ޔަތީމް ކުދިންނާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކަށް ހާއްސަ ކުރެވިފައިވާ މި ޕްރޮގްރާމުން އެފަރާތްތަކަށް މުޅި ރޯދަމަހަށް ބޭނުންވާނެ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ފޯރުކޮށްދެވިގެންދެއެވެ.
އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުން، މި ޕްރޮގްރާޟުގެ ތެރެއިން އެފަރާތްތަކުގެ ހާލަތު ބަލައި އެފަރާތަކީ އެހީތެރިކަން ބޭނުންވާ ފަރާތެއްތޯ ޔަޤީން ކުރެވިގެންދެއެވެ.
އެގޮތުން ފާއިތުވި އަހަރުތަކުގައި މާލެ ހުޅުމާލެ، ވިލިމާލޭގެ އިތުރުން އައްޑޫސިޓީ އަދި ފުވައްމުލައްސިޓީ 500 އަށްވުރެ ގިނަ އާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މިއީ މަހަލްދީބް ފައުންޑޭޝަން އިން މި ޕްރޮގްރާމް ކުރިޔަށް ގެންދާ 7 ވަނަ އަހަރެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެ އެހީތެރިކަން ހޯއްދެވުމަށް މިލިންކަށް ފިއްތާލައްވާ!

https://url.mahaldheeb.org/giftasmile

މި ޕްރޮގްރާމަށް އަމަލީ ގޮތުން އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މަހަލްދީބް ފައުންޑޭޝަންގެ މީސްމީޑިއާ މަންސަތަށް މެދުވެރިކޮށް ގުޅުއްވައިގެން ބައިވެރވެލެއްވުމުގެ ފުރުސަތު ވަނީ ފަހިކުރެވިފައެވެ. އަދި ޕްރޮގްރާމަށް މާލީ ގޮތުން އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް

ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު:
7770000053089
Mahaldheeb Foundation

އަށް ސަދަގާތް ކުރެއްވުމުގެ ދޮރު ވަނީ ހުޅުވާލެވިފައެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 9851033