ބެލެނިވެރިންނަށް ޙާއްސަކޮށްގެން މަހަލްދީބް ފައުންޑޭޝަންނުން 25 ސެޕްޓެންބަރވާ ހުކުރުދުވަހުގެ ރޭ އިންޓަނެޓް ސޭފްޓީއާގުޅުންހުރި ވެބިނާރ އެއް ބާއްވައިފިއެވެ. ރޭގަނޑު 9:00 އަކުން 11:30އަށް ކުރިޔަށްދިޔަ މިވެބިނާރ ދުރާގާތުން 500 ވުރެ ގިނަ ބެލުންތެރިން ބަލާފައިވެއެވެ.

މި ވެބިނާގައި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރިގޮތުގައި ކަން ކަށަވަރުކުރުމުގެ މުހިންމު ކަމާއި، އިންޓަނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޓަނެޓް މެދުވެރިކޮށް މުޖްރިމުން ހިންގާ ބައެއް ނޭދެވޭ ކަންކަމުގެ މަޢުލޫމާތާއި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް ޓޫލްތަކާ ގުޅޭ މަޢުލޫމާތަށް އަލި އަޅުވައިލާފައިވެއެވެ.

މިމަޢުލޫތަކަށް އަލިއަޅުވާލާ ވާހަކަދައްކަވާ އަދި ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ހިރާ ސްކޫލްގެ ބޯޑް މެމްބަރ އަލްއުސްތާޛް މުހައްމަދް އަނީލް އާއި އެމް.އާރް.އީ.އައި.ސީ ގެ ޖެނެރަލް މެނޭޖަރ އަހްމަދް ނަސީމް އެވެ. އުސްތާޛް އަނީލްއަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ ބޭފުޅެކެވެ. އަދި އަޙްމަދު ނަސީމް އަކީ ނެޓްވަރކިންގ ގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ވީޓީވީއިންވަނީ މިވެބިނާރ ލައިވް ކޮށްފައެވެ. އަދި މަހަލްދީބް ފައުންޑޭޝަންގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިޔާ ޕޭޖުތަކުންގެ އިތުރުން، ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ސޯޝަލް މީޑިއާ ޕޭޖްތަކުންވަނީ މި ވެބިނާރ ލައިވްކޮށްފައެވެ.