މަހަލްދީބް ފައުންޑޭޝަނުން މިހާތަނަށް ވޯކްޝޮޕެއްގެ ގޮތުގައި ކުރިޔަށްގެންދިޔަ ތަރުބިޔާ ވޯކްޝޮޕް، ‘ރެއިޒް’ ވަރަށް އަވަހަށް އޮންލައިން ކޯހެއްގެ ގޮތުގައި ފެށުމަށް ދަނީ މަހަލްދީބްގެ ޓީމުން މަސައްކަތްކުރަމުންނެވެ. މިގޮތުން، މި އޮކްޓޯބަރ މަހު މި ކޯހުގެ ރެޖިސްޓްރޭޝަން ހުޅުވާލުމަށްޓަކައިދަނީ މަސައްކަތްކުރެވެމުންނެވެ.

‘ރެއިޒް’ ވޯކްޝަޕަކީ ދަރިން ތަރިބިއްޔަތު ކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު ޢުސޫލުތަކާއި އުކުޅުތައް ބެލެނިވެރިންނަށް ދަސްކޮށްދިނުމަށްޓަކައި 2016 އިން ފެށިގެން މަހަލްދިބް ފައުންޑޭޝަނުން ކުރިޔަށްގެންދާ ވޯކްޝޮޕެކެވެ. އަދި ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މިވޯކްޝްޕް ވަނީ މިހާތަނަށް ކުރިޔަށް ގެންދެވިފައެވެ. މިގޮތުން، މި ވޯކްޝޮޕުގައި މިހާތަނަށް އަލިއަޅުވާލާފައިވާ ބައިތަކުގެ ތެރޭގައި ޕޮޒިޓިވް ޕޭރަންޓިން، ދަރިންނާ މުޢާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ އުކުޅުތައް، ކުއްޖާ ހެދިބޮޑުވަމުންދާއިރު ކުއްޖާ ތަރުބިއްޔަތުކުރުމުގައި ގެންގުޅޭ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް އަދި ކުދިންގެ ހެދިބޮޑުވުމަށާއި ތަރުބިއްޔަތަށް ހުރަސް އެޅޭކަންކަން ހިމެނެއެބެ މި ވޯކްޝޮޕުގައި ސެޝަންތައް ނަންގަވާދެއްވާފައިވަނީ އަލްއުސްތާޛް މުހައްމަދް އަނީލްއެވެ. އުސްތާޛް އަނީލްއަކީ ހިރާ ސްކޫލުގެ ބޯރޑް މެމްބަރެކެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ ބޭފުޅެކެވެ.

ކޮވިޑްގެ ސަބަބުން އޮންލައިންކޮށް ކިޔެވުން ކުރިޔަށްދާއިރު މަހަލްދީބް ފައުންޑޭޝަނުންވެސް ދަނީ އޮންލައިންކޮށް އެކި ކޯސްތައް ކުރިޔަށް ގެންދަމުންނެވެ. މިގޮތުގެމަތިން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރެއިޒް ކޯސް ނަންގަވާދެއްވަނީ ރެއިޒް ވޯކްޝޮޕްތައް މިހާތަނަށް ނަންގަވާދެއްވާފައިވާ އަދި މިދިޔަ ހުކުރުދުވަހުރޭ ބެލެނިވެރިންނަށް ޙާއްސަކޮށްގެން ކުރިޔަށްދިޔަ އިންޓަރނެޓް ސޭފްޓީއާ ބެހޭ ވެބިނާރގައިވެސް މަޢުލޫމާތު ދެއްވި އުސްތާޒު މުހާއްމަދު އަނީލްއެވެ. މި ކޯހުގައި، ވޯކްޝޮޕުގައި ކުރިޔަށްގެންދާ ބައިތަކަށް ތަފއްސީލުކޮށް ބަލާލުމުގެ އިތުރުން، ކޮވިޑްގެ މިހާލަތާ މިއަދުގެ މުޖުތަމަޢުގައި ހުރި ތަފާތު އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލެވިގެންދާނެއެވެ. މީގެތެރޭގައި  އިންޓަރނެޓް ސޭފްޓީ އާއި ކުޑަކުދިންނަށް ކުރެވޭ އެކި ޒާތުގެ އަނިޔާ އާއި އަނިޔާ ލިބިފައިވާ ކުއްޖަކާމެދު ޢަމަލުކުރަންޖެހޭނެގޮތް ފަދަ ދާއިރާތަކަށްވެސް އަލިއަޅުވާލެވިގެންދާނެއެވެ.

މިވޯކްޝޮޕުގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކަށް މިކޯހާއިބެހޭ މަޢުލޫމާތު ހޯދުމަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މިގޮތަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް، ކޯހުގެ ރެޖިސްޓްރޭޝަނަށް ހުޅުވާލުމާއިއެކު، ކޯހާއިބެހޭ މަޢުލޫމާތު ޙިއްސާކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ކޯހުގައި ބައިވެރިވާނަމަ ކޯހުގެ ރެޖިސްޓްރޭޝަން ފީއިން 5%ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. ރެއިޒް އޮންލައިން ކޯހުގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ފޯމް ފުރުއްވުން  އެެދެމެވެ.

ފޯމު ފުރިހަމަ ކުރުމަށް ކިލްކް ކޮށްލައްވާ!