ރެއިޒް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި!

ތަރުބިއްޔަތަށް ޙާއްޞަ ރެއިޒް ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. 2016 ވަނަ އަހަރުން ފެށިގެން މަހަލްދީބް ފައުންޑޭޝަންއިން، ދަރިން ތަރުބިއްޔަތު ކުރުމުގެ އުސްލޫބުތަކަށް ހާއްޞަކޮށްގެން ކުރިޔަށް ގެންދާ ކޯސް މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މި ކޯސް ކުރިޔަށް ގެންދަވާނީ ވޭތުވެދިޔަ އަހަރުތަކުގައި ރެއިޒް ވޯކްޝޮޕް ކުރިޔަށް ގެންގޮސްދެއްވާފައިވާ، އަލްއުސްތާޛް މުހައްމަދު އަނީލެވެ. އުސްތާޛް އަނީލަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ، ހިރާ ސްކޫލުގެ ބޯރޑް މެމްބަރެކެވެ.

މި އަހަރުގެ ރެއިޒް ކޯށް އިތުރަށް ތަރައްޤީކުރެވި އަންނަނިވި، ބައިތަކަށް ބަލާލެވިގެންދާނެއެވެ.

  1. ދެމަފިރިންގެ ގުޅުމާއި ހައްޤުތައް
  2. ތަރުބިއްޔަތަށް ތަޢާރަފެއް
  3. އެކި އުމުރުފުރާގެ ކުދިން، ހާއްސަކޮށް ޓީނޭޖް ކުދިން ތަރުބިއްޔަތު ކުރާނެ ގޮތް
  4. ޕޮޒިޓިވް ޕޭރަންޓިންގް
  5. އިންޓަނެޓް ސޭފްޓީ
  6. އިންޓަނެޓަކީ ކުދިންނަށް އަމާން މާހާއުލަކަށް ހެދުމަށްޓަކައި އަމަލީގޮތުން ކުރެވިދާނެ ކަންކަން
  7. ކުދިންނާ މުއާމަލާތު ކުރާނެ ގޮތް
  8. ކުދިންގެ ތަރުބިއްޔަތަށް ހުރި ގޮންޖެހުންތައް
  9. ކުދިން ތަރުބިއްޔަތު ކުރުމުގައި އާންމުކޮށް ހެދޭ ގޯސްތައް
  10. ސްކްރީން ޓައިމް މަދުކުރެވިދާނެ ގޮތްތައް
  11. ތަރުބިއްޔަތު ކުރުމުގައި ރަސޫލާ ގެންގުޅުއްވި އުސްލޫބު
  12. އަނިޔާގެ ވަކިތަކުން ދަރިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަން

މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 3 ކްލާސް ކުރިޔަށް ދާގޮތަށް، އެއް މަސްދުވަހުގެ މުއްދަތަށެވެ. ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 975 ރުފިޔާއެވެ. ކޯހުގައި ނަންނޯޓު ކުރުމަށް ހުޅުވާޅެވިފައިވާ މުއްދަތުގައި ތަފާތުއެކި ޑިސްކައުންޓްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ނަންނޯޓުކުރުމަށް ހުޅުވާލުމުގެ 48 ގަޑިއިރުތެރޭ ނަންނޯޓު ކުރާ ފަރާތްތަކަށް %10 ޑިސްކައުންޓް ލިބިގެންދާނެއެވެ. އެހެނިހެން ޑިސްކައުންޓްތަކުގެ ތަފްސީލްތައް މަހަލްދީބް ފައުންޑޭޝަންގެ މީސްމީޑާ އޮޅިތަކުގައި ހިއްސާކުރެވިގެންދާނެއެވެ.

މި ކޯހުގައި ބައިވެރިވުމަށް މިޖުމްލައަށް ކިލްކް ކުރުމަށްފަހު، ފޯމް ފުރުއްވުން އެދެމެވެ.