ހިތާމަނުކުރާށެވެ (35) : ހެވާއި ނުބައި ގެނެސްދެމުން ދުވަސްތައް ދައުރުވަމުން ދެއެވެ.

ލިޔުއްވީ: |2020-11-07T20:34:55+05:00November 7th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ބަޤީ އިބްނު މުޚާލިދު އާލާސްކަންފުޅާ އުޅުއްވަނިކޮށް އިމާމު އަޙްމަދުގެފާނު އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މިފަދައިން ދެންނެވިއެވެ. "އޭ ބަޤީ އެވެ. މާތް ﷲ ގެ ޖަޒާ އާމެދު އުފާކުރާ ށެވެ. ދުޅަހެޔޮ ކަންމަތީ ތިބޭ ދުވަސްތަކުގައި ބަލިމަޑުކަމެއް ނުވެއެވެ. އަދި ބަލިމަޑު ކަމާއި ކުރިމަތިލާން ޖެހޭ ދުވަސްތަކުގައި ދުޅަހެޔޮ ކަމެއް ނުވެއެވެ." މީގެ މާނައަކީ،  ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ދުވަސްތަކުގައި، ބަލިމަޑުކަމާމެދު އެއްވެސް މީހަކު ފިކުރެއް ނުކުރެއެވެ. ...

ހިތާމަނުކުރާށެވެ (34) : ހަތަރު ކަމަކުން ދުރުހެލިވާށެވެ.

ލިޔުއްވީ: |2020-11-04T20:56:08+05:00November 4th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

  އަންނަނިވި ކަންކަމަކީ އެކަންކަމުގެ ސަބަބުން އުފާވެރިކަމާއި ހަމަޖެހުން ގެއްލިގެންދާ ކަންކަމެވެ. ވީމާ، އެކަންކަމުން ދުރުހެލިވެ، އެއްކިބާ ވާށެވެ. ޝަކުވާ ކުރުމާއި މާތް ﷲ ގެ މިންވަރުފުޅާމެދު ހިތްހަމަނުޖެހި ރުޅިއައުން. ފާފަކުރުން، އަދި ފާފަކުރުމަށްފަހު ތަޢުބާ ނުވުން. أَوَلَمَّا أَصَابَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٦٥﴾ ...

ހިތާމަނުކުރާށެވެ (33) : ޤުރުއާން- ބަރަކާތްތެރި ފޮތް

ލިޔުއްވީ: |2020-10-31T20:52:19+05:00October 31st, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިބާ ޤުރުއާން ކިޔަވައި އަދި އާޔަތްތަކާމެދު  ވިސްނުން ހިންގައިފިނަމަ، އެއީ އުފާވެރިކަން ޙާޞިލްވުމާއި ގާތަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މާތް ﷲ ޤުރުއާން ސިފަކުރައްވާފައިވަނީ، ޤުރުއާނަކީ ހިދާޔަތެއް، ނޫރެއް، އަދި ޝިފާ އެއް ކަމުގައެވެ. އަދި އެއީ ރަޙުމަތެއް ކަމުގައެވެ. يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ...

ހިތާމަނުކުރާށެވެ (32): ފާފަކުރުމުގެ ނުބައި ނަތީޖާ

ލިޔުއްވީ: |2020-10-31T20:59:04+05:00October 28th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

  ފާފަކުރާ މީހާ އާއި މާތް ﷲ އާ ދެމެދު ފަރުދާ އެއް މެދުވެރިވުން. كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. (سورة المطففين)   ފާފަކުރުމުގައި ދެމިހުރެއްޖެނަމަ، ނާއުއްމީދުވުން.   ފާފަކުރާ މީހާ ފިކުރުބޮޑުވުމާއި، ކަންބޮޑުވާއި ހާސްކަމެއްގެ ތެރޭގައި އުޅެން ޖެހުން. لَا يَزَالُ بُنْيَانُهُمُ الَّذِي ...

ހިތާމަނުކުރާށެވެ (31) : ފާފަފުއްސެވުމަށްއެދި ދަންނަވާށެވެ!

ލިޔުއްވީ: |2020-10-14T20:18:16+05:00October 14th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ سورة نوح ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.  އަދި ...

ހިތާމަނުކުރާށެވެ (30) : އުފާވެރިކަން ލިއްބައިދޭ ބައެއް ކަންކަން.

ލިޔުއްވީ: |2020-10-07T21:41:56+05:00October 7th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

  ހެޔޮ ޢަމަލު مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު ...

