About ޒާހިޔާ ނަޢީމް

This author has not yet filled in any details.
So far ޒާހިޔާ ނަޢީމް has created 36 blog entries.

ހިތާމަނުކުރާށެވެ. (15) : ތިބާއަށް ތިބާގެ ގެ ފުދިގެން ވެއެވެ.

ލިޔުއްވީ: |2020-08-08T18:31:45+05:00August 8th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިބާއަށް ތިބާގެ ގެ ފުދިގެން ވެއެވެ. އަހަރެމެންގެ ދީނުގައި "އެކަހެރިވުން" މިބަހުގައި ވަރަށް ޚާއްޞަ މާނައެއް އެކުލެވިގެން ވެއެވެ. އެއީ، ނުބައިކަންތައްތަކުންނާއި އެފަދަ ޢަމަލު ކުރާ މީހުންގެ ކިބައިން އެކަހެރިވެގެން ހުރުމުވެ. އަދި ވިސްނުމެއްނެތް ތާކުންތާކު ނުޖެހޭ މީހުންނާއި ދުރުވުމެވެ. މިގޮތަށް ތިބާ ނުބައިކަންކަމުން އެކަހެރިވެއްޖެނަމަ   ފުންކޮށް ވިސްނުމަށް ފުރުޞަތު ލިބިގެންދެއެވެ. އަދި ހިދާޔަތުގެ ފެހި ބިންތަކުން ފައިދާ ހާޞިލުކުރެވޭނެއެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން ދުރުލެހިކުރުވާ ޢަމަލުތަކުން  ތިބާ ...

ހިތާމަނުކުރާށެވެ! (14) : ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟   

ލިޔުއްވީ: |2020-08-05T22:09:51+05:00August 5th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟    މާތް ﷲ ވަޙީކުރައްވާފައިވެއެވެ. أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (سورة الرعد 28 ) މާތް ﷲ ހަނދުމަކުރުމަށްވުރެ ބޮޑަށް، ހިތަށް ހަމަޖެހުން ގެނެސްދޭ، ހެޔޮ ޖަޒާ ދެއްވާ ޢަމަލެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ...

ހިތާމަނުކުރާށެވެ! (13) : މާތް ﷲ އީ ދުޢާ އިޖާބަކުރައްވާ އިލާހެވެ.

ލިޔުއްވީ: |2020-07-22T23:16:57+05:00July 22nd, 2020|އަޚްލާޤު, ޢަޤީދާ, ދީން|

އެއީ  އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ  އިޖާބަކުރައްވާ ރަސްކަލާނގެ ނޫންހެއްޔެވެ؟   ﴿ أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ قَلِيلًا مَّا تَذَكَّرُونَ ﴾[1] މާނައީ: ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، ...

ހިތާމަނުކުރާށެވެ!

ލިޔުއްވީ: |2020-07-12T00:07:55+05:00July 11th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ނުވަތަ، اللَّه ގެ ފަޟްލަވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން  މީސްތަކުންނަށް ޙަސަދަ ވެރި ވަނީހެއްޔެވެ؟ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ ﴾[1] މާނައީ: ނުވަތަ، اللَّه ގެ ފަޟްލަވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟ ހަސަދަވެރިކަމުގެ ބަލީގެ ސަބަބުން، އަސަރުކޮށް ފަނާކުރަނީ ހަމައެކަނި ތިބާގެ ...

ހިތާމަނުކުރާށެވެ! (11) : ޤަޟާ ޤަދަރު

ލިޔުއްވީ: |2020-07-08T21:35:06+05:00July 8th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

ޤަޟާ ޤަދަރު ﴿ مَا أَصَابَ مِن مُّصِيبَةٍ فِي الْأَرْضِ وَلَا فِي أَنفُسِكُمْ إِلَّا فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴾[1] މާނައީ: އެއްވެސް މުޞީބާތެއް، ތިމަންރަސްކަލާނގެ އެ މުޞީބާތެއް  ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: ލައުޙުލް މަޙްފޫޡްގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވިޔަސް އައިސް ނުޖެހެއެވެ. ގަލަމުގެ ...

ހިތާމަނުކުރާށެވެ! (10): ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.

ލިޔުއްވީ: |2020-07-04T20:25:39+05:00July 4th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ﴿إِنَّ مَعَ الْعُسْرِ يُسْرًا ﴾[1] މާނައީ: ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ބަނޑުހައި ހޫނުކަމަށްފަހު ވަނީ ކެއުމެވެ. ކަރުހިއްކުމަށްފަހު ވަނީ ބުއިމެވެ. ވަރުބަލިކަމަށްފަހު ވަނީ ނިދުމެވެ އަދި ބަލިވުމަށްފަހު ދުޅަހެޔޮކަން ލިބެއެވެ. މަގު ގެއްލިފައިވާ މީހުންނަށް އެމީހުންގެ މަގު ފެންނާނެއެވެ. އުދަނގޫކަމުގައިވާ މީހުންނަށް ފަސޭހަކަން ލިބޭނެއެވެ. އަދި ރޭގަނޑު ވުމަށްފަހު ދުވާލު އަންނާނެއެވެ. ﴿فَعَسَى اللَّـهُ أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ﴾[2] ...

