About އައްޝައިޚް މުޙައްމަދު ޝިފާން

This author has not yet filled in any details.
So far އައްޝައިޚް މުޙައްމަދު ޝިފާން has created 17 blog entries.

ސާފު ހިތަކާއިގެން ރަމަޟާން މަހާއި ބައްދަލުކުރާށެވެ.

ލިޔުއްވީ: |2023-03-21T14:58:48+05:00March 21st, 2023|އަޚްލާޤު, ދީން|

ސާފު ހިތަކާއިގެން ރަމަޟާން މަހާއި ބައްދަލުކުރާށެވެ.   މާތް ﷲ ގެ ފަޟުލަވަންތަކަމާއި ދީލަތިވަންތަކަމުން އެއިލާހުގެ އަޅުތަކުންނަށް ދަރުމައާއި ޘަވާބުން ފުރިގެންވާ މައްސަރެއް ކަމުގައި ރަމަޟާން މަސް ލެއްވިއެވެ. އިމާންކަން ތަޒާކޮށްލާ ނަފްސުގައި ތަޤުވާވެރިކަން އަށަގަންނުވާ މަދަރުސާއެއް ކަމުގައި ރަމަޟާން މަސް ލެއްވިއެވެ. އެކަމަށްޓަކައި ރޯދަ ފަރުޟު ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ‎﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى ...

ޢަރަފާތް ދުވަހުގެ މާތްކަން

ލިޔުއްވީ: |2022-07-07T18:11:29+05:00July 7th, 2022|އަޅުކަން, ދީން|

الحمد لله رب العالمين والعاقبة للمتقين والصلاة والسلام على رسول الله محمد وعلى آله و أصحابه أجمعين أما بعد، ރޭދުވާ ތަކުރާރުވަމުންދަނީ ހަލުވިކަމާއެކެވެ. ދުވަސްތަކާއި މަސްތައް ފާއިތުވެގެންދަނީ ނުހަނު ހަލުވިކަމާއެކުއެވެ. ދައުރުވާ ކޮންމެ ދުވަހަކީ އިންސާނާގެ ހަޔާތުން ފާއިތުވާ ދުވަހެކެވެ. އެއީ ޢަމަލުތައް ކުރުމަށް ލިބިގެންވާ ދުވަސްތަކެވެ. އެހެންކަމުން ﷲ تعالى އެއިލާހުގެ ދީލަތިވަންތަކަމުން، ހެޔޮކަމާއި ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކާއި މޫސުންތައް ...

ރޯދައަށް ނިޔަތްގަތުން އަދި ރޯދަހިފުން ވާޖިބުވެގެންވާ މީހުން

ލިޔުއްވީ: |2021-04-12T15:09:46+05:00April 12th, 2021|އަޅުކަން, ފިޤުހު, ދީން|

ރޯދައަށް ނިޔަތްގަތުން ނިޔަތަކީ ކޮންމެ ޢަމަލެއްވެސް ޞައްޚަވުމުގެ ޝަރުތެކެވެ. ރަމަޟާން މަހުގެ ރޯދަ އަށް ރޭގަނޑު ނިޔަތްގަތުން ލާޒިމުވެގެންވެއެވެ. ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ: مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الفَجْرِ فَلَا صِيَامَ لَهُ[1] މާނައީ: ފަޖުރުގެ ކުރިން ރޯދައަށް ނިޔަތް ނުގަނެފި މީހާއަށް ރޯދައެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވެފައިވެއެވެ: މާދަމާ އަކީ ރަމަޟާން މަސް ކަން އެނގި އަދި ...

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން

ލިޔުއްވީ: |2021-04-11T15:59:47+05:00April 11th, 2021|އަޅުކަން, ފިޤުހު, ދީން|

ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުން   ރަމަޟާން މަސް ވަދެއްޖެކަން ޘާބިތުކުރުންވަނީ ދެގޮތަކަށެވެ: ރަމަޟާންމަހުގެ ހުޅެވި ހަނދު ފެނުމެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: إذا رأيتُم الهلالَ فصوموا ، و إذا رأيتُموه فأفطروا ، فإن غُمَّ عليكم فاقدروا له[1] މާނައީ: ތިޔަބައިމީހުންނަށް (ރަމަޟާންމަހުގެ) ހުޅެވިހަނދު ފެނުމުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހުޅެވި ހަނދުފެނުމުން (ރަމަޟާންމަހުގެ) ރޯދަހިފުން ދޫކޮށްލާށެވެ. އަދި ވިލާ ބޯވެއްޖެނަމަ ...

ރަމަޟާން މަހުގެ މާތްކަން

ލިޔުއްވީ: |2021-04-09T23:25:22+05:00April 9th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު, ދީން|

ރަމަޟާން މަހުގެ މާތްކަން މި މާތް މައްސަރަށް ގިނަގުނަވެގެންވާ މަތިވެރިކަމާއި އަދި އެހެން މަސްތަކާއި ތަފާތު މާތްކަން ލިބިގެންވެއެވެ. އޭގެ ތެރޭގައި: މި މަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ.... ﴿١٨٥﴾ رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އެއީ މި މަހުގައި ހެޔޮ ޢަމަލުތައް އިތުރުވުމުގެ ސަބަބުންނެވެ. ...

