ހިތާމަނުކުރާށެވެ (31) : ފާފަފުއްސެވުމަށްއެދި ދަންނަވާށެވެ!

ލިޔުއްވީ: |2020-10-14T20:18:16+05:00October 14th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ سورة نوح ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.  އަދި ...

ހިތާމަނުކުރާށެވެ (32): ފާފަކުރުމުގެ ނުބައި ނަތީޖާ

ލިޔުއްވީ: |2020-10-31T20:59:04+05:00October 28th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

  ފާފަކުރާ މީހާ އާއި މާތް ﷲ އާ ދެމެދު ފަރުދާ އެއް މެދުވެރިވުން. كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ. (سورة المطففين)   ފާފަކުރުމުގައި ދެމިހުރެއްޖެނަމަ، ނާއުއްމީދުވުން.   ފާފަކުރާ މީހާ ފިކުރުބޮޑުވުމާއި، ކަންބޮޑުވާއި ހާސްކަމެއްގެ ތެރޭގައި އުޅެން ޖެހުން. لَا يَزَالُ بُنْيَانُهُمُ الَّذِي ...

ހިތާމަނުކުރާށެވެ (33) : ޤުރުއާން- ބަރަކާތްތެރި ފޮތް

ލިޔުއްވީ: |2020-10-31T20:52:19+05:00October 31st, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިބާ ޤުރުއާން ކިޔަވައި އަދި އާޔަތްތަކާމެދު  ވިސްނުން ހިންގައިފިނަމަ، އެއީ އުފާވެރިކަން ޙާޞިލްވުމާއި ގާތަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މާތް ﷲ ޤުރުއާން ސިފަކުރައްވާފައިވަނީ، ޤުރުއާނަކީ ހިދާޔަތެއް، ނޫރެއް، އަދި ޝިފާ އެއް ކަމުގައެވެ. އަދި އެއީ ރަޙުމަތެއް ކަމުގައެވެ. يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ...

ހިތާމަނުކުރާށެވެ (34) : ހަތަރު ކަމަކުން ދުރުހެލިވާށެވެ.

ލިޔުއްވީ: |2020-11-04T20:56:08+05:00November 4th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

  އަންނަނިވި ކަންކަމަކީ އެކަންކަމުގެ ސަބަބުން އުފާވެރިކަމާއި ހަމަޖެހުން ގެއްލިގެންދާ ކަންކަމެވެ. ވީމާ، އެކަންކަމުން ދުރުހެލިވެ، އެއްކިބާ ވާށެވެ. ޝަކުވާ ކުރުމާއި މާތް ﷲ ގެ މިންވަރުފުޅާމެދު ހިތްހަމަނުޖެހި ރުޅިއައުން. ފާފަކުރުން، އަދި ފާފަކުރުމަށްފަހު ތަޢުބާ ނުވުން. أَوَلَمَّا أَصَابَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٦٥﴾ ...

ހިތާމަނުކުރާށެވެ (35) : ހެވާއި ނުބައި ގެނެސްދެމުން ދުވަސްތައް ދައުރުވަމުން ދެއެވެ.

ލިޔުއްވީ: |2020-11-07T20:34:55+05:00November 7th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ބަޤީ އިބްނު މުޚާލިދު އާލާސްކަންފުޅާ އުޅުއްވަނިކޮށް އިމާމު އަޙްމަދުގެފާނު އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މިފަދައިން ދެންނެވިއެވެ. "އޭ ބަޤީ އެވެ. މާތް ﷲ ގެ ޖަޒާ އާމެދު އުފާކުރާ ށެވެ. ދުޅަހެޔޮ ކަންމަތީ ތިބޭ ދުވަސްތަކުގައި ބަލިމަޑުކަމެއް ނުވެއެވެ. އަދި ބަލިމަޑު ކަމާއި ކުރިމަތިލާން ޖެހޭ ދުވަސްތަކުގައި ދުޅަހެޔޮ ކަމެއް ނުވެއެވެ." މީގެ މާނައަކީ،  ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ދުވަސްތަކުގައި، ބަލިމަޑުކަމާމެދު އެއްވެސް މީހަކު ފިކުރެއް ނުކުރެއެވެ. ...

Load More Posts