ތިބާ، ބީރައްޓެހި ދަތުރުވެރިޔަކު ކަމުގައިވާށެވެ!

ލިޔުއްވީ: |2020-09-12T15:37:08+05:00September 4th, 2020|ދީން, ޕްރޮޑަކްޓިވިޓީ|

  ދުނިޔޭގެ ޙަޔާތަކީ ގުނާލެވޭ މަދު ދުވަސްކޮޅެއް ކަމުގައި ނޫނީ ނުވެއެވެ. ވަކިން ޚާއްޞަކޮށް މިޖީލުގެ މީހުންގެ ޢުމުރަކީ ފަސްދޮޅަހަކަށް އަހަރެވެ. މީގެ ކުރީގެ ޖީލުތަކުގެ މީހުންނަށް ދިގު ޢުމުރެއް ލިބިގެންވާކަން ތާރީޚު ހެކިދެއެވެ. އެގޮތުން ނޫޙުގެ ފާނުގެ ޢުމުރާބެހޭގޮތުން ކީރިތި ޤުރުއާނުގައި އަންގަވަނީ އެކަލޭގެފާނު 1000 އަހަރަށްވުރެ 50 އަހަރު މަދުކޮށް ދުނިޔޭގައި އުޅުނު ކަމުގައެވެ. އެބަހީ އެކަލޭގެފާނުގެ ޢުމުރުފުޅަކީ 950 އަހަރުފުޅެވެ. ﴿وَلَقَدْ أَرْسَلْنَا نُوحًا إِلَى ...

ހިތާމަނުކުރާށެވެ (22) :ލުނބޮއެއް ފޮނި ބުއިމަކަށް ބަދަލުކޮށްލާށެވެ.

ލިޔުއްވީ: |2020-09-02T19:57:22+05:00September 2nd, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ބުއްދިވެރި ހުނަރުވެރި މީހުން އެމީހުންނަށް ލިބިފައިވާ ގެއްލުންތައް ފައިދާއަށް ބަދަލު ކުރެއެވެ.  އެ ހުނަރު ލިބިފައިނުވާ މީހާ، އޭނާ އަށް ކުރިމަތިވެފައިވާ  މުޞީބާތް ދެ މުޞީބާތަށް ހަދައި އޭނާ އަށް ލިބިފައިވާ ގެއްލުމާއި ދަތިކަން އިތުރަށް ބޮޑުކޮށްލައެވެ. މައްކާ ދޫކޮށް ހިޖުރަ ކުރެއްވުމަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަށް މަޖުބޫރުވެ ވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު ދީނަށް ގޮވާލެއްވުން ދޫނުކުރައްވާ މަދީނާ ގައި އެކަން ކުރިޔަށް ގެންދެވިއެވެ. އިމާމް އަޙްމަދު ...

ހިތާމަނުކުރާށެވެ (21) : މުޅި ދުނިޔޭގެ ބަރުދަން ތިބާގެ ކޮނޑުގައި ނުއުފުލާށެވެ.

ލިޔުއްވީ: |2020-08-29T21:07:34+05:00August 29th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ހަނގުރާމައިގެ މައިދާނުގައި ނޫނަސް ހަނގުރާމަ ކުރާ މީހުން އުޅެއެވެ. އެއީ އެބައިމީހުންގެ ނަފްސުގެ ތެރޭގައި ހައްދު ފަހަނައަޅާފައިވާ ރުޅިވެިރިކަމަކާއި ދެކޮޅު ވެރިކަމެއްވާ މީހުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަނީ އެބައިމީހުންގެ ކޮޓަރީގައި، އޮފީހުގައި ނުވަތަ ގޭގައެވެ. އެއީ ، އޭގެ ސަބަބުން، ނުރަނގަޅު އަޚްލާޤާއި ލޭ މައްޗަށް ދިޔުން ނަތީޖާ އަކަށް ވެގެންދާ ހަނގުރާމަ އެވެ. މިބައިމީހުން ކޮންމެ ކަމަކާއިވެސް ރުޅި އާދެއެވެ. ތަކެތީގެ އަގު މައްޗަށް ދިޔަސް، ވާރޭ ވެހުން ...

