ޢާއިލީ ހެޔޮ ބިންގާ (1): ދެމަފިރިންގެ ޙައްޤުތައް

ލިޔުއްވީ: |2020-06-14T20:19:47+05:00June 14th, 2020|އަޚްލާޤު, ފިޤުހު, ދީން|

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށް ގޮވާލާ އިލާހީ ދީނެކެވެ. އިސްލާމްދީން މީސްތަކުން ޖަހާލަތާއި ފަސާދައާއި އަނިޔާވެރިކަމުގެ ތެރެއިން މިންޖުކޮށް ރިވެތި އަޚްލާޤާއި ސުލޫކުގެ ތެރެއަށް ގެނެސްދިނެވެ. އެގޮތުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދައި އަޚްވަންތަ މުޖްތަމަޢައެއް ބިނާ ކުރިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މި ދީނުގައި ހަރުދަނާ އުޞޫލުތަކަކާއި ޤަވާޢިދު ތަކެއް ކަނޑައަޅުއްވާފައެވެ. މުޖުތަމައުގެ ބިންގާގެ ގޮތުގައި ޢާއިލާތައް ބިނާކުރާނެގޮތްތައް ބަޔާން ...

ޢާއިލީ ހެޔޮ ބިންގާ (2): ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް

ލިޔުއްވީ: |2020-06-22T11:17:53+05:00June 22nd, 2020|އަޚްލާޤު, ފިޤުހު, ދީން|

އިސްވެ ދިޔަ ބައި ވާނީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަދާކުރަންޖެހޭ ބައެއް ޙަޤުތަކަށް އަލި އަޅުވާލާފައެވެ. އޭގެއިތުން އަދާކުރަން ޖެހޭ ޙައްޤުތަކުގެ ތެރޭގައި: އުނގެނުން: އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާއި ވާޖިބުތައް އެނގޭނޭ މިންވަރަށް ޢިލްމު އުނގަންނައި ދިނުމަކީ އަނބިމީހާގެ ޙައްޤުގައި ފިރިމީހާ ކޮންދޭންޖެހޭ ކަމެކެވެ. އަދި އަނބިމީހާއަށް އުނގަންނައި ދިނުމުގެ ޤާބިލުކަން ފިރިމީހާގެ ކިބައިގާ ނެތްނަމަ ތަޢުލީމީ މަރުކަޒުތަކަށްގޮސް ކިޔެވުމުގެ އިޛްނަ ދޭންޖެހޭނެއެވެ. އެހެނީ އެންމެ ކުޑަމިނުން ތިމާގެ އަމިއްލަ ...

ޢާއިލީ ހެޔޮ ބިންގާ (3): ދެމަފަރިން ބައިވެރިވާ ޙައްޤުތަކާއި ވާޖިބުތައް

ލިޔުއްވީ: |2020-06-29T21:26:12+05:00June 29th, 2020|އަޚްލާޤު, ފިޤުހު, ދީން|

ދެމަފިރިން އެއްބަޔަކު އަނެއްބަޔަކަށް ޚާއްޞަ ވެގެންވާ ޙައްޤުތަކެއް ވާ ފަދައިން ދެމަފިރިން ބައިވެރިވާ ޙައްޤުތަކެއްވެސް ވެއެވެ. އެހެނީ އެއީ ދެމަފިރިން ފުރިހަމައަށް އޭގައި ހިމެނިގެންދާ ޙައްޤުތަކެކެވެ. މިގޮތުން އަންނަނިވި ޙައްޤުތައް ހިމަނާލާނަމެވެ. ދެމަފިރިކަމުގެ ގުޅުން ދެމަފިރިން އެކަކު އަނެކަކަށް ބައިވެރިވާ އެއް ޙައްޤަކީ ދެމަފިރިކަމުގެ ގުޅުމުގެ ޙައްޤެވެ. އެބަހީ އެކަކު އަނެކަކުގެ ކިބައިން ލިބިގަންނަ ޖިންސީ އުފާވެރިކަމުގެ ލައްޒަތެވެ. ފިރިމިހާގެ ކިބައިން އަނބިމީހާއަށް އަރާމު ލިބިގަތުމުގެ ޙައްޤު ލިބޭ ފަދައިން ...