މަޙަލްދީބް ފައުންޑޭޝަން އިން ޤުރްއާން ތިލާވަތު ކޯހެއް ފައްޓަނީ

ލިޔުއްވީ: |2020-08-19T22:56:03+05:00August 19th, 2020|ޚަބަރު, އަޅުކަން, ދީން|

މަޙަލްދީބް ފައުންޑޭޝަން އިން ވަރަށް ހާއްސަ ޤުރުއާން ތިލާވަތު ކޯހެއް އުމުރުން 14 އަހަރުން މަތީގެ ބޭފުޅުންނަށް ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައިއެވެ. ހަފްތާއަކު ތިންދުވަހައް ބަހާލައިގެން އޮންލައިންކޮށް، ރޭނގަޑު 9:00 އިން 10:15 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިތިލާވަތު ކޯސްތައް ނަންގަވައިދެއްވާނީ އުސްތާޒް އަޙްމަދު ރިޔާޒު (ފުރްޤާން ރިޔާޒު) އެވެ.   މަހަކު އެންމެ -/500 ރުފިޔާ ދައްކައިގެން މިކިލާހުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ. މިކޯހުގައި ބައިވެރިވުމުގެ ...

ހެޔޮކަމުގެ ކަންޒު-2: ދުވާލު ޙައްޖަކާއި އުމުރާއެއް ކުރުމުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-18T20:46:25+05:00August 18th, 2020|އަޅުކަން, ދީން|

އިސްލާމްދީނުގެ މަތިވެރި ކަމާއި ދަރުމައިގެ ތެރޭއިން މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފަސޭހައިން ކުރެވޭ މީޒާނުގައި ބަރުދަން ބޮޑު ހެޔޮ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށް އިރުއަރަންދެން ޒިކުރު ކުރުން މަތީ ދެމިހުރެ އެއަށްފަހު ދެ ރަކުއަތް ނަމާދެއް ކުރުމުން ޙައްޖަކާއި ޢުމްރާއެއްގެ ދަރުމަ އާއި ސަވާބު ލިބިގެން ދިޔުމެވެ. މިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅެއްގައި ވެއެވެ. أَنَسُ بْنُ مَالِك رَضِيَ اللهُ عَنْهُ ކިބައިން ރިވާވެގެންވެއެވެ. ...

ހިތާމަނުކުރާށެވެ! (17) : ނަމާދު

ލިޔުއްވީ: |2020-08-15T13:10:16+05:00August 15th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ނަމާދު މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ [1] އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ . ފިކުރުބޮޑުވުމާއި ބިރުވެރިކަން ތިބާގެ ވަށާލައިފައިވާ ނަމަ، ތެދުވާށެވެ. އަދި ނަމާދު ކުރާށެވެ. އޭރުން ނަފްސަށް ހަމަޖެހުން ލިބިގެންދާނެ އެވެ. އެއީ، ތިބާ އިޚްލާސްތެރިކަމާއި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރާ ކަމުގައިވާނަމަ އެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަށް ...

ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމުގެ މާތްކަން

ލިޔުއްވީ: |2020-08-14T15:49:42+05:00August 14th, 2020|އަޅުކަން, ދީން|

ހުކުރު ދުވަހަކީ ފަހްތާގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ދުވަހެކެވެ. އެގޮތުން އެހެން ދުވަސްތަކަށް ދެވިފައި ނުވާ އެތައް ޚާއްޞިއްޔަތު ތަކެއް ހުކުރު ދުވަހަށް ދެވިގެން ވެއެވެ. ހުކުރުދުވަހަށް ޚާއްޞަ ކުރައްވާފައި ކަންކަމުގެ ތެރެއިން އެއްކަމަކީ އެދުވަހުގައި ކަހްފު ސޫރަތް ކިޔެވުން އެއީ ޚާއްޞަ އަޅުކަމެއް ކަމުގައި ލައްވާފައިވާކަމެވެ. އެގޮތުން ހުކުރު ދުވަހުގައި ކަހްފު ސޫރަތް ކިޔެމަކީ ވަރަށް މަތިވެރި ސަވާބާއި ދަރުމަ ލިބިނެވި އަޅުކަމެކެވެ. އެކަމާއި ގުޅެގޮތުން ...

ހިތާމަނުކުރާށެވެ! (16) :  ދިރިއުޅުން އޮތް ޙާލެއްގައި ބަލައިގަންނާށެވެ.

ލިޔުއްވީ: |2020-08-12T19:49:08+05:00August 12th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

 ދިރިއުޅުން އޮތް ޙާލެއްގައި ބަލައިގަންނާށެވެ. ދުނިޔޭގެ އަރާމާއި ލައްޒަތަކީ ކުރު އެއްޗެކެވެ. އަދި ގިނަފަހަރަށް އެ އަރާމުތައް ލިބެނީ ހިތާމަތަކަށް ފަހުއެވެ. ދިރިއުޅުމުގެ މާނައަކީ، ޒިންމާ އެވެ.އަދި އެއީ، ދަތި އުނދަގޫތަކާއި އަބަދުވެސް ކުރިމަތިލާންޖެހޭ، އަބަދުމެ  ބަދަލަވަމުންދާ  ދަތުރެކެވެ. އެއްވެސް ދަތިކަމެއް ނުވަތަ އެނދަގުލެއް ކުރިމަތިނުވާ ބައްޕައެއް، އަތްބެއް، ރަހްމަތްތެރިއެއް ތިބާ  އަކަށް ނުފެންނާނެއެވެ. މާތް ﷲ ދުނިޔެމަތީގައި ހެވާއި ނުބައި ލައްވާފައި  ވެއެވެ. ހެޔޮކަންތައްތަކާއި ފަސާދަކުރުވާ ކަންތައްތަކެވެ. އުފަލާއި ...