އާޝޫރާ ދުވަސް ހޮނިހިރު ދުވަހާއި ދިމާވުމުން ރޯދަ ހިފޭނެތަ؟

ލިޔުއްވީ: |2020-08-28T17:28:18+05:00August 28th, 2020|އަޅުކަން, ފިޤުހު, ދީން|

ހޮނިހިރު ދުވަހު ޚާއްޞަކޮށް ހަމައެކަނި އެދުވަހުގައި ސަބަބެއް ނުވާ ރޯދަހިފުން އެއީ ނަހީކުރެއްވިގެން ވާކަމެއް ކަމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްގައިވެއެވެ. މިފަދަ ނަހީއެއް ވާރިދުފައި ވާއިރު ޢާޝޫރާ ދުވަސް ފަދަ ދުވަހެއް ހޮނިހިރު ދުވަހާ ދިމާވާ ހިނދު ހޮނިހިރު ދުވަހުގައި އެ ރޯދަ ހިފުން ހުއްދަވާނެ ތޯ ކުރެވޭ ބަހުސްގެ ޚުލާޞާ ތިރީގައި މިވަނީއެވެ.   ހޮނިހިރު ދުވަހުގެ ރޯދަ ހިފުން ނަހީކުރެއްވި ޙަދީޘް: ...

ޢާޝޫރާ ދުވަސް

ލިޔުއްވީ: |2020-08-27T21:07:22+05:00August 27th, 2020|އަޅުކަން, ފިޤުހު, ދީން|

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބައެއް ވަގުތުތައް އަނެއްބައި ވަގުތުތަކުގެ މައްޗަށް މާތް ކުރައްވާފައެވެ. އަދި އެއްބައި ޢަމަލުތައް އަނެއްބައި ޢަމަލުތަކެއްގެ މައްޗަށް މާތް ކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ޒިކުރާ އަޅުގަނޑުމެންނަށް އާކޮށްދެމުން އަޅުގަނޑުމެންނާއި ބައްދަލު ކޮށްފައި މިވަނީ ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހެވެ. މުޙައްރަމް މަހަކީ ހުރުމަތްތެރި ކުރެވިގެންވާ ހަތަރު މަހުގެ ތެރެއިން މަހެކެވެ. އެމަހުގައި  ސުންނަތް ...

ހިތާމަނުކުރާށެވެ (20) : އެންމެ މޮޅީ ރިވެތިވެގެންވާ ކެތްކުރުމެކެވެ.

ލިޔުއްވީ: |2020-08-26T22:25:50+05:00August 26th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

އެންމެ މޮޅީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. އުދަނގޫ ތަކާއި ކުރިމަތިވުމުން، ހިތްވަރާއި ކެތްތެރިކަމާއިއެކު އެކަންކަމާއި ކުރިމަތިލާ މީހުންނަކީ ވަރަށް މަދު ބައެކެވެ. އެފަދަ ކަމަކާއި ކުރިމަތިވުމުން  މި ސުވާލުތައް އަމިއްލަ ނަފްސާއި ކޮށްލުމަށްފަހު އެކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ. ތިބާ އާއި އަހަރެން ކެތްތެރި ނުވެ، ދެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެހެން ގޮތެއް އެބަ އޮތް ހެއްޔެވެ؟ ކެތްތެރިވުމަށްވުރެ ރަނގަޅު ފަރުވާ އެއް ނުވަތަ ހައްލެއް އެބަ އޮތް ހެއްޔެވެ؟ ކާމިޔާބުގެ ...

