ރޯދައަށް ނިޔަތްގަތުން އަދި ރޯދަހިފުން ވާޖިބުވެގެންވާ މީހުން

ލިޔުއްވީ: |2021-04-12T15:09:46+05:00April 12th, 2021|އަޅުކަން, ފިޤުހު, ދީން|

ރޯދައަށް ނިޔަތްގަތުން ނިޔަތަކީ ކޮންމެ ޢަމަލެއްވެސް ޞައްޚަވުމުގެ ޝަރުތެކެވެ. ރަމަޟާން މަހުގެ ރޯދަ އަށް ރޭގަނޑު ނިޔަތްގަތުން ލާޒިމުވެގެންވެއެވެ. ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ: مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الفَجْرِ فَلَا صِيَامَ لَهُ[1] މާނައީ: ފަޖުރުގެ ކުރިން ރޯދައަށް ނިޔަތް ނުގަނެފި މީހާއަށް ރޯދައެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވެފައިވެއެވެ: މާދަމާ އަކީ ރަމަޟާން މަސް ކަން އެނގި އަދި ...

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން

ލިޔުއްވީ: |2021-04-11T15:59:47+05:00April 11th, 2021|އަޅުކަން, ފިޤުހު, ދީން|

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން   ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުންވަނީ ދެގޮތަކަށެވެ: ރަމަޟާންމަހުގެ ހުޅެވި ހަނދު ފެނުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا رأيتُم الهلالَ فصوموا ، و إذا رأيتُموه فأفطروا ، فإن غُمَّ عليكم فاقدروا له[1] މާނައީ: ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށްލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ ...

ރަމަޟާން މަހުގެ މާތްކަން

ލިޔުއްވީ: |2021-04-09T23:25:22+05:00April 9th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު, ދީން|

ރަމަޟާން މަހުގެ މާތްކަން މި މާތް މައްސަރަށް ގިނަގުނަވެގެންވާ މަތިވެރިކަމާއި އަދި އެހެން މަސްތަކާއި ތަފާތު މާތްކަން ލިބިގެންވެއެވެ. އޭގެ ތެރޭގައި: މި މަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ.... ﴿١٨٥﴾ رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އެއީ މި މަހުގައި ހެޔޮ ޢަމަލުތައް އިތުރުވުމުގެ ސަބަބުންނެވެ. ...

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން

ލިޔުއްވީ: |2021-04-07T13:22:39+05:00April 7th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު|

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން ރޯދައިގެ މާނަ: ރޯދައަކީ، މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ފަޖުރުއްޞޯދިގުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިޖައުމަށް ދާނދެން ރޯދަ ގެއްލޭ އެންމެހާއި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.   ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަން: ރޯދައަކީ އިސްލާމްކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި އޭގެ ވަގުތާއި ކައިފިއްޔަތުގައި ތަފާތު ތަކެއް ހުރިނަމަވެސް ރޯދަ އަކީ އެންމެހާ އުއްމަތްތަކެއްގެ މައްޗަށް ...

އާޝޫރާ ދުވަސް ހޮނިހިރު ދުވަހާއި ދިމާވުމުން ރޯދަ ހިފޭނެތަ؟

ލިޔުއްވީ: |2020-08-28T17:28:18+05:00August 28th, 2020|އަޅުކަން, ފިޤުހު, ދީން|

ހޮނިހިރު ދުވަހު ޚާއްޞަކޮށް ހަމައެކަނި އެދުވަހުގައި ސަބަބެއް ނުވާ ރޯދަހިފުން އެއީ ނަހީކުރެއްވިގެން ވާކަމެއް ކަމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްގައިވެއެވެ. މިފަދަ ނަހީއެއް ވާރިދުފައި ވާއިރު ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވާ ހިނދު ހޮނިހިރު ދުވަހުގައި އެ ރޯދަ ހިފުން ހުއްދަވާނެ ތޯ ކުރެވޭ ބަހުސްގެ ޚުލާޞާ ތިރީގައި މިވަނީއެވެ.   ހޮނިހިރު ދުވަހުގެ ރޯދަ ހިފުން ނަހީކުރެއްވި ޙަދީޘް: ...