ބިސްމިންކިޔުން (6): ކަތިލާއިރު ބިސްމި ކިޔުން

ލިޔުއްވީ: |2020-08-12T18:33:18+05:00August 11th, 2020|އަޅުކަން, ފިޤުހު, ދީން|

ކަތިލާއިރު ގައި ބިސްމި ކިޔުމުގެ މައްސަލާގައި ޢިލްމުވެރިން ތިންރައުޔަށް ބެހިގެންވެއެވެ. ފުރަތަމައީ: ކަތިލާއިރު ބިސްމިން ކިޔުމީ އެދެވިގެންވާ ކަމެކެވެ. މިއީ އިމާމް ޝާފިޢީرَحِمَهُ الله ގެ ރައުޔެވެ. ދެވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ކަތިލެވޭ އެތި ޙަލާލު ވުމުގެ ޝަރްޠެކެވެ. ހަނދާންނެތިގެން ބިސްމި ނުކިޔާ ދޫކޮށްލެވުނު ނަމަވެސް ޞައްޙަވާނެއެވެ. މިއީ ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. ތިންވަނަ: ކަތިލުމުގެ ކުރިން ބިސްމި ކިޔުމަކީ ޝަރްޠެކެވެ. އެއްވެސް ...

ހެޔޮކަމުގެ ކަންޒު-1: ރެއަކާއި ދުވާލު ފަސް ޙައްޖުގެ ސަވާބައި ދަރުމަ

ލިޔުއްވީ: |2020-08-10T13:37:09+05:00August 10th, 2020|އަޅުކަން, ދީން|

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އެނގޭ ހެއްޔެވެ!  ފަރުޟު ނަމާދު ޖަމާޢަތުގައި އަދާކުރާ ކޮންމެ ފަހަރަކު ޙައްޖެއް އަދާކުރުމުން ލިބޭ ސަވާބާއި ދަރުމަ ހޯދިދާނެއެވެ. އެހެނީ ރަސޫލާ ﷺގެ ތެދުވެރި ދޫފުޅުންވަނީ އެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. ޙަދީޘްގައި އައިސްފައިވެއެވެ. عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّرًا إِلَى صَلَاةٍ ...

ހިތާމަނުކުރާށެވެ. (15) : ތިބާއަށް ތިބާގެ ގެ ފުދިގެން ވެއެވެ.

ލިޔުއްވީ: |2020-08-08T18:31:45+05:00August 8th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ތިބާއަށް ތިބާގެ ގެ ފުދިގެން ވެއެވެ. އަހަރެމެންގެ ދީނުގައި "އެކަހެރިވުން" މިބަހުގައި ވަރަށް ޚާއްޞަ މާނައެއް އެކުލެވިގެން ވެއެވެ. އެއީ، ނުބައިކަންތައްތަކުންނާއި އެފަދަ ޢަމަލު ކުރާ މީހުންގެ ކިބައިން އެކަހެރިވެގެން ހުރުމުވެ. އަދި ވިސްނުމެއްނެތް ތާކުންތާކު ނުޖެހޭ މީހުންނާއި ދުރުވުމެވެ. މިގޮތަށް ތިބާ ނުބައިކަންކަމުން އެކަހެރިވެއްޖެނަމަ   ފުންކޮށް ވިސްނުމަށް ފުރުޞަތު ލިބިގެންދެއެވެ. އަދި ހިދާޔަތުގެ ފެހި ބިންތަކުން ފައިދާ ހާޞިލުކުރެވޭނެއެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން ދުރުލެހިކުރުވާ ޢަމަލުތަކުން  ތިބާ ...

ބިސްމިން ކިޔުން (5): ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުން

ލިޔުއްވީ: |2020-08-07T20:53:10+05:00August 7th, 2020|ފިޤުހު, ދީން|

ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔަން ޖެހޭނެތޯ ނުވަތަ ނޫންތޯ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވެއެވެ. އިމާމް އަޙްމަދުرَحِمَهُ اللهُ ގެ ރައުޔަކީ ވުޟޫ ކުރުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބު ކަމެއް ކަމަށެވެ. ދަލީލަކީ ރަސޫލު الله ﷺ ގެ ޙަދީޘް ބަސްފުޅެވެ.   (( لا وُضُوءَ لِمَنْ لَمْ يَذْكُرْ اسْمَ اللَّهِ عَلَيْهِ)) رَوَاهُ التِّرْمِذِي وَحَسَّنهُ الْأَلْبَانِي މާނައަކީ: " ...

ހިތާމަނުކުރާށެވެ! (14) : ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟   

ލިޔުއްވީ: |2020-08-05T22:09:51+05:00August 5th, 2020|އަޚްލާޤު, ޢަޤީދާ, ދީން|

ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟    މާތް ﷲ ވަޙީކުރައްވާފައިވެއެވެ. أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (سورة الرعد 28 ) މާތް ﷲ ހަނދުމަކުރުމަށްވުރެ ބޮޑަށް، ހިތަށް ހަމަޖެހުން ގެނެސްދޭ، ހެޔޮ ޖަޒާ ދެއްވާ ޢަމަލެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ...

Load More Posts