ހެޔޮކަމުގެ ކަންޒު 3 – މިސްކިތުގައި ޢިލްމު އުގެނުމުން ޙައްޖެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-25T21:19:26+05:00August 25th, 2020|އަޚްލާޤު, ދީން|

ދީނީ އިލްމު އުގެނުމުގެ ނިޔަތުގައި މިސްކިތަށް ގޮސް ޢިލްމު އުގެނުމާއި އުގަންނައި ދިނުމުން ޙައްޖެއެއްގެ ދަރުމަ އާއި ސަވާބު ލިބިގެންދާނެކަން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمْ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ ކީރިތި ޤުރުއާނުގެ ޙަލަޤާއެއް ނުވަތަ ކުލާހެއް ވިޔަސް ނުވަތަ މިސްކިތުގައި ބޭއްވޭ ދަރުހެއް ވިޔަސް މިޙުކުމުގެ ތެރެއަށް ވަދެގެން ދާނެތެވެ. އެހެންކަމުން މިސްކިތުގައި ބޭއްވޭ ޢިލްމީ ދަރުސްތަކާއި ކްލާސްތަކުގައި ބައިވެރިވެ މި މަތިވެރިކަން ލިބިގަތުމަށް މަސައްކަތް ކުރައްވަމާތޯއެވެ. ...

މުޙައްރަމު މަހުގެ މާތްކަން

ލިޔުއްވީ: |2020-08-23T12:53:44+05:00August 23rd, 2020|ދީން|

މުޙައްރަމު މަހަކީ ﷲގެ މަހެވެ. އެއީ ހިޖުރީ ސަނަތުގެ ފުރަތަމަ މަހެވެ. އެއީ ޙުރުމަތްތެރިވެގެންވާ ހަތަރުމަހުގެ ތެރެއިން އެއް މަހެވެ. އަދި މިނޫންވެސް މި މަހަށް ދެވިފައިވާ ޚާއްޞިއްޔަތުތައް އިސްލާމްދީނުގައި ބަޔާން ކުރައްވާފައި ވެއެވެ. އެގޮތުން ތިރީގައި މިވަނީ އޭގެތެރެއިން ބައެއް ކަންކަމެވެ.   މުޙައްރަމް މަހުގައި ރޯދަ ހިފުން މާއްވެގެންވުން. އެގޮތުން އަންނަނިވި ޙަދީޘުން މުޙައްރަމް މަހުގެ ރޯދައަކީ ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ މާތް ރޯދަ ...

ހިތާމަނުކުރާށެވެ! (19) : ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ!

ލިޔުއްވީ: |2020-08-22T22:27:30+05:00August 22nd, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ!   މާތް ﷲ ވަޙީކުރައްވާފައިވެއެވެ. قُلْ سِيرُوا فِي الْأَرْضِ[1] ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކޮށް އުޅުމަކީ، ހިތްހަމަޖެހުން ގެނެސްދޭ އަދި ތިބާގެ ދިރިއުޅުމަށް ވެރިވެފައިވާ ކަޅު ވިލާތައް ދުރައްޖައްސާ ކަމެކެވެ. މާތް ﷲ ޚަލްޤުކުރައްވާފައިވާ އެންމެހައި ތަކެއްޗާއިމެދު ވިސްނާ ފިކުރު ކުރާށެވެ. އަދި ޤުދުރަތުގެ އަޖައިބުތައް ބަލައިގަންނާށެވެ. ތިބާ ގެ ދަތުރުތަކުގައި، ބޮޑެތި ބަގީޗާ ތަކާއި، ...

ހިތާމަނުކުރާށެވެ (18) : ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!

ލިޔުއްވީ: |2020-08-19T21:59:03+05:00August 19th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! (سورة آل عمران 173 ) މާތް ﷲ އަށް ފުރިހަމަ އަށް އިތުބާރު ކޮށް ބަރޯސާވެ، އެކަލާނގެ ނިންމެވުމާއި މެދު ރުހި ޤަބޫލުވެ،  އެކަލާނގެއާމެދު  ހެޔޮކޮށް ވިސްނައި، ...

Load More Posts