ހިތާމަނުކުރާށެވެ! (7) : އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ.

ލިޔުއްވީ: |2020-06-21T15:15:07+05:00June 20th, 2020|އަޚްލާޤު, އެހެނިިހެން, ޢަޤީދާ, ދީން|

އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ  ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ޞަދަޤާތަކުން އެންމެ ފުރަތަމަ ފައިދާ އެއް ކުރާނީ އެ ޞަދަޤާތް ދިން މީހާއަށެވެ. އެއީ އޭނާ ގެ އަމިއްލަ ނަފްސަށާއި އޭނާގެ ޢަމަލުތަކަށް އަންނަ ބަދަލުތައް ފެނި އޭނާ އަށް ލިބޭ ހަމަޖެހުމުގެ ސަބަބުންނެވެ. އަދި އަނެކާގެ މޫނުމައްޗަށް ވެރިވާ ހިނިތުންވުން ފެނި، ލިބޭ ހިތް ހަމަޖެހުމުގެ ސަބަބުންނެވެ. ތިބާ އަށް އުނދަގުލެއް ނުވަތަ މުޞީބާތެއް ކުރިމަތިވެއްޖެނަމަ، އެހެން ...

ހިތާމަނުކުރާށެވެ! (6): މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ.

ލިޔުއްވީ: |2020-06-17T20:30:25+05:00June 17th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

މާޒީ ތާއަބަދަށް އަލްވަދާއު ކިޔައިފިއެވެ. މާޒީ އާއި މާޒީގައި ހިނގާފައިވާ ކާރިސާ ތަކާއި މެދު ވިސްނައި ހިތާމަކުރުން މަތީ ދެމިހުރެއްޖެ މީހަކީ މޮޔަ އެއް ފަދަ މީހެކެވެ. އެއީ އެމީހާގެ، މިހާރުގެ ދިރިއުޅުމުގެ އަމާޒު ހަލާކު ކޮށްލާ ބައްޔެކެވެ. ވަރުގަދަ އަޒުމެއްގެ ވެރިން އެމީހުންގެ މަޤުޞަދުގައި ސާބިތުވެ، މާޒީގައި ހިނގާފައިވާ ކަންކަން މަތިން ހަނދާން ނައްތާލައެވެ. އެކަންކަމުން ދެން ދުވަހަކުވެސް އަލިކަމެއް ނުފެންނާނެއެވެ. އެހެނީ ސިކުނޑީގައި އެފަދަ ކަންކަން ވަނީ ...

ޢާއިލީ ހެޔޮ ބިންގާ (1): ދެމަފިރިންގެ ޙައްޤުތައް

ލިޔުއްވީ: |2020-06-14T20:19:47+05:00June 14th, 2020|އަޚްލާޤު, ފިޤުހު, ދީން|

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށް ގޮވާލާ އިލާހީ ދީނެކެވެ. އިސްލާމްދީން މީސްތަކުން ޖަހާލަތާއި ފަސާދައާއި އަނިޔާވެރިކަމުގެ ތެރެއިން މިންޖުކޮށް ރިވެތި އަޚްލާޤާއި ސުލޫކުގެ ތެރެއަށް ގެނެސްދިނެވެ. އެގޮތުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދައި އަޚްވަންތަ މުޖްތަމަޢައެއް ބިނާ ކުރިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މި ދީނުގައި ހަރުދަނާ އުޞޫލުތަކަކާއި ޤަވާޢިދު ތަކެއް ކަނޑައަޅުއްވާފައެވެ. މުޖުތަމައުގެ ބިންގާގެ ގޮތުގައި ޢާއިލާތައް ބިނާކުރާނެގޮތްތައް ބަޔާން ...

ހިތާމަނުކުރާށެވެ (5): ނިޢުމަތްތަކާ މެދު ވިސްނާ ފިކުރުކޮށް ޝުކުރު ވެރިވާށެވެ.

