މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 31 ވަނަ ލިޔުމެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ سورة نوح

ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.  އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.

އެހެންކަމުން ތިބާގެ ވެރި ރަސްކަލާނގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ގިނަގިނައިން  ދަންނަވާށެވެ. އޭރުން އެކަމުގެ  ސަބަބުން ލިބޭ މަންފާތައް ހާޞިލުވެގެންދާނެ އެވެ. ހަމަހިމޭންކަން ލިބުމާއި، ރިޒުޤު ތަނަވަސް ވުމާއި، ޞާލިޙު ދަރިންގެ ނިޢުމަތް ލިބުމާއި އަދި ބޯކޮށް ވެހޭ ގޮތުގައި ވާރޭގެ ނިޢުމަތް ދެއްވާނެއެވެ.

وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴿٣﴾ سورة هود

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން توبة ވާށެވެ! އޭރުން ކަނޑައެޅިގެންވާ أجل ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި عمل އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި عمل އެއްގެ ޖަޒާ (قيامة ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.

 

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ لَزِمَ الِاسْتِغْفَارَ جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا ، وَمِنْ كُلِّ هَمٍّ فَرَجًا ، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ

ރަސޫލު الله ޞައްލަالله ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ: ގިނަ ގިނައިން ފާފަފުއްސެއްވުމަށް އެދި ދަންނަވާ މީހާއަށް ، ދަތި އުނދަގޫ ތަކުން ނުކުންނާނެ މަގެއް އެއިލާހު ދައްކަވާނެއެވެ، އަދި ކޮންމެ ކަންބޮޑުވުމަކުން ސަލާމަތްތެރިކަމެއް ދެއްވާނެއެވެ. އަދި ހީވެސް ނުކުރާ ގޮތްގޮތުން ރިޒްގު ދެއްވާނެއެވެ.

رواه أبو داود (1518) وابن ماجه (3819) ، وأحمد في “المسند (1/248 )”

ސައްޔިދުލް އިސްތިޣުފާރުގެ ނަން ދެވިފައިވާ ޙަދީޘެއް ޞަޙީޙް ބުޚާރީގައި ރިވާވެގެން ވެއެވެ.

اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي؛ فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ

އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲ އީ މިއަޅާގެ ވެރި ރަސްކަލާނގެ އެވެ. އިބަﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާ ހެއްދެވީ އިބަﷲ އެވެ. އަދި މިއަޅާ އަކީ އިބަﷲ ގެ އަޅަކީމެވެ. އަދި މިއަޅާ އަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަﷲ ގެ އަޙުދުގެ މަތީގައެވެ. އަދި އިބަﷲ ގެ ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަﷲ ގެ ހަޟްރަތުން އެދި ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ އިލާޙުގެ ނިޢުމަތަށް މިއަޅާ އިޢުތިރާފު ވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފު ވަމެވެ. ފަހެ މިއަޅާ އަށް ފާފަފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަﷲ ފިޔަވައި ފާފަފުއްސަވައިދެވޭނެ އެހެން ފަރާތެއް ނުވެއެވެ.