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން

ލިޔުއްވީ: |2021-04-07T13:22:39+05:00April 7th, 2021|އަޅުކަން, އެހެނިިހެން, ފިޤުހު|

ރޯދައިގެ މާނަ އަދި ރަމަޟާން މަހުގެ ރޯދައިގެ ވާޖިބުކަން ރޯދައިގެ މާނަ: ރޯދައަކީ، މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ފަޖުރުއްޞޯދިގުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސިޖައުމަށް ދާނދެން ރޯދަ ގެއްލޭ އެންމެހާއި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.   ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަން: ރޯދައަކީ އިސްލާމްކަން އެކަމުގެ މައްޗަށް ބިނާވެގެންވާ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި އޭގެ ވަގުތާއި ކައިފިއްޔަތުގައި ތަފާތު ތަކެއް ހުރިނަމަވެސް ރޯދަ އަކީ އެންމެހާ އުއްމަތްތަކެއްގެ މައްޗަށް ...

ޢާޝޫރާ ދުވަސް

ލިޔުއްވީ: |2020-08-27T21:07:22+05:00August 27th, 2020|އަޅުކަން, ފިޤުހު, ދީން|

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބައެއް ވަގުތުތައް އަނެއްބައި ވަގުތުތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އަދި އެއްބައި ޢަމަލުތައް އަނެއްބައި ޢަމަލުތަކެއްގެ މައްޗަށް މާތް ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ޒިކުރާ އަޅުގަނޑުމެންނަށް އާކޮށްދެމުން އަޅުގަނޑުމެންނާއި ބައްދަލު ކޮށްފައި މިވަނީ ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހެވެ. މުޙައްރަމް މަހަކީ ހުރުމަތްތެރި ކުރެވިގެންވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެމަހުގައި  ސުންނަތް ...

ހެޔޮކަމުގެ ކަންޒު 3 – މިސްކިތުގައި ޢިލްމު އުގެނުމުން ޙައްޖެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-25T21:19:26+05:00August 25th, 2020|އަޚްލާޤު, ދީން|

ދީނީ އިލްމު އުގެނުމުގެ ނިޔަތުގައި މިސްކިތަށް ގޮސް ޢިލްމު އުގެނުމާއި އުގަންނައި ދިނުމުން ޙައްޖެއެއްގެ ދަރުމަ އާއި ސަވާބު ލިބިގެންދާނެކަން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمْ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ ކީރިތި ޤުރުއާނުގެ ޙަލަޤާއެއް ނުވަތަ ކުލާހެއް ވިޔަސް ނުވަތަ މިސްކިތުގައި ބޭއްވޭ ދަރުހެއް ވިޔަސް މިޙުކުމުގެ ތެރެއަށް ވަދެގެން ދާނެތެވެ. އެހެންކަމުން މިސްކިތުގައި ބޭއްވޭ ޢިލްމީ ދަރުސްތަކާއި ކްލާސްތަކުގައި ބައިވެރިވެ މި މަތިވެރިކަން ލިބިގަތުމަށް މަސައްކަތް ކުރައްވަމާތޯއެވެ. ...

ހެޔޮކަމުގެ ކަންޒު-2: ދުވާލު ޙައްޖަކާއި އުމުރާއެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-18T20:46:25+05:00August 18th, 2020|އަޅުކަން, ދީން|

އިސްލާމްދީނުގެ މަތިވެރި ކަމާއި ދަރުމައިގެ ތެރޭއިން މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފަސޭހައިން ކުރެވޭ މީޒާނުގައި ބަރުދަން ބޮޑު ހެޔޮ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށް އިރުއަރަންދެން ޒިކުރު ކުރުން މަތީ ދެމިހުރެ އެއަށްފަހު ދެ ރަކުއަތް ނަމާދެއް ކުރުމުން ޙައްޖަކާއި ޢުމްރާއެއްގެ ދަރުމަ އާއި ސަވާބު ލިބިގެން ދިޔުމެވެ. މިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅެއްގައި ވެއެވެ. أَنَسُ بْنُ مَالِك رَضِيَ اللهُ عَنْهُ ކިބައިން ރިވާވެގެންވެއެވެ. ...

ހެޔޮކަމުގެ ކަންޒު-1: ރެއަކާއި ދުވާލު ފަސް ޙައްޖުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-10T13:37:09+05:00August 10th, 2020|އަޅުކަން, ދީން|

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އެނގޭ ހެއްޔެވެ!  ފަރުޟު ނަމާދު ޖަމާޢަތުގައި އަދާކުރާ ކޮންމެ ފަހަރަކު ޙައްޖެއް އަދާކުރުމުން ލިބޭ ސަވާބާއި ދަރުމަ ހޯދިދާނެއެވެ. އެހެނީ ރަސޫލާ ﷺގެ ތެދުވެރި ދޫފުޅުންވަނީ އެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. ޙަދީޘްގައި އައިސްފައިވެއެވެ. عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ ...

Load More Posts