ހިތާމަނުކުރާށެވެ! (9) : ނަކަލު ކުރާ މީހަކަށް ނުވާށެވެ.

ލިޔުއްވީ: |2020-07-01T21:45:48+05:00July 1st, 2020|އަޅުކަން, ޢަޤީދާ, ދީން|

ނަކަލު ކުރާ މީހަކަށް ނުވާށެވެ. ތިބާ ގެ ނެތް ކަމެއް ދައްކައިގެން ތިބާގެ ނަފްސު ބަދަލުކުރަން ނޫޅޭށެވެ. އަދި އެހެން މީހުން ނަކަލު ނުކުރާށެވެ.  ވަރަށް ގިނަ މީހުންނަކީ އެހެން މީހުން ނަކަލު ކުރުމަށްޓަކައި، އަމިއްލަ އަޑު ވެސް ހަނދާން ނެތޭ ކަމަށް ހަދާ މީހުންނެވެ. އެމީހުންގެ ހަރަކާތްތައް ވެސް މެއެވެ. އެމީހުންގެ ޢަމަލުތަކާ ވިސްނުން ވެސް މެއެވެ. އަދި އާދަތައްވެސް މެއެވެ. މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ތަކުގެ ...

ހިތާމަނުކުރާށެވެ! (8) : ފޫހިވުމުން ދުރުހެލިވުމަށްޓަކައި މަސައްކަތުގައި މަޝްޣޫލުވާށެވެ.

ލިޔުއްވީ: |2020-07-01T21:48:58+05:00June 27th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ފޫހިވުމުން ދުރުހެލިވުމަށްޓަކައި މަސައްކަތުގައި މަޝްޣޫލުވާށެވެ. ދިރިއުޅުމުގައި ކުރާނެ ކަމެއްނެތި  އުޅޭ މީހުންނަކީ ގިނަފަހަރަށް، ހަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގައި އެމީހުންގެ ވަގުތުތައް ބޭކާރު ކުރާމީހުންނެވެ. ﴿ رَضُوا بِأَن يَكُونُوا مَعَ الْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴾   (سورة التوبة 87  ) މާނައީ: (ހަނގުރާމަޔަށް ނުގޮސް) ގޭގައި ތިބޭ އަންހެނުންނާ އެކުގައި ވުމަށް، އެއުރެން ރުހުނޫއެވެ. އަދި އެއުރެންގެ ހިތްތަކުގައި ސިއްކަ ...

ހިތާމަނުކުރާށެވެ! (7) : އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ލިޔުއްވީ: |2020-06-21T15:15:07+05:00June 20th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ޞަދަޤާތަކުން އެންމެ ފުރަތަމަ ފައިދާ އެއް ކުރާނީ އެ ޞަދަޤާތް ދިން މީހާއަށެވެ. އެއީ އޭނާ ގެ އަމިއްލަ ނަފްސަށާއި އޭނާގެ ޢަމަލުތަކަށް އަންނަ ބަދަލުތައް ފެނި އޭނާ އަށް ލިބޭ ހަމަޖެހުމުގެ ސަބަބުންނެވެ. އަދި އަނެކާގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުން ފެނި، ލިބޭ ހިތް ހަމަޖެހުމުގެ ސަބަބުންނެވެ. ތިބާ އަށް އުނދަގުލެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެހެން ...

ހިތާމަނުކުރާށެވެ! (6): މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ.

ލިޔުއްވީ: |2020-06-17T20:30:25+05:00June 17th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ. މާޒީ އާއި މާޒީގައި ހިނގާފައިވާ ކާރިސާ ތަކާއި މެދު ވިސްނައި ހިތާމަކުރުން މަތީ ދެމިހުރެއްޖެ މީހަކީ މޮޔަ އެއް ފަދަ މީހެކެވެ. އެއީ އެމީހާގެ، މިހާރުގެ ދިރިއުޅުމުގެ އަމާޒު ހަލާކު ކޮށްލާ ބައްޔެކެވެ. ވަރުގަދަ އަޒުމެއްގެ ވެރިން އެމީހުންގެ މަޤުޞަދުގައި ސާބިތުވެ، މާޒީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ނައްތާލައެވެ. އެކަންކަމުން ދެން ދުވަހަކުވެސް އަލިކަމެއް ނުފެންނާނެއެވެ. އެހެނީ ސިކުނޑީގައި އެފަދަ ކަންކަން ވަނީ ...

Load More Posts