ލިޔުއްވީ: |2020-06-13T22:35:04+05:00June 13th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ނިޢުމަތްތަކާ މެދު ވިސްނާ ފިކުރުކޮށް ޝުކުރުވެރިވާށެވެ. ތިބާ އަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދުމަ ކުރާށެވެ. އަދި އެ ނިޢުމަތްތައް ތިބާގެ ވަށައިލެވިފައިވާ ގޮތާއިމެދު ވިސްނާ ފިކުރު ކުރާށެވެ. ވަށައިގެންވާ ހުރިހާ ފަރާތަކުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ  ﴾(سورة ابراهيم 34) މާނައީ: اللَّه ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ...

ހުކުރުދުވަހުގެ ފައިދާތައް (3)

ލިޔުއްވީ: |2020-06-11T22:59:24+05:00June 11th, 2020|އަޚްލާޤު, ދީން|

ކުޑަކުދިންނަށްވެސް، އެކުދިންގެ ޢުމުރުން ހަތްއަހަރުވުމުން އެހެނިހެން ނަމާދުތަކަށްވެސް އެކުދިންނަށް އަމުރު ކުރާފަދައިން ހުކުރު ނަމާދުގެ ޖަމާޢަތައް އަމުރުކޮށް އެކަމަށް ބާރުއަޅާށެވެ. އެކަމަކީ އެކުދީން ބޮޑުވަމުން އަންނައިރު އެކުދީންގެ ތަރުބިއްޔަތަށް އޭގެ ހެޔޮ އަޘަރުކުރާނެ ކަމެކެވެ. އެހެނީ އެކަމަށް ޞައްޙަ ސުންނަތުގައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ އުންމަތަށް އިރުޝާދުދެއްވާފައެވެ.((مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ ...

ހިތާމަނުކުރާށެވެ! (4)

ލިޔުއްވީ: |2020-06-10T21:29:19+05:00June 10th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ކިސްރާ ރަސްގެފާނާއި މުސްކުޅި އަންހެން މީހާ. ބުޒްރު ޖަމްހަރު ނަމަކަށް ކިޔާ ފާރިސްކަރައިގެ ޙިކުމަތްތެރިއަކު، ކިސްރާ ރަސްގެފާނާއި މުސްކުޅި އަންހެން މީހާގެ ވާހަކަ ކިޔައިދިނެވެ. ކިސްރާ ރަސްގެފާނުގެ ގަނޑުވަރު ހުންނަ ސަރަހައްދުގައިވާ، ކުޑަ ބިމެއްގައި އެ އަންހެން މީހާ ގެ ކުޑަ ޖިފުޓި އެއް ހުރެއެވެ. އަދި އެތަނުގައި އޭނާ ކުކުޅެއް ގެންގުޅުނެވެ. އެއްދުވަހަކު އެ އަންހެން މީހާ އެހެން އަވަށަކަށް ދަތުރަކު ދާން ޖެހުނެވެ. އަދި އޭނާ ފުރުމުގެ ...

ސުވަރުގޭގައި ގަނޑުވަރުތަކެއް ބިނާ ކުރުމަށް އެދެންހެއްޔެވެ؟

ލިޔުއްވީ: |2020-06-07T20:38:32+05:00June 7th, 2020|އަޚްލާޤު, ދީން|

އަޅުގަނޑުމެން މި ދުނިޔެ މަތީގައި ޙަޔާތް ހޭދަ ކުރަމުން ދާއިރު، އަޅުގަނޑުމެން ދިރިއުޅޭނެ ގެއެއް ބިނާ ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެތައް ވަގުތެއް ހޭދަ ކޮށްގެން ފައިސާ ހޯދައި އަދި ތިމާގެ އެތައް ވަގުތުތަކެއް ގެ ބިނާ ކުރުމަށް ހޭދަކުރެއެވެ. ބުރަ މަސައްކަތާއެކު ބިނާކުރާ މިގެ ފަނާވެގެން ދިއުމަކީވެސް އެހާމެ ގާތް ކަމެކެވެ. ގުދުރަތީ ހާދިސާއަކުން ނުވަތަ މީސްތަކުން ކުޅަ ޢަމަލެއްގެ ސަބަބުންނެވެ. މި ފަނާކުރަނިވި ދުނިޔޭގައިވާ ...