ހިތާމަނުކުރާށެވެ (28): ވިސްނާފިކުރު ކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ހިނިތުންވެލާށެވެ.

ލިޔުއްވީ: |2020-09-23T21:57:31+05:00September 23rd, 2020|އަޚްލާޤު, ޢަޤީދާ, ދީން|

އިއްޔެ ހިތާމަ ކުރިކަމަށްޓަކައި، މިއަދު ތިބާގެ ޙާލަތު ރަނގަޅެވެގެންނެއް ނުދެއެވެ. ދަރިފުޅު ފާސްނުވުމުން, އެކަމާ ފިކުރުބޮޑުވެ ކަންބޮޑުވުމުން، ތިބާގެ ދަރިފުޅު ފާސް ނުވި ނުވުން ފާސްވިކަމަށް ބަދަލުވާނެ ހެއްޔެވެ؟ ތިބާގެ ބައްޕަ މަރުވުމުން ނާއުއްމީދުވެ ދިރިއުޅުމުން، ބައްޕަ ދުނިޔެއަށް އަންނާނެ ހެއްޔެވެ؟ ތިބާގެ ވިޔަފާރި ހުއްޓުމަކަށް އައުމުން ހިތާމަކުރެއެވެ. މިކަމުން، ތިބާގެ ވިޔަފާރިން ލިބުނު ގެއްލުން ފައިދާ އަށް ބަދަލުވެ ޙާލަތު ރަނގަޅު ވި ހެއްޔެވެ؟ ހިތާމަނުކުރާށެވެ. މުޞީބާތެއް ކުރިމަތިވުމުން، ...

ހިތާމަނުކުރާށެވެ (27) : މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.

ލިޔުއްވީ: |2020-09-19T18:15:09+05:00September 19th, 2020|އަޚްލާޤު, އަޅުކަން, ދީން|

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا[1] އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. ތިބާގެ ދީނާއި ޟަމީރު އިރުޝާދު ދެނީ ، އިންތައް ފަހަނައަޅައި ނުގޮސް، ތިބާއަކީ، މެދުމިން މީހެއްކަމުގައި ވުމަށެވެ. އުފާވެރިކަމަށް އެދޭ މީހާ އަކީ، ރުޅި އަންނަ އައުމުގައިވެސް، ދެރަވާ ދެރަވުމުގައިވެސް، އަދި އުފަލުގައިވެސް މެދުމިނެއްގައި ހުންނަ މީހާއެވެ. އެހެންމީހުންނާއި ކުރާ މުޢާމަލާތްތަކުގައި، އަހަރެމެން ހައްދުފަހަނަ އަޅައި ...

ހިތާމަނުކުރާށެވެ (26) : މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެއްޖެނަމަ، ތިބާ އަކީ އެންމެ މުއްސަނދި މީހާ އެވެ.

ލިޔުއްވީ: |2020-09-14T20:40:03+05:00September 16th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މުދަލާއި ދަރިންނާއި ގެދޮރާއި ހުނަރު ގައި ތިބާ އަށް ދެއްވާފައިވާ މިންވަރަށް ރުހެން ޖެހެއެވެ. فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! ( سورة الأعراف 144 ) އިސްލާމް ދީނުގެ އެންމެ ކުރީ ޖީލުތަކުގައި، ތަޤުވާވެރި މީހުންނާއި، ޢިލްމުވެރިންގެ ތެރޭގައި ގިނައީ ފަޤީރުންނެވެ. އެހެން އެކަން އޮތް ކަމުގައި ...

ހިތާމަނުކުރާށެވެ (25) : މުސްތަޤުބަލު

ލިޔުއްވީ: |2020-09-10T09:55:49+05:00September 12th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. أَتَىٰ أَمْرُ اللَّـهِ فَلَا تَسْتَعْجِلُوهُ ۚ اللَّه ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! (سورة النحل 1) ކުރިއަށް އޮތްތަނުގައި ވާނޭ ކަމަކާމެދު އަވަސްވެ ނުގަންނާށެވެ. މޭވާ ރަނގަޅަށް ދޮން ނުވަނީސް ގަހުން ބިނދެލުމަކީ ބުއްދިވެރިކަމެއް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ މާދަމާ އަކީ ވުޖޫދުގައި ނެތް އެއްޗެކެވެ. އެއީ މިއަދަށް ބަލާއިރު ހަޤީޤަތެއްވާ އެއްޗެއްނޫނެވެ. ދެން ...

Load More Posts