މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 12 ވަނަ ލިޔުމެވެ.

ނުވަތަ، اللَّه ގެ ފަޟްލަވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން  މީސްތަކުންނަށް ޙަސަދަ ވެރި ވަނީހެއްޔެވެ؟

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿ أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ ﴾[1]

މާނައީ: ނުވަތަ، اللَّه ގެ ފަޟްލަވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟

ހަސަދަވެރިކަމުގެ ބަލީގެ ސަބަބުން، އަސަރުކޮށް ފަނާކުރަނީ ހަމައެކަނި ތިބާގެ ބުއްދި އެއް ނޫނެވެ. ހަށިގަނޑުވެސް މެއެވެ.  ހަސަދަވެރިޔާ އަށް ހިމޭންކަމާއި ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އެއީ ރަހްމަތްތެރިކަމުގެ ފޭރާމުން ނިވާވެގެން ހުންނަ ދުޝްމިނެކެވެ. ހަސަދަވެރިކަމުގެ ބައްޔަށް އިންސާފު ކުރާއިރު އެއީ އިންސާފުވެރި އެއްޗެއް ކަމުގައި ބުނެވިދާނެއެވެ. އެހެނީ، އެންމެ ފުރަތަމަ އެއިން ނެތިކޮށްލަނީ ހަސަދަވެރިޔާ ކަމުގައިވާތީއެވެ.

ތިބާ އާއި އަހަރެންނަށްވެސް ހަސަދަވެރިވުން މަނާކުރަމެވެ. އެހެނީ ، އެހެން މީހުންނަށް އޯގާތެރިވެ ރަހުމު ކުރުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސަށް ރަހުމު ކުރަން ޖެހެއެވެ. އެހެން މީހުންނަށް ހަސަދަވެރިވުމުން، އަހަރެމެން، އަހަރެމެންގެ ނަފްސު     ހިތާމަ އާއި އެކަނިވެރިކަމުގެ ތެރެއަށް ހުށަހަޅައެވެ. އަދި އަހަރެމެންގެ އަރާމު ނިދި އެހެން މީހުންނަށްޓަކައި ޤުރުބާން ކޮށްލައެވެ.

ހަސަވެރިޔާ، އަލިފާންގަނޑު ރޯ ކުރެއެވެ. އަދި އެ އަލިފާންގަނޑުގެ ތެރެއަށް ފުންމާލައެވެ. ހަސަދަވެރިކަމުން ގެނެސްދެނީ، ހިތާމަ އާއި އަނިޔާ އާއި ވޭނެވެ. އަދި ކުރިން ހަމަޖެހުން ލިބިފައިވާ ރީތި ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލައެވެ.

ހަސަދަވެރިޔާގެ ނުބައި ކަމަކީ، ﷲ ގެ ޤަދަރާމެދު އޭނާ ވާދަކުރުމެވެ. އަދި އޭނާ ހެއްދެވި ފަރާތަކީ ބޭއިންސާފު ފަރާތެއް ކަމުގައި  ދައުވާ ކުރުމެވެ.

ހަސަދަވެރިކަމަކީ ބައްޔެކެވެ. ނަމަވެސް އެހެން ބަލިތަކާއި ޚިލާފަށް، އެބަލި ޖެހޭ މީހާއަށް އާޚިރަތުގައި އެއްވެސް ހެވެއް ނުވެއެވެ. އޭނާ މަރުވަންދެން ނުވަތަ އެހެން މީހުންގެ ނިޢުމަތްތައް ފިލައިދަންދެން އޭނާ ހުންނާނީ ރުޅި އާއި ނަފުރަތުގެ މަތީގައެވެ. ހަސަދަވެރިޔާ ނޫނީ އެހެން ހުރިހާ އެންމެންވެސް ސުލްހަ ކުރެވެއެވެ. އޭނާ ސުލްހަ ކުރުވޭނެ ހަމައެކަނި ގޮތަކީ ﷲ ދެއްވި ނިޢުމަތްތަޢް ތިބާގެ އަތުން ފިލައިގެން ދިއުމެވެ. ނުވަތަ ތިބާގެ ހުނަރުތަކާއި ހެޔޮ ޢަމަލުތައް ދޫކޮށްލުމެވެ. އޭރުން ހަސަދަވެރިޔާ އަށް އުފާވެރިކަން ލިބެއެވެ. އޭގެ ވިހަ، މައުސޫމް މީހާގެ ހަށިގަނޑަށް ދޫކޮށް ނުލެވޭހާ ހިނދެއްގައި، އެޔަށް ހަމަޖެހުން ނުލިބޭ، ވިހަގަދަ ކަޅު ހަރުފައެއްފަދަ، ހަސަދަވެރިންގެ ލޯތަކުން އަހަރެމެން ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.

ވުމާއެކު، ހަސަވެރިކަމާއި ދުރުވާށެވެ. އަދި ހަސަދަވެރިޔާގެ ކިބައިން ރައްކާތެރިކޮށްދެވުމަށް ﷲ ގެ ހަޟްރަތުން އެދޭށެވެ. އެހެނީ އޭނާ ތާ އަބަދުމެ ތިބާ އަށް ބަލަމުން ދެއެވެ.

 

[1] سورة النساء  54