މަޙަލްދީބް ފައުންޑޭޝަން އިން ވަރަށް ހާއްސަ ޤުރުއާން ތިލާވަތު ކޯހެއް އުމުރުން 14 އަހަރުން މަތީގެ ބޭފުޅުންނަށް ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައިއެވެ. ހަފްތާއަކު ތިންދުވަހައް ބަހާލައިގެން އޮންލައިންކޮށް، ރޭނގަޑު 9:00 އިން 10:15 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިތިލާވަތު ކޯސްތައް ނަންގަވައިދެއްވާނީ އުސްތާޒް އަޙްމަދު ރިޔާޒު (ފުރްޤާން ރިޔާޒު) އެވެ.

 

މަހަކު އެންމެ -/500 ރުފިޔާ ދައްކައިގެން މިކިލާހުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި އޯގަސްޓްމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އިތުރު މައުލޫމާތު 9850133 ނަންބަރަށް ގުޅައިގެން ލިބޭނެގޮއިތް ވަނީ ހަމަޖެހިފައެވެ.

 

ގޫގުލް ފޯރމް:

https://forms.gle/5baKg41ApGFyxYA18