ބިސްމިންކިޔުން (1): ބިސްމީގެ ތަފްސީރު
އިސްބަސް الْحَمْدُ لله رَبِ الْعَالَمِيْن وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا وَحَبِيْبِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. އިންސާނާގެ ދިރިއުޅެންވީ ގޮތުގެ އެންމެ ފުރިހަމަ ނިޒާމަކީ އިސްލާމްދީނެވެ. އެހެނީ އިސްލާމްދީނަކީ ޝާމިލު އަދި ކާމިލު ދީނެކެވެ. ޚަލްޤުތަކުންގެ ހުރިހާ ކަމަކަށް ރިއާޔަތް ކުރެވިގެން އައިސްފައިވާ ދީނެކެވެ. އެގޮތުގެމަތިން އިސްލާމްދީނުގައި އިންސާނާގެ ޙާލަތައް ވަރަށް ފުރިހަމައަށް ރިއާޔަތްކުރައްވާ ޙުކުމްތައް ޝަރުޢުކުރައްވާފައި ...