ޢާޝޫރާ ދުވަސް

ލިޔުއްވީ: |2020-08-27T21:07:22+05:00August 27th, 2020|އަޅުކަން, ފިޤުހު, ދީން|

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބައެއް ވަގުތުތައް އަނެއްބައި ވަގުތުތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އަދި އެއްބައި ޢަމަލުތައް އަނެއްބައި ޢަމަލުތަކެއްގެ މައްޗަށް މާތް ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ޒިކުރާ އަޅުގަނޑުމެންނަށް އާކޮށްދެމުން އަޅުގަނޑުމެންނާއި ބައްދަލު ކޮށްފައި މިވަނީ ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހެވެ. މުޙައްރަމް މަހަކީ ހުރުމަތްތެރި ކުރެވިގެންވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެމަހުގައި  ސުންނަތް ...

ބިސްމިންކިޔުން (6): ކަތިލާއިރު ބިސްމި ކިޔުން

ލިޔުއްވީ: |2020-08-12T18:33:18+05:00August 11th, 2020|އަޅުކަން, ފިޤުހު, ދީން|

ކަތިލާއިރު ގައި ބިސްމި ކިޔުމުގެ މައްސަލާގައި ޢިލްމުވެރިން ތިންރައުޔަށް ބެހިގެންވެއެވެ. ފުރަތަމައީ: ކަތިލާއިރު ބިސްމިން ކިޔުމީ އެދެވިގެންވާ ކަމެކެވެ. މިއީ އިމާމް ޝާފިޢީرَحِمَهُ الله ގެ ރައުޔެވެ. ދެވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ކަތިލެވޭ އެތި ޙަލާލު ވުމުގެ ޝަރްޠެކެވެ. ހަނދާންނެތިގެން ބިސްމި ނުކިޔާ ދޫކޮށްލެވުނު ނަމަވެސް ޞައްޙަވާނެއެވެ. މިއީ ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. ތިންވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ޝަރްޠެކެވެ. އެއްވެސް ...

ބިސްމިން ކިޔުން (5): ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުން

ލިޔުއްވީ: |2020-08-07T20:53:10+05:00August 7th, 2020|ފިޤުހު, ދީން|

ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެތޯ ނުވަތަ ނޫންތޯ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ. އިމާމް އަޙްމަދުرَحِمَهُ اللهُ ގެ ރައުޔަކީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބު ކަމެއް ކަމަށެވެ. ދަލީލަކީ ރަސޫލު الله ﷺ ގެ ޙަދީޘް ބަސްފުޅެވެ.   (( لا وُضُوءَ لِمَنْ لَمْ يَذْكُرْ اسْمَ اللَّهِ عَلَيْهِ)) رَوَاهُ التِّرْمِذِي وَحَسَّنهُ الْأَلْبَانِي މާނައަކީ: " ...

ބިސްމިންކިޔުން(4): ދަޢުވަތު ކާޑާއި ސިޓީތަކުގައި ބިސްމި ލިޔުން

ލިޔުއްވީ: |2020-07-17T16:19:11+05:00July 17th, 2020|އެހެނިިހެން, ފިޤުހު, ދީން|

ދަޢުވަތު ކާޑާއި ސިޓީތަކުގައި ބިސްމި ލިޔުމުގެ ޙުކުމް ދަޢްވަތު ކާޑުތަކުގައްޔާއި ސިޓީތައް ފެށުމުގައި ބިސްމި ލިޔުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ، ރަސޫލު الله ﷺ މީސްތަކުންނަށް ފޮނުއްވާ ސިޓީތައް ފައްޓަވާފައިވަނީ ބިސްމިނުންނެވެ. އެހެންކަމުން، ކާޑުތަކާއި ސިޓީތައް ފަށަންވާނީ ބިސްމީގެ ބަރަކާތުންނެވެ. ބިސްމި ލިޔެފައިވާ ލިޔުންތަކާއި މެދު ޢަމަލުކުރާނީ ކިހިނެތް؟ ބިސްމި ނުވަތަ އެނޫންވެސް ޤުރްއާނުގެ އާޔަތެއް ލިޔެވިފައިވާ ކާޑެއް ނުވަތަ ސިޓީ އެއް ނުވަތަ ގަނޑެއް ލިބިއްޖެ މީހަކު ...

Load More Posts