މި ކަރުދާހަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކުރިއަށް ގެންދާ ބެޗެލަރ އޮފް ޝަރީޢާ ކޯހަކީ ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވާފަދަ ޤާނޫނީ ރޮނގުގެ ކޯހެއްކަމުގެ ޝަރުތު ފުރިހަމަވޭތޯ ސުވާލު އުފެދި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކުރިއަށް ގެންދާ ބެޗްލަރ އޮފް ޝަރީޢާ ކޯސް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ލައިސެންސް ދިނުމާމެދު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގޮތެއްނިންމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް ބެލެވޭތީ، އެކަމުގެ ޙަޤީޤަތް ހޯދުމަށް އިލްމީ ދިރާސާއެއް ބޭނުންވާކަމަށް މި ފައުންޑޭޝަނަށް ޤަބޫލުކުރެވޭތީ، އެކަމަށްޓަކައި އިސްލާމިކް ލޯއާއި ކޮމަން ލޯއާއި، ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމް ޙާޟިލްކުރައްވައިގެން ތިއްބެވި ބޭފުޅުންތަކެއްގެ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވައިލައި އެކޮމިޓީއިން އެކުލަވާލައިފައިވާ ޢިލްމީ ކަރުދާހެކެވެ.

މި ކަރުދާސް އެކުލަވައިލެއްވި ކޮމިޓީ:

އައްޝައިޚް ޢަބްދުﷲ ރަޝީދު (ބެޗެލަރ އޮފް ޝަރީޢާ، މާސްޓަރސް އިން އެޑިއުކޭޝަން މެނޭޖްމަންޓް)

  • އައްޝައިޚް ޢަބްދުﷲ ރަޝީދު ކިޔަވައިވިދާޅުވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އެގޮތުން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އިން ބެޗެލަރސް އޮފް ޝަރީޢާ އާއި ފެކަލްޓީ އޮފް ދަޢްވާ އިން މާސްޓަރސް އިން އެޑިއުކޭޝަން މެނޭޖްމަންޓް ފުރިހަމަކުރައްވާފައިވެއެވެ. ޝައިޚް ޢަބްދުﷲ އަކީ މަހަލްދީބް ފައުންޑޭޝަންގެ ޗެއާ ޕަރސަންއެވެ އަދި އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެކެވެ.

އައްޝައިޚް ޢަބްދުﷲ އާމިރު (ބެޗެލަރ އޮފް ޝަރީޢާ، މާސްޓަރސް އިން ޖުޑިޝަލް ސްޓަޑީޒް)

  • އައްޝައިޚް ޢަބްދުﷲ އާމިރު ކިޔަވައިވިދާޅުވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އެގޮތުން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އިން ބެޗެލަރސް އޮފް ޝަރީޢާ އާއި މާސްޓަރސް އިން ޖުޑިޝަލް ސްޓަޑީޒް ފުރިހަމަކުރައްވާފައިވެއެވެ. ޝައިޚް އާމިރު އަކީ މަހަލްދީބް ފައުންޑޭޝަންގެ ޑިރެކްޓަރެކެވެ. އަދި އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެކެވެ.

އައްޝައިޚް މުޙައްމަދު ޢާދިލް (ބެޗެލަރ އޮފް ޝަރީޢާ)

  • އައްޝައިޚް މުަޙައްމަދު ޢާދިލް ކިޔަވައިވިދާޅުވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އެގޮތުން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އިން ބެޗެލަރސް އޮފް ޝަރީޢާ ޙާޟިލްކުރެއްވުމަށްފަހު މިހާރުވަނީ މާސްޓަރސް އިން އިސްލާމިކް އިކޮނޮމިކްސް ނިންމަވާފައެވެ. އައްޝައިޚް މުޙައްމަދު ޢާދިލް އަކީ މަހަލްދީބް ފައުންޑޭޝަންގެ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެކެވެ.

އަލްއުސްތާޛް އަޒްމީން ރަޝީދް (ބެޗެލަރ އޮފް ޝަރީޢާ، އެލް.އެލް.އެމް)

  • އަލްއުސްތާޛް އަޒްމީން ރަޝީދް ކިޔަވައިވިދާޅުވީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިންނާއި މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީއިންނެވެ. އެގޮތުން މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އިން ބެޗެލަރސް އޮފް ޝަރީޢާ އާއި މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ލޯސް ފުރިހަމަކުރައްވާފައިވެއެވެ. އަދި އުސްތާޛް އަޒްމީންއަކީ މިވަގުތު މެލޭޝިޔާގެ އިސްލާމިކް ސައިންސް ޔުނިވަރސިޓީއިން އިކޮނޮމިކްސްގެ ދާއިރާއިން ޕީ.އެޗް.ޑީ ހައްދަވަމުންދާ ދަރިވަރެކެވެ. އުސްތާޛް އަޒްމީން އަކީ މަހަލްދީބް ފައުންޑޭޝަންގެ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެކެވެ.

އަލްއުސްތާޛް ޢަބްދުﷲ ނާހިދު (އެލް.އެލް.ބީ)

  • އަލްއުސްތާޛް ޢަބްދުﷲ ނާހިދު ކިޔަވައިވިދާޅުވީ މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީއިންނެވެ. އެގޮތުން މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ އިން ބެޗެލަރސް އިން ޝަރީޢާ އެންޑް ލޯ ޙާޟިލްކުރައްވާފައިވެއެވެ. އުސްތާޛް ނާހިދު އަކީ މަހަލްދީބް ފައުންޑޭޝަންގެ އެޑްވައިޒަރީ ކޮމީޓީގެ މެމްބަރެކެވެ.

އަލްއުސްތާޛް އަޙްމަދު ޝިޔާޒް (އެލް.އެލް.ބީ)

  • އަލްއުސްތާޛް އަޙްމަދު ޝިޔާޒް ކިޔަވައިވިދާޅުވީ މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީއިންނެވެ. އެގޮތުން މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ އިން ބެޗެލަރސް އިން ޝަރީޢާ އެންޑް ލޯ ޙާޟިލްކުރައްވާފައިވެއެވެ. އުސްތާޛް އަޙްމަދު ޝިޔާޒް އަކީ މަހަލްދީބް ފައުންޑޭޝަންގެ ވައިސް ޗެއާ ޕަރސަންގެ އިތުރުން އެޑްވައިޒަރީ ކޮމިޓީގެ މުޤައްރިރެވެ.

މި ކަރުދާސް އެކުލަވައިލުމުގެ ޙާޖަތެއް އޮތްކަން މަހަލްދީބް ފައުންޑޭޝަންއަށް ފާހަގަކުރެވި، މި މަސައްކަތް ކުރުމަށް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވައިލައި ވަރަށް ކުރު ނޯޓިހެއްގެ މައްޗަށް އެޑްވައިޒަރީ ކޮމިޓީއިން ތައްޔާރުކޮށްދެއްވި މި ފުރިހަމަ މަސައްކަތަށްޓަކައި، މަހަލްދީބް ފައުންޑޭޝަންގެ ނަމުގައި، އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުންނަށް ޝުކުރު ދަންނަވަމެވެ. ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ.

އަދި މި މަޢުޟޫގައި އިތުރަށް އޮޅުންފިލުވަން ބޭނުންފުޅުވާ ފަރާތްތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ޖަމްޢިއްޔާއިން އުފަލެއްގެ ގޮތުގައި ބަލައިގަންނާނެ ކަމެކެވެ.

ކަރުދާސް ޑައުންލޯޑް ކުރުމަށް މިޖުމްލައަށް ފިއްތަވާލައްވާ.