9. ޞަދަޤާތް ކުރުމަކީ ހިތް ނޭދޭ ކަންކަމުން މީހާ ސަލާމަތްކޮށްދޭ ކަމެއްގެ އިތުރުން ރައްބުވަންތަ އިލާހުގެ ކޯފާއިން ރައްކާތެރިކޮށްދޭ ކަމެކެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ((صَنَائِعُ الْمَعْرُوْفِ تَقِيُّ مَصَارِعِ السُّوْءِ وَصَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِ)) رواه الطبراني حسنه الشيخ الألباني في صحيح الجامع
މާނައީ: ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން ނުރުހޭ ބޮޑެތި ކަންކަމުން އޭނާ ރައްކާތެރި ކޮށްދެއެވެ. އަދި ސިއްރުގައި ކުރެވޭ ޞަދަޤާތުގެ ސަބަބުން ރައްބުވަންތަ އިލާހުގެ ކޯފާއިން ރައްކާތެރި ކޮށްދެއެވެ.
10. ޞަދަޤާތަކީ ހިތްހަރުކަމަށް ވާ ފަރުވާ އެކެވެ.
ނަބިއްޔާ ﷺގެ އަރިހުގައި މީހަކު ހިތްހަރުކަމާއި ގުޅޭގޮތުން ޝަކުވާ ދެންނެވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. ((امْسَحْ رَأْسَ الْيَتِيْمِ، أَطَعِمِ الْمِسْكِيْنَ)) رواه أحمد و حسنه الشيخ الألباني
މާނައީ: ޔަތީމުންގެ ބޮލުގައި ފިރުމާށެވެ. (އެބަހީ: ޔަތީމުންނަށް އަޅާލާށެވެ.) އަދި މިސްކީނުންނަށް ކާންދޭށެވެ.
އެކަލޭގެފާނުގެ މުރާދަކީ ޔަތީމުންނަށް އަޅާލާ އަދި މީސްތަކުންނަށް ކާތަކެތިން ޞަދަޤާތްކުރުމުން އެ ހިތްހަރުކަން ކެނޑިގެން ދާނެ ވާހަކައެވެ.
11. ޞަދަޤާތްކުރުމަކީ ޤިޔާމަތް ދުވަހު ނަރަކައިގެ ޢަޒާބުން މިންޖު ކޮށްދޭނެ ސަބަބެކެވެ.
﴿ وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا ﴾ سورة الانسان:7
މާނައީ: އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ.
މިފަދައިން ހޭދަކުރާ މީހުންނަށް ހުރި މަތިވެރިކަން ބަޔާން ކުރަށް ޖެހިގެން އައި އަޔާތްތަކުގައި އެކަން ﷲ ބަޔާންކުރަށްވަމުން ވަޙިކުރެއްވިއެވެ.
﴿ فَوَقَاهُمُ اللَّـهُ شَرَّ ذَٰلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا ﴾ سورة الانسان:11
މާނައީ: ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((اتَّقُوْا النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَمَنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ )) متفق عليه
މާނައީ: ކަދުރު އޮށެއްގެ މިންވަރު (ޞަދަޤާތް ކޮންގެން ވިޔަސް) ނަރައިން ރައްކާތެރިވާށެވެ.
- ޞަދަޤާތްކުރުމަކީ ކުރެވިފައި ހުންނަ ކުއްފާފަތައް ފޮހެވިގެންދާ ކަމެކެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.(( الصدقَةُ تُطْفِئُ الخطيئةَ كما يُطْفِئُ الماءُ النارَ )) رواه الترمذي وصححه الشيخ الألباني
މާނައީ: ފެނުން އަލިފާން ނިއްވާލާ ފަދައިން ޞަދަޤާތުން ފާފަތައް ފޮހެލައެވެ.
13. ޞަދަޤާތްކުރުމަކީ ﷲގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެކަމެކެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((أَحَبُّ الْأَعْمَالِ إِلَى اللهِ عَزَّ وَجَلَّ سُرُورٌ يُدْخِلُهُ عَلَى مُسْلِمٍ ، أَوْ يَكْشِفُ عَنْهُ كُرْبَةً، أَوْ يَقْضِي عَنْهُ دَيْنًا، أَوْ تَطْرُدُ عَنْهُ جُوْعًا )) أخرجه الطبراني وصححه الشيخ الألباني
މާނައީ: ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. ނުވަތަ ދަތިޙާލަކުން މިންޖު ކޮށްދިނުމެވެ. ނުވަތަ ލޯނެއް އަދާކޮށްދިނުމެވެ. ނުވަތަ ބަނޑުހައިހޫނު ކަމެއް ފިލުވާލަ ދިނުމެވެ.
