ޖަމިއްޔާތަކަށް ޙާއްސަކޮށްގެން މަހަލްދީބް ފައުންޑޭޝަންއިން މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ އިންޓަނެޓު ސޭފްޓީއާބެހޭ ޓްރެއިނިންގއެއް ބާއްވައިފިއެވެ.
މި ޓްރެއިނިންގްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރުމައަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސްކޫލް މަދަރުސާތަކުގެ މުދައްރިސުންނާއި އިސްވެރިން ބައިވެރިވެފައިވެއެވެ.
ޓްރެއިނިންގް ނަންގަވައިދެއްވި އެމް.އާރު.އީ.އައި.ސީގެ ޖެނެރަލް މެނޭޖަރ އަހުމަދު ނަސީމް، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް އޭގެ ބޭނުންހިފިދާނެ އުކުޅުތަކެއް ކިޔައިދެއްވާފައިވެއެވެ. ހަމައެއާއިއެކު މި ޓްރެއިނިންގގައި އިންޓަނެޓު ސޭފްޓީއަށް ހިލޭ ބޭނުން ކުރެވިދާނެ އެޕްލިކޭޝަންއެއްގެ ސެޓް އަޕް ހެދުމާއި، އެ ބޭނުން ކުރާނެ ގޮތް ޓްރެއިނިންގގެ ބައިވެރިންނަށް އުނގަންނައިދެއްވާފައިވެއެވެ.