ހިތާމަނުކުރާށެވެ! (3)

ލިޔުއްވީ: |2020-06-06T22:50:54+05:00June 6th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

އާޑަ ފުރައްސާރައާއި ކުރިމަތިލާނީ ކިހިނެއް؟ ތަންދޮރު ނުދަންނަ ޖާހިލުން، އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ، ޚަލްޤުކުރައްވައި އަދި ރިޒްޤުދެއްވާ މާތް ﷲ އަށް ހަޑި ހުތުރު ބަސްތަކުން ނަފްރަތާއި މަލާމާތް ރައްދު ކުރިއެވެ. ވުމާއެކު، ކުށް ފާފައިން މަޢުސޫމްވެގެން ނުވާ އަހަރެމެން އިންސާނުން، މީސްތަކުންގެ ކިބައިން އުއްމީދު ކުރާނީ  ފަހެ ކޮންކަމަކަށް ހެއްޔެވެ؟ ތިބާއަށް އަބަދުވެސް މީހުންގެ އާޑަ ކިޔުމާއި ފުރައްސާރަ އާއި ކުރިމަތިލާންޖެހޭނެއެވެ. އެއީ ...

ހިތާމަނުކުރާށެވެ! (2)

ލިޔުއްވީ: |2020-06-03T17:40:36+05:00June 3rd, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިބާއަށް  ލިބިފައިވާ ދުވަހަކީ ހަމަ އެކަނި މިއަދެވެ. ތިބާ ހެނދުނު ކޮށްފިނަމަ ހަވީރު ލިބިދާނެކަމަށް އުއްމީދު ނުކުރާށެވެ. ތިބާގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމުގައި ދެކިގެން ދިރިއުޅޭށެވެ. އޭގައިވާ ނުބައިކަމަކާއި އަދި ހެޔޮކަމަކާއެކު  އިއްޔެ އަހަރުމެންނަށް އަލްވަދާއު ކިޔައިފިއެވެ. އަދި މާދަމާ އަހަރެމެންނާ ބައްދަލެއް ނުކުރެއެވެ. ތިބާގެ އުމުރަކީ އެއް ދުވަހެވެ. ތިބާ އެދުވަހު ދުނިޔެއަށް ނޭވާ ލައިފިނަމަ، ހަމަ އެދުވަސް ނިމުމާއެކު ތިބާ ގެ ނިމުންވެސް އަތުވެދާނެ ...

ޞަދަޤާތްކުރުމުގެ މޭވާ (2)

ލިޔުއްވީ: |2020-06-03T04:47:19+05:00June 2nd, 2020|އަޚްލާޤު, ދީން|

9.  ޞަދަޤާތް ކުރުމަކީ ހިތް ނޭދޭ ކަންކަމުން މީހާ ސަލާމަތްކޮށްދޭ ކަމެއްގެ އިތުރުން ރައްބުވަންތަ އިލާހުގެ ކޯފާއިން ރައްކާތެރިކޮށްދޭ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ((صَنَائِعُ الْمَعْرُوْفِ تَقِيُّ مَصَارِعِ السُّوْءِ وَصَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِ)) رواه الطبراني حسنه الشيخ الألباني في صحيح الجامع މާނައީ: ކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުން ނުރުހޭ ބޮޑެތި ކަންކަމުން އޭނާ ރައްކާތެރި ކޮށްދެއެވެ. އަދި ސިއްރުގައި ކުރެވޭ ޞަދަޤާތުގެ ...

Load More Posts