- ޞަދަޤާތްކުރާ މީހާއަށްޓަކައި ކޮންމެ ދުވަހަކު މަލާއިކަތް ބޭކަލަކު ދުޢާކޮށްދެއްވައެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا ، وَيَقُولُ الآخَرُ : اللَّهُمَّ أَعْطِ مُمْسِكًا تَلَفاً)) متفق عليه
މާނައީ: އަޅުތަކުން ހެނދުނު ކުރާ ކޮންމެ ދުވަހަކު ދެ މަލާއިކަތްބޭކަލަކު ފައިބާވަޑައިގެން ދުޢާކުރައްވާނެތެވެ. އެއް ބޭކަލަކު ވިދާޅުވާނެތެވެ. އޭ ﷲ އެވެ. ހޭދާކުރާ މީހާއަށް އޭގެ ބަދަލު ދެއްވާނދޭވެ! އަދި އަނެއްބޭކަލަކު ދަންނަވާނެތެވެ. އޭ ﷲ އެވެ. (ހޭދަނުކޮށް) ހިފަހަށް މީހާގެ މުދާ ހަލާކު ކުރައްވާނދޭވެ!
15. ޞަދަޤާތުގެ ސަވާބު އޭނާ މަރުވުމަށްވެސް ކެނޑިގެން ނުދެއެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ )) أخرجه مسلم في صحيحه
މާނައީ: އިންސާނާ މަރުވުމުން ތިންކަމަކުން ފިޔަވާ ހުރިހާ ކަމެއް އޭނާގެ ކިބައިން ކެނޑިގެން ދެއެވެ. އެއީ ދެމިގެންދާ ޞަދަޤާތާއި، ފައިދާ ކުރަނިވި ޢިލްމާއި އޭނާއަށްޓަކައި ހެޔޮދުޢާ ކޮށްދޭނެ ޞާލިޙް ރަގަޅު ދަރިއެކެވެ.
16. ޞަދަޤާތް ދިނުމަކީ އޭނާ ސުވަރުގެ ލިބުމަށްވާ ސަބަބެކެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ((أَيُّهَا النَّاسُ أَفْشوا السَّلامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا باللَّيْل وَالنَّاسُ نِيامٌ، تَدخُلُوا الجَنَّةَ بِسَلامٍ.)) رواهُ الترمذيُّ وقالَ: حديثٌ حسنٌ صحيحٌ. وصححه الشيخ الألبانيމާނައީ: އޭ އެންމެހާ މީސްތަކުންނޭވެ! ސަލާމް ފަތުރާށެވެ. އަދި (މީސްތަކުންނަށް) ކާންދީ ހަދާށެވެ. އަދި މީސްތަކުން ނިދާފައި ތިބޭ ވަގުތު ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއި އެކު ސުވަރުގެ ވަންނަ ހުއްޓެވެ.
ކޮންމެއަކަސް ޞަދަޤާތް ދިނުމަކީ އިންތިހާއަށް އޭގެފައި ބޮޑު އަދި އޭގެން ނިކުންނަ ނަތިޖާ އެހާމެ ފޮނި، މުޖުތަމަޢުތަކުގެ އަފުރާދުންގެ މެދުގައި ކޮންމެހެން އޮންނަންޖެހޭ ރިވެތި އާދައެކެވެ. އޭރުން ދުނިޔަވީގޮތުން އެ މުޖުތަމުގައި އުފަލާއި ފާގަތިކަން އޮންނަ ބީދައިން، އާޚިރަތް ދުވަހުގައިވެސް އެބައިމީހުން އެކަމުގެ ސަބަބުން އުފާ ކުރާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿ الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾ سورة البقرة:274
މާނައީ: އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.
އޭﷲއެވެ! އަޅުގަނޑުމެންނަކީ ޞަދަޤާތްކުރުމުގެ މަތިވެރި ކަމުގައި ހިފާ އެކަމުގެ ބަރަކާތުގެ ސަބަބުން ދެދުނިޔޭގެ އުފާ ޙާޞިލްވާ ބައެއްކަމުގައި ލައްވާށި. އާމީން!
ނިމުނީ