މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ކުރިއަށް ގެންދާ ބެޗެލަރ އޮފް ޝަރީޢާ ކޯހަކީ ޤާނޫނީ ރޮނގުގެ ކޯހެއްތޯ އުފެދިފައިވާ ސުވާލުގެ މައްޗަށް މަހަލްދީބް ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ކަރުދާހާއެކު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް މަހަލްދީބް ފައުންޑޭޝަނުން ފޮނުވި ސިޓީގައި އިސްލާމީ ޤާނޫނުން ކިޔަވާ ވިދާޅުވާ ފަރާތްތަކަށް ވަކީލުންނަށް ވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެދިފައިވެއެވެ.

އިސްކާމިކް ލޯ ނުވަތަ ޝަރީޢާ އިސްލާމިއްޔާ އިން ތަޢުލީމް ޙާޞިލް ކުރައްވާ ބޭފުޅުންނަށް ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ހަނިވުމަކީ ނުވަތަ ގެއްލިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމައް ލިބިގެންދަނެ އެންމެ ބޮޑު ގެއްލުމެވެ. ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރަކުން ޚާއްސަވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ހުޅުވިފައި އޮންނަން ޖެހޭނެކަމަށް މިޖަމްޢިއްޔާއިން ދެކެމެވެ. އަދި އެއާ ޚިލާފަށް ވާހަކަދެކެވި މަސައްކަތްތަކެއް ކުރެވޭކަމީ މިޖަމްޢިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ.” މިސިޓީގައި ފާހަގަކޮށްފައިވެއެވެ.

މަހަލްދީބް ފައުންޑޭޝަންއިން ވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ އިން ކުރިއަށްގެންދާ ބެޗެލަރ އޮފް ޝަރީޢާ ކޯހުގެ ސިލަބަސް ދިރާސާކޮށް ޢިލްމީ ކަރުދާހެއް ނެރެފައެވެ. މި ކަރުދާސް އެކުލަވާލީ ކޮމަން ލޯ އާއި، އިސްލާމިކް ލޯގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންގެ މައްޗަށް އެކުލެވޭ އެޑްވައިޒަރީ ކޮމިޓީ އަކުންނެވެ.

މި މަޢުޟޫގައި ބާކައުންސިލުން އިތުރު އެހީތެރިކަން ބޭނުންވާނަމަ އެހީތެރިކަން ލިބޭނެކަން ފާހަގަކޮށްފައިވެއެވެ.

ކަރުދާސް: މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢަގެ ބެޗެލަރ އޮފް ޝަރީޢާ ޑިގްރީއަށް ނަޒަރެއް