތުންނެވެ. ބިސްމި ލިޔެފައިވާ ލިޔުންތަކާއި މެދު ޢަމަލުކުރާނީ ކިހިނެތް؟ ބިސްމި ނުވަތަ އެނޫންވެސް ޤުރްއާނުގެ އާޔަތެއް ލިޔެވިފައިވާ ކާޑެއް ނުވަތަ ސިޓީ އެއް ނުވަތަ ގަނޑެއް ލިބިއްޖެ މީހަކު ...

ހިތާމަނުކުރާށެވެ! (11) : ޤަޟާ ޤަދަރު

ލިޔުއްވީ: |2020-07-08T21:35:06+05:00July 8th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

ޤަޟާ ޤަދަރު ﴿ مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴾[1] މާނައީ: އެއްވެސް މުޞީބާތެއް، ތިމަންރަސްކަލާނގެ އެ މުޞީބާތެއް  ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: ލައުޙުލް މަޙްފޫޡްގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވިޔަސް އައިސް ނުޖެހެއެވެ. ގަލަމުގެ ...

ހިތާމަނުކުރާށެވެ! (10): ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.

ލިޔުއްވީ: |2020-07-04T20:25:39+05:00July 4th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ﴿إِنَّ مَعَ الْعُسْرِ يُسْرًا ﴾[1] މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ބަނޑުހައި ހޫނުކަމަށްފަހު ވަނީ ކެއުމެވެ. ކަރުހިއްކުމަށްފަހު ވަނީ ބުއިމެވެ. ވަރުބަލިކަމަށްފަހު ވަނީ ނިދުމެވެ އަދި ބަލިވުމަށްފަހު ދުޅަހެޔޮކަން ލިބެއެވެ. މަގު ގެއްލިފައިވާ މީހުންނަށް އެމީހުންގެ މަގު ފެންނާނެއެވެ. އުދަނގޫކަމުގައިވާ މީހުންނަށް ފަސޭހަކަން ލިބޭނެއެވެ. އަދި ރޭގަނޑު ވުމަށްފަހު ދުވާލު އަންނާނެއެވެ. ﴿فَعَسَى اللَّـهُ أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ﴾[2] ...

ބިސްމިންކިޔުން(3): ކާން ފެށުމުގެ ކުރިން ބިސްމި ކިޔުން

ލިޔުއްވީ: |2020-06-23T21:50:53+05:00June 23rd, 2020|އެހެނިިހެން|

ކާން ފެށުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވަނީ بِسْمِ اللَّه އެވެ. أُمُّ الْمُؤْمِنِيْنَ عَائِشَةرَضِيَ اللهُ عَنْهَا   ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު الله ﷺ ޙަދީޘްކުރެއްވިއެވެ. (( إِذَا أَكَلَ أَحَدكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّه , فَإِنْ نَسِيَ فِي أَوَّله فَلْيَقُلْ : بِسْمِ اللَّه فِي أَوَّله وَآخِره)) رواه الترمذي وصححه الشيخ الألباني މާނައަކީ: "ތިޔަބައިމީހުން ކާން ...

ހިތާމަނުކުރާށެވެ! (7) : އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ލިޔުއްވީ: |2020-06-21T15:15:07+05:00June 20th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ޞަދަޤާތަކުން އެންމެ ފުރަތަމަ ފައިދާ އެއް ކުރާނީ އެ ޞަދަޤާތް ދިން މީހާއަށެވެ. އެއީ އޭނާ ގެ އަމިއްލަ ނަފްސަށާއި އޭނާގެ ޢަމަލުތަކަށް އަންނަ ބަދަލުތައް ފެނި އޭނާ އަށް ލިބޭ ހަމަޖެހުމުގެ ސަބަބުންނެވެ. އަދި އަނެކާގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުން ފެނި، ލިބޭ ހިތް ހަމަޖެހުމުގެ ސަބަބުންނެވެ. ތިބާ އަށް އުނދަގުލެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެހެން ...

Load More Posts