ތިބާ ޤުރުއާން ކިޔަވައި އަދި އާޔަތްތަކާމެދު ވިސްނުން ހިންގައިފިނަމަ، އެއީ އުފާވެރިކަން ޙާޞިލްވުމާއި ގާތަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މާތް ﷲ ޤުރުއާން ސިފަކުރައްވާފައިވަނީ، ޤުރުއާނަކީ ހިދާޔަތެއް، ނޫރެއް، އަދި ޝިފާ އެއް ކަމުގައެވެ. އަދި އެއީ ރަޙުމަތެއް ކަމުގައެވެ.
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ. سورة يونس
أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤﴾
ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟ سورة محمد
أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴿٨٢﴾
ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ سورة النساء
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾
(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ سورة ص
ޤުރުއާން ކިޔެވުމަކީ ބަރަކާތްތެރި ކަމެކެވެ. އަދި އެއަށް އަމަލުކުރުމާއި، ހިދާޔަތު ހޯދުމަށް އެއަށް ރުޖޫޢަވުން ވެސް ހަމަ އެފަދައެވެ.
މިކަން ތަޖުރިބާ ކޮށްފައިވާ ޞާލިޙު ދީންވެރި މީހަކު ބުނި ބުނުމެއްގައިވެއެވެ. ” އަހަރެންގެ ބޯމަތީގައި ކަންބޮޑުވުމާއި ފިކުރުބޮޑުވުމުގެ ވިލާތައް ވާކަމުގެ އިޙްސާސް ކުރެވުނެވެ. އެހެންކަމުން، އަހަރެން ޤުރުއާން ނަގައި، ކިޔެވުމުގައި ވަގުތުތަކެއް ހޭދަކުރީމެވެ. ދެން، ކަންބޮޑުވުމާއި ފިކުރުބޮޑުވުންތައް ފިލައި ގޮސް ހަމަހިމޭންކަމާއި، އުފާވެރިކަން އަހަރެންގެ ވަށައިލިއެވެ.”
إِنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴿٩﴾
ހަމަކަށަވަރުން، މި قرآن، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، صالح عمل ތައްކުރާ مؤمن ންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ދެއެވެ. سورة الإسراء
وَكَذَٰلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِي إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٥٢﴾
އަދި ހަމައެފަދައިން ތިމަންރަސްކަލާނގެ أمر ފުޅުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ قرآن وحى ކުރެއްވީމެވެ. ފޮތަކީ ކޮންއެއްޗެއްކަން، އަދި إيمان އަކީ ކޮންއެއްޗެއްކަން ކަލޭގެފާނު (ކުރިން) ދެނެވަޑައިގަންނަވާ ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ތިމަންރަސްކަލާނގެ، އެއިން ތެދުމަގު ދައްކަވާ نور އެއްކަމުގައި އެ قرآن ލެއްވީމެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނު މަގުދައްކަވަނީ، ސީދާވެގެންވާ ތެދުމަގަށްކަން ކަށަވަރެވެ. سورة الشورى