About މަހަލްދީބް މީޑިއާ

This author has not yet filled in any details.
So far މަހަލްދީބް މީޑިއާ has created 6 blog entries.

މަހަލްދީބް ފައުންޑޭޝަންއިން މި އަހަރުވެސް ރަމަޝާން މަހާ ދިމާކޮށް “ގިފްޓް އަ ސްމައިލް” ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ނިންމައިފި

ލިޔުއްވީ: |2021-03-25T18:28:12+05:00March 25th, 2021|ޚަބަރު|

ޔަތީމް ކުދިންނާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް ހާއްސަ ކުރެވިފައިވާ މި ޕްރޮގްރާމުން އެފަރާތްތަކަށް މުޅި ރޯދަމަހަށް ބޭނުންވާނެ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ފޯރުކޮށްދެވިގެންދެއެވެ. އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުން، މި ޕްރޮގްރާޟުގެ ތެރެއިން އެފަރާތްތަކުގެ ހާލަތު ބަލައި އެފަރާތަކީ އެހީތެރިކަން ބޭނުންވާ ފަރާތެއްތޯ ޔަޤީން ކުރެވިގެންދެއެވެ. އެގޮތުން ފާއިތުވި ...

މަހަލްދީބް ފައުންޑޭޝަންއިން ޢަގީދާ ކޯހެއް ފަށަނީ!

ލިޔުއްވީ: |2020-10-25T11:25:54+05:00October 25th, 2020|ޚަބަރު|

މަހަލްދީބް ފައުންޑޭޝަންއިން އިސްލާމީ ޢަގީދާ ދަސްކޮށްދޭ ވަރަށް ޙާއްސަ ކޯހެއް އިއުލާން ކޮށްފިއެވެ. މިކޯސް ނަންގަވައިދެއްވާނީ މަދީނާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ތައުލީމް ހާސިލްކޮށްފައިވާ ޝައިހް މުޙައްމަދް އައްލާމް ނައީމްއެވެ. އަދި ކޯހުގެ މުއްދަތަކީ 2 މަސްދުވަހެވެ. މަހަކު އެންމެ -/180 ރުފިޔާއަށް ނަގައިދެއްވާއިރު، މިކޯހުގެ ކިޔެވުން އޮންނާނީ ހަފްތާއަކު 1 ދުވަހު، 1 ގަޑިއިރާ 30 މިނެޓަށެވެ.   މި ކޯހުގައި ބައިވެރިވުމަށް މިޖުމްލައަށް ކުލިކް ކުރުމަށްފަހު، ...

އިސްލާމިކް ލޯ ގްރެޖުއޭޓުންނަށް ވަކީލުކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާ ކައުންސިލްގައި އެދިއްޖެ

ލިޔުއްވީ: |2020-10-19T15:27:57+05:00October 19th, 2020|ޚަބަރު|

މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކުރިއަށް ގެންދާ ބެޗެލަރ އޮފް ޝަރީޢާ ކޯހަކީ ޤާނޫނީ ރޮނގުގެ ކޯހެއްތޯ އުފެދިފައިވާ ސުވާލުގެ މައްޗަށް މަހަލްދީބް ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ކަރުދާހާއެކު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް މަހަލްދީބް ފައުންޑޭޝަނުން ފޮނުވި ސިޓީގައި އިސްލާމީ ޤާނޫނުން ކިޔަވާ ވިދާޅުވާ ފަރާތްތަކަށް ވަކީލުންނަށް ވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެދިފައިވެއެވެ. "އިސްކާމިކް ލޯ ނުވަތަ ޝަރީޢާ އިސްލާމިއްޔާ އިން ތަޢުލީމް ޙާޞިލް ކުރައްވާ ބޭފުޅުންނަށް ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި ...

ކަރުދާސް: މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢަގެ ބެޗެލަރ އޮފް ޝަރީޢާ ޑިގްރީއަށް ނަޒަރެއް

ލިޔުއްވީ: |2020-10-18T15:20:27+05:00October 18th, 2020|ކަރުދާސް|

މި ކަރުދާހަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކުރިއަށް ގެންދާ ބެޗެލަރ އޮފް ޝަރީޢާ ކޯހަކީ ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގައި ބަޔާންކޮށްފައިވާފަދަ ޤާނޫނީ ރޮނގުގެ ކޯހެއްކަމުގެ ޝަރުތު ފުރިހަމަވޭތޯ ސުވާލު އުފެދި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކުރިއަށް ގެންދާ ބެޗްލަރ އޮފް ޝަރީޢާ ކޯސް ފުރިހަމަކޮށްފައިވާ ...

ޖަމިއްޔާތަކަށް ހާއްސަކޮށްގެން އިންޓަނެޓް ސޭފްޓީއާބެހޭ ޓްރެއިނިންގ ބާއްވައިފި

ލިޔުއްވީ: |2020-10-11T20:57:15+05:00October 11th, 2020|ޚަބަރު|

ޖަމިއްޔާތަކަށް ޙާއްސަކޮށްގެން މަހަލްދީބް ފައުންޑޭޝަންއިން މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ އިންޓަނެޓު ސޭފްޓީއާބެހޭ ޓްރެއިނިންގއެއް ބާއްވައިފިއެވެ. މި ޓްރެއިނިންގްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރުމައަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސްކޫލް މަދަރުސާތަކުގެ މުދައްރިސުންނާއި އިސްވެރިން ބައިވެރިވެފައިވެއެވެ. ޓްރެއިނިންގް ނަންގަވައިދެއްވި އެމް.އާރު.އީ.އައި.ސީގެ ޖެނެރަލް މެނޭޖަރ އަހުމަދު ނަސީމް، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް އޭގެ ބޭނުންހިފިދާނެ އުކުޅުތަކެއް ކިޔައިދެއްވާފައިވެއެވެ. ހަމައެއާއިއެކު މި ޓްރެއިނިންގގައި އިންޓަނެޓު ސޭފްޓީއަށް ހިލޭ ބޭނުން ކުރެވިދާނެ އެޕްލިކޭޝަންއެއްގެ ...

700 އަށްވުރެ ގިނަ ބައިވެރިންނާއެކު، ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ބެހޭގޮތުން ބެލެނިވެރިންނަށް ކުރިއަށް ގެންދާ ވެބިނާ މިރޭ

ލިޔުއްވީ: |2020-09-24T22:51:54+05:00September 25th, 2020|ޚަބަރު|

ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ވެބިނާގައި، ދަރިން އިންޓަރނެޓް ބޭނުންކުރަނީ ރައްކާތެރިގޮތުގައި ކަން ކަށަވަރުކުރުމުގެ މުހިންމު ކަމާއި، އިންޓަރނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކަށާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން މުޖްރިމުން ހިންގާ ބައެއް ނޭދެވޭ ކަންކަމުގެ މަޢުލޫމާތާއި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް ޓޫލްތަކާ ގުޅޭ މަޢުލޫމާތަށް އަލި އަޅުވައިލެވޭނެއެވެ. ސެޕްޓެމްބަރ 25 ވާ ހުކުރު ދުވަހުގެ ރޭ (މިރޭ) 20:45 އިން ...