މި ލިޔުމަކީ ހިތާމަނުކުރާށެވެ! ސިލްސިލާގައި ހިމެނޭ 35 ލިޔުމުގެތެރެއިން 16 ވަނަ ލިޔުމެވެ.

 ދިރިއުޅުން އޮތް ޙާލެއްގައި ބަލައިގަންނާށެވެ.

ދުނިޔޭގެ އަރާމާއި ލައްޒަތަކީ ކުރު އެއްޗެކެވެ. އަދި ގިނަފަހަރަށް އެ އަރާމުތައް ލިބެނީ ހިތާމަތަކަށް ފަހުއެވެ. ދިރިއުޅުމުގެ މާނައަކީ، ޒިންމާ އެވެ.އަދި އެއީ، ދަތި އުނދަގޫތަކާއި އަބަދުވެސް ކުރިމަތިލާންޖެހޭ، އަބަދުމެ  ބަދަލަވަމުންދާ  ދަތުރެކެވެ.

އެއްވެސް ދަތިކަމެއް ނުވަތަ އެނދަގުލެއް ކުރިމަތިނުވާ ބައްޕައެއް، އަތްބެއް، ރަހްމަތްތެރިއެއް ތިބާ  އަކަށް ނުފެންނާނެއެވެ. މާތް ﷲ ދުނިޔެމަތީގައި ހެވާއި ނުބައި ލައްވާފައި  ވެއެވެ. ހެޔޮކަންތައްތަކާއި ފަސާދަކުރުވާ ކަންތައްތަކެވެ. އުފަލާއި ހިތާމައެވެ. އެގޮތުން، ހެޔޮކަންތައްތަކާއި،  ތެދުވެރިކަމާއި އުފަލަކީ ސުވަރުގެ ލިބޭ ކަންކަމެވެ. ނުބައިކަންތައްތަކާއި، ހިތާމަ އަކީ ނަރަކަ އަށް ވާ ކަންކެމެވެ.

ރަސޫލުއްﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ:

أَلَا إِنَّ الدُّنْيَا مَلْعُونَةٌ مَلْعُونٌ مَا فِيهَا إِلَّا ذِكْرُ اللَّهِ وَمَا وَالَاهُ وَعَالِمٌ أَوْ مُتَعَلِّمٌ [1]

މާނައީ: ދަންނާށެވެ! ދުނިޔެ އާއި ދުނިޔޭގައި ވާހާއި އެއްޗަކަށް ވަނީ މަލާމަތް ލިބިގެންނެވެ. މާތް ﷲ ގެ މަތިން ހަނދުމަކުރުމާއި އަދި އެފަދަ އެންމެހާއި ކަމަކާއި ޢިލްމުވެރިޔާ އާއި ޢިލްމު އުގެނޭ ދަރިވަރު ފިޔަވައެވެ.

އެހެންކަމުން ބުރައެއް، ކަންބޮޑުވުމެއްނެތް ފުރިހަމަ ހަޔާތެއް ހޯދަން އަބަދު އުޅުމުގެ ބަދަލުގައި ، ހަޤީޤަތާއި ކުރިމަތިލައި ދިރިއުޅޭށެވެ. އެއިރެއްގައި އުޅެން ޖެހުނު ގޮތަކަށް ދިރިއުޅުން ބަލައިގަންނާށެވެ. ކުށްތަކުން މައުސޫމްވެގެންވާ ބައިވެރިއެއް ނުވަތަ ހުރިހައި ކަމެއް ފުރިހަމަ ހާލަތެއް މި ދުނިޔެއަކުން ނުފެންނާނެ އެވެ. އެހެނީ، މައުސޫމުކަމުގެ ސިފަ އާއި ފުރިހަމަ ކަމުގެ ސިފަ އަކީ މިދުނިޔެ އާއި ބީރައްޓެހި ސިފަތަކެކެވެ. ބަދަލުތައް ގެނައުމަކީ އަހަރެމެންނަށް ލާޒިމުކަމެކެވެ. ފަސޭހަ ގޮތް ޚިޔާރުކޮށް އުދަނގޫ ގޮތް ދޫކޮށްލުމަށެވެ. އަދި އަބަދުވެސް އެހެން މީހުންގެ ކުށްތަކަށް މާފުކުރުމަށެވެ.

جامع الترمذي (حديث رقم